
ބާސެލޯނާ އަށް ދާދި ފަހުން ބަދަލުވި ގޯލްކީޕަރު ޖޯން ގާސިއާ ސްޕޭނުގެ ގައުމީ ޓީމަށް ނަގާނެ ކަމުގެ އިޝާރާތެއް ކޯޗު ޑެލަ ފުއެންޓޭ ދީފި އެވެ. ގައުމީ ކޯޗު ބުނީ އެސްޕަނިޔޯލް ދޫކޮށް ހުސްވި ހަފުތާގައި ބާސެލޯނާ އަށް ބަދަލުވި ގާސިއާ އަކީ ސްޕޭނުގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގައި އޭނާ ކޯޗުކޮށްދީފައިވާ ކުޅުންތެރިއެއް ކަމަށެވެ. “އެހެންވީމާ އޭނާ އަހަރެން ދަންނަން ވަރަށް ކުރިއްސުރެ. އޭނާ އަކީ އަންޑަރ 21 ގައުމީ ޓީމުގައި ވެސް ވަރަށް ރަނގަޅަށް ކުޅުނު ކުޅުންތެރިއެއް. އޭނާ ބާސެލޯނާގައި ކުޅޭނަމަ ޔަގީނުން ވެސް ގައުމީ ޓީމަށް ގޮވާލާނަން،” ކޯޗު ބުންޏެވެ.
ނަމަވެސް ޔޫރަޕުގެ ޗެމްޕިއަން ޓީމުގެ ކޯޗު ބުނީ ދުނިޔޭގެ އެންމެ މޮޅު ކީޕަރުން ތިބީ ސްޕޭނުގައި ކަމަށެވެ. މިހެންވެ ސްޕޭނުގެ ގައުމީ ޓީމުގައި ކުޅެން ބޭނުންވާ ނަމަ ގާސިއާ ވެސް ކުލަބުގައި މޮޅަށް ކުޅެން ޖެހޭނެ ކަމަށެވެ. “އަހަރެން ވަރަށް ސާފުކޮށް މި ބުނަނީ އޭނާ އަށް ގައުމީ ޓީމުން ފުރުސަތު އޮންނާނެ ފިޓްކޮށް ހުންނަ ކަމުގައިވާ ނަމަ. އެކަމަކު ސްޕޭނުގެ ގައުމީ ޓީމަށް އަރަން މަސައްކަތްތަކެއް ކުރަން ޖެހޭނެ. އޭނާ އަކީ މޮޅު ކީޕަރެއް. އެކަމަކު ގައުމީ ޓީމުގައި މޮޅު ކީޕަރުން މިހާރު ވެސް އެބަތިބި. އެހެންވީމާ ޖެހޭނީ މަސައްކަތް ކުރަން،” ކޯޗު ބުންޏެވެ.
އުމުރުން މިހާރު 24 އަހަރުގެ ޖޯން ގާސިއާ އަށް ބާސެލޯނާގެ އެއްވަނަ ކީޕަރުކަން ހޯދުމުގައި ވެސް މަސައްކަތްތަކެއް ކުރަން ޖެހޭނެ އެވެ. އޭނާ އެސްޕަނިޔޯލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވީ އެ ކުލަބުގައި ތިބި ތަޖުރިބާކާރު ދެ ކީޕަރުންނަށް ވުރެ އިސްކަންދޭނެ ކަމުގެ ޔަގީންކަން ކުލަބުން ދިނުމުންނެވެ. ނަމަވެސް ކެޕްޓަން އަދި ޖަރުމަނުގެ ގައުމީ ކީޕަރު މާކް އަންދްރޭ ޓާސްޓެގަން އާއި ޕޮލެންޑްގެ ކުރީގެ ގައުމީ ކީޕަރު ވޮޝްނިއާ ޝެޒްނީ ތިއްބައި ފުރަތަމަ 11 އިން ޖާގަ ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ޖޯން ގާސިއާ އަކީ ހުސްވި ސީޒަނުގައި ސްޕޭނިޝް ލީގުގައި އެންމެ މޮޅަށް ކުޅުނު ގޯލްކީޕަރެވެ. އޭނާގެ ސޮއި ބާސެލޯނާއިން ހޯދީ އިނގިރޭސި ޕްރެމިއާ ލީގުގެ ގިނަ ކުލަބުތަކަކުން ވެސް އެކަމަށް މަސައްކަތް ކުރަނިކޮށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
