
ޖަމްޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ. ރަމަޟާންމަހު ޖަމިއްޔަތުލް ފަލާހުން ކުރިއަށް ގެންދާ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތުގައި މިފަހަރު 535 ދަރިވަރުން ބައިވެރިވެފައިވެއެވެ. މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވާފައި ވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މުބާރާތުން ފާހަގަކޮށްލެވޭ ވަނަތައް ހާސިލްކުރި 13 ދަރިވަރަކަށް އިނާމާއި ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ. މީގެތެރޭގައި ސްކޫލްތަކާއި ވަކިވަކި ދަރިވަރުން ހިމެނެއެވެ. މީގެއިތުރުން ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ބައިން އެކި ވަނަތަކަށް ހާސިލުކުރި ދަރިވަރުންނަށްވެސް އިނާމް ދެއްވާފައިވެއެވެ.
މި ރަސްމިއްޔާތުގައި ޖަމިއްޔަތުލާ ފަލާހުގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ ހަނދާނީ ފިލައެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް ވަނީ އަރުވާފައެވެ. ކޮންމެ ރަމަޟާން މަހަކު ކުރިއަށްގެންދާ މި މުބާރާތުގައި މާލޭ، ހުޅުމާލެ، ވިލިމާލޭގެ 24 ސަކޫލަކުން ޕްރައިމަރީ، ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ ގެ ދަރިވަރުން ބައިވެރިވިއެވެ. މި މުބާރާތަކީ ދަރިވަރުންގެ މެދުގައި ޤުރުއާނަށް ލޯބި ޖައްސާ ގުރުއާން ހިތުދަސްކުރުމަށް ހިތްވަރު ދިނުމާއި ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ކީރިތި ގުރުއާން ކިޔަވަން ދަންނަ ދަރިވަރުން އުފެއްދުމަށް ކުރިއަށް ގެންދާ މުބާރާތެއް ކަމަށް ފަލާޙް ޖަމްޢިއްޔާޢިން މައުލޫމާތުދެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
