
(ފޮޓޯ ކްރެޑިޓްސް: ރިއަލް މެޑްރިޑް)
ރެއާލް މެޑްރިޑަށް އަލަށް ކުޅުނު އިނގިރޭސި ފުލްބެކް ޓްރެންޓް އެލެގްޒެންޑާ އާނޮލްޑަކީ ގޯލް ކީޕަރުންނަށް ހުރި ބިރެއް ކަމަށް ބުނެ އޭނާ އަށް ރެއާލްގެ ކީޕަރު ތިބައޫ ކޯޓުއާ ވަރަށް ބޮޑަށް ތައުރީފް ކޮށްފި އެވެ. ލިވަޕޫލްގައި ކާމިޔާބު ދުވަސްތަކެއް ހޭދަ ކުރުމަށް ފަހު މިދިޔަ މަހު ރެއާލް އަށް ބަދަލުވި އާނޮލްޑް ދަނީ މެޗަށް ފަހު މެޗެއްގައި ކުޅުން ރަނގަޅު ކުރަމުންނެވެ. ކުލަބު ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ރެއާލް ދަތުރު ކުރީ އޭނާ ފޯރުކޮށްދިން ބޯޅަ އަކުން ޖެހި ގޯލަކުންނެވެ. ބެލްޖިއަމްގެ ގައުމީ ކީޕަރު ކަން ވެސް ކުރާ ކޯޓުއާގެ ތައުރީފް އާނޮލްޑަށް އަމާޒުވީ ވެސް މި ބޯޅައާ އެކުގަ އެވެ.
“އޭނާ އަކީ ގޯލަ ކީޕަރުންނަށް ހުރި ބިރެއް. އެ ކަމާމެދު އެއްވެސް ޝައްކެތް ނެތް. އޭނާ އަކީ އަހަރުމެންގެ ފައިތިލައިން ފެށިގެން ގޮސް ބޮލާ ހަމަ އަށް އަބަދުވެސް ތައްޔާރަށް ހުންނަން ޖެހޭ ފަދަ ކުޅުންތެރިއެއް. އޭނާގެ ސަބަބުން ކީޕަރުން ވެސް ކުރިއަރާނެ،” ކޯޓުއާ ބުންޏެވެ. އޭނާ އަދި ބުނީ ރެއާލް މެޑްރިޑަށް ބަދަލުވެ މިވީ ކުޑަ ދުވަސް ކޮޅުގެ ތެރޭގައި ޕްރެކްޓިހުގައި ވެސް އާނޮލްޑްގެ މޮޅުކަން އިހުސާސް ކުރެވުނު ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
“ޓްރޭނިން ތަކުގައި އޭނާގެ ހަމަލާތައް ވަރަށް ތަފާތު. އޭނާގެ ފްރީކިކް ތަކާއި ކޯނަރުތައް ހުރީ މުޅިން އެހެން ލެވެލެއްގައި. އަހަރެންނަށް ހިޔެއް ނުވެ ހަމަލާ ދިނުމާއި ކްރޮސްތަކުގައި މި ކޮލިޓީގެ އެހެން ކުޅުންތެރިއެއް އަހަރެންނަށް ފެނުނުހެން،” ކޯޓުއާ ބުންޏެވެ. އާނޮލްޑަކީ ފުލް ބެކެއްގެ އިތުރުން މެދުތެރޭގައި ވަރަށް ބޮޑަށް ބައިވެރިވެ އެޓޭކްގައި ވެސް މުހިންމު ދައުރެއް އަދާ ކުރާ ކުޅުންތެރިއެކެވެ. ލިވަޕޫލުގައި އޭނާގެ ބޭނުން އެ ކުލަބުގެ ކޯޗުން ކުރީ މި ގޮތަށެވެ. މިއާއެކު އާނޮލްޑް ފާހަގަ ކުރެވުނީ ދޭތެރެ ދޭތެރެއިން ގޯލު ވެސް ޖަހާ ހަލުވި ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
20 އަހަރު ލިވަޕޫލްގައި ހޭދަ ކުރުމަށް ފަހު އޭނާ ރެއާލް އަށް ބަދަލުވީ ކުޑައިރުއްސުރެ ރެއާލްގެ ޖާޒީގައި ކުޅެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
