
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޓީ20 ޕްރިމިއަރ ލީގުގައި އިއްޔެ ކުޅުނު މެޗުތަކުން މިލާން ކްރިކެޓް އެކަޑަމީ އާއި ސީބީއެލް ސްޕޯޓްސް މޮޅުވެއްޖެ އެވެ. ކުޅިވަރު އެކުވެނީގެ އެއްނަބަރު ދަނޑުގައި އިއްޔެ ހެނދުނު ކުޅުނު ފުރަތަމަ މެޗުން މިލާން މޮޅުވީ މާލޭ ސްޕޯޓްސް ކުލަބާ ވާދަކޮށް 29 ލަނޑުން މެޗު ކާމިޔާބުކޮއްގެންނެވެ. މެޗުގައި ގުރުދިމާވުމުން މިލާނުން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން ހެދުނީ 208 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 32 ބޯޅައިން 64 ލަނޑު ހެދި އަހުމަދު ހަސަންއެވެ.
ޖަވާބުގައި މާލޭ ސްޕޯޓްސް ކުލަބުން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން ހެދުނީ 179 ލަނޑެވެ. މާލޭ ސްޕޯޓްސް އިން އެންމެ ރަނގަޅަށް ކުޅުނީ 48 ބޯޅައިން 63 ލަނޑު ހެދި އެޓީމުގެ ކެޕްޓްން ހަސަން ހާޒިގް ރަޝީދެވެ. މި މިޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިލާންގެ އަހުމަދު ހަސަން އެވެ. އިއްޔެ ކުޅުނު ދެވަނަ މެޗުގައި ސީބީއެލް މޮޅުވީ އެމްއެސް ހެލްޕިން ހޭންޑްސް ސްޕޯޓްސް އެކަޑަމީއާ ވާދަކޮށް 24 ލަނޑުންނެވެ. މެޗުގެ ގުރު ދިމާވުމުން ސީބީއެލް އިން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 142 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނު ތަރަކަ ރުވާން ވަނީ 44 ބޯޅައިން 57 ލަނޑު ހަދާފައެވެ.
ޖަވާބުގައި އެމްއެސް އެކަޑަމީން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން ހެދިފަވަނީ 118 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 18 ބޯޅައިން 25 ލަނޑު ހެދި ހަރީރާޖް ނަޓަރާޖްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތަރަކަ ރުވާން އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
