
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިންވެސްޓްމެންޓުތަކަށް ރާއްޖެ ފަހިވަނީ ސަރުކާރުގެ އެއްބާރުލުން ލިބި، ކަމާ ގުޅުންހުރި އެކިއެކި މަރުޙަލާތައް ފަސޭހަވުމުންކަމަށް ރާއްޖެއަށް އިންވެސްޓްކޮށްފައިވާ ބޭރުގެ ބައެއް އިންވެސްޓަރުން ވިދާޅުވެއްޖެއެވެ. އިންވެސްޓަރުން މިހެން ވިދާޅުވީ ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގެ ތެރެއިން ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގެ ތެރެއިން ވާހަކަދައްކަވަމުންނެވެ. ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭރުގެ ބޭންކެއްކަމަށްވާ އޭރިއަލް ބޭންކު އޭޝިޔާގެ މެނޭޖިން ޑިރެކްޓަރ ތޯމަސް އެޑެމިއަރ ވިދާޅުވީ ރާއްޖޭގައި އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން އެ ބޭންކުން ފޯރުކޮށްދޭން ފެށީ 2006 ވަނަ އަހަރު ކަމަށެވެ. އަދި މިވީ ދުވަސްތަކުގެ ތެރޭގައި ރާއްޖެ ފާހަގަކުރެވެނީ ވަރަށް ހަރަކާތްތެރި ފަތުރުވެރިކަމުގެ ބާޒާރާއްގެ ގޮތުގައިކަމަށް އެޑެމިއަރ ވިދާޅުވިއެވެ.
އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ އަދަދެއްގެ ބީލަންތައް ލިބޭ ކަމަށާއި ބީލަންތަކުގައި ބައިވެރިވުމަށްވެސް ފަސޭހަ މަރުހަލާތަކެއް ރާއްޖޭގައި އޮންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އެއްބާރުލުން ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ. “ރާއްޖޭގައި އިންވެސްޓުކުރުމަށް ހުރީ ފަހި އަދި ފަސޭހަ މަރުހަލާތަކެއް، ހާއްސަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ، މިއީ އެންމެ ހަރަކާތްތެރި ފަތުރުވެރިކަމުގެ ބާޒާރެއް އޮންނަ އެއް ޤައުމު އިންޑިއަން އޯޝަންގައި.” އެޑެމިއަރ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ޕޮންޓިއޭކް ލޭންޑް ގުރޫޕުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑޭވިޑް ޒޭންގް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ ފުރަތަމަ އިންވެސްޓްކުރީ 2015 ވަނަ އަހަރު ކަމަށެވެ. އެހާހިސާބުން ފެށިގެން އޭރު ރާއްޖޭގައި އޮތް ފަތުރުވެރިކަމުގެ ބާޒާރު އިތުރަށް ފުޅާކުރެވޭނެކަމަށް ޤަބޫލުކުރިކަމަށް އޭނާ ވިދާޅުވިއެވެ. ޑޭވިޑް ވިދާޅުވީ އޭރު ރާއްޖޭގައި އޮތީ ލޯބިވެރިންނާއި ދެމަފިރިންނަށް ޚާއްސަ ފަތުރުވެރިކަމެއް ކަމަށެވެ. ނަމަވެސް އެކަން ބަދަލުވެ، ޢާއިލާތަކަށްވެސް ފަހި، އެތައް ފަހަރަކު މީހުން ޒިޔާރަތްކުރާ މަޤުބޫލު މަންޒިލަކަށް މިހާރު ރާއްޖެވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާހިސާބަށް ރާއްޖޭގެ ފަތުރުވެރިކަން އައިސްފައިވަނީ ސަރުކާރުން އިންވެސްޓަރުންނަށް އެއްބާރުލުންދީ، ފަހިކޮށްދީފައިވާ ފުރުޞަތުތަކުގެ ސަބަބުންކަން ޑޭވިޑް ފާހަގަކުރެއްވިއެވެ.
“މީގެ ކުރިން 1 އައިލެންޑް 1 ރިސޯޓުގެ ގޮތުގައި އިންވެސްޓްކުރި ނަމަވެސް، މިހާރު އަޅުގަނޑުމެންގެ 4 ރިސޯޓު އޮވޭ.” ޑޭވިޑް ވިދާޅުވިއެވެ. ރާއްޖެ-ސިންގަޕޫރު ފޯރަމްގައި ރާއްޖެއާއި ބޭރުގެ އިންވެސްޓަރުން ބައިވެރިވިއެވެ. މިއީ ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ފޯރުކޮށްދިނުމަށް ބޭއްވި ފޯރަމެކެވެ. ސަރުކާރުން ދަނީ އެކި ޤައުމުތަކުގައި ބިޒްނަސް ފޯރަމްތައް ބާއްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
