
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްއަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ، ސަލާމަތީ މިންގަނޑުތައް ފުރިހަމަ އަދި ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރި ތަނެއްކަމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން، ޑާސާގެ ހެޑް ޗީފް އިންސްޕެކްޓަރ އަހުމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އަހުމަދު ނަޝީދު މިހެން ވިދާޅުވީ، އައު ޓަރމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކަށް ހާއްސަކޮށްގެން އެމްއޭސީއެލުން ސިލްސިލާކޮށް ގެނެސްދޭ ވީޑީއޯ ސެގްމެންޓުގައި ވާހަކަދައްކަވަމުންނެވެ.
ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން، ޑާސާއަކީ އޭވިއޭޝަން ސެކިއުރިޓީއާއި ގުޅުންހުރި ބައިނަލްއަޤުވާމީ މުއާހާދާތަކުގައި ބަޔާންކޮށްފައިވާ ކަންތައްތައް ރެގިއުލޭޓްކުރުމާއި، ސިވިލް އޭވިއޭޝަން ސެކިއުރިޓީއަށް ބުރޫއަރާފާނެ ކަންކަމުން ވައިގެ ދަތުރުފަތުރުގެ ނިޒާމު ރައްކާތެރިކުރުމަށް އުސޫލުތައް ކަނޑައެޅުމުގައި ހަރަކާތްތެރިވާ އިދާރާއެކެވެ. މީގެ އިތުރުން، އެއާޕޯޓުތަކުގެ ސެކިއުރިޓީ ސަރަހައްދުތައް ކަނޑައެޅުމާއި ސިވިލް އޭވިއޭޝަން ސެކިއުރިޓީއާއި ގުޅުންހުރި އެންމެހާ ކަންތައްތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމާއި، މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ދިވެހި ދައުލަތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީވެސް ޑާސާގެ ޒިންމާއެކެވެ.
As we gear up for the opening of the New Passenger Terminal at Velana International Airport, Chief Inspector Ahmed Nasheed, Head of the Directorate of Aviation Security Administration, certified that the terminal’s security features meet all standards. He assured the public of a… pic.twitter.com/LOtYPxI6R1
— Maldives Airports Company Ltd (@MACLmedia) July 5, 2025
އައު ޓަރމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކަށް ހާއްސަކޮށްގެން އެމްއޭސީއެލް އިން ސިލްސިލާކޮށް ގެނެސްދެމުން އަންނަ ވީޑިއޯ ސެގްމަންޓުގައި ވާހަކަފުޅުދައްކަވަމުން، ޑާސާގެ ހެޑް ޗީފް އިންސްޕެކްޓަރ އަހުމަދު ނަޝީދު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފަސިންޖަރ ޓަރމިނަލް ތަރައްޤީކޮށްފައިވަނީ، ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތަށްކަމަށެވެ. މީގެ އިތުރުން މި ޓަރމިނަލަކީ ސަލާމަތީ މިންގަނޑުތައް ފުރިހަމަ އަދި ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރި ތަނެއްކަން ނަޝީދު ފާހަގަކުރެއްވިއެވެ.
“އޭވިއޭޝަން ސެކިޔުރިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ހައިސިއްޔަތުން މިހާރު ހުޅުވާ ޓަރމިނަލް ތެރޭގައި ޤާއިމުކޮށްފައިވާ ސެކިއުރިޓީ މިންގަނޑުތަކަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ވަރަށް ފުރިހަމަ މިންގަނޑުތަކެއް. އެގޮތުން ރާއްޖެއަށް ދަތުރުކުރާ ފަސިންޖަރުންނަށް ޒަމާނީ އާލާތްތައް ބޭނުންކޮށްގެން ސަލާމަތީ ގޮތުން ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދެވުމަކީ ދުނިޔޭގެ ކަންކޮޅުތަކުން ރާއްޖެއަށް ފަތުރުވެރިން ދަތުރުކުރުމުގައި ހިތްހަމަޖެހުން ލިބިގެންދާނެކަމެއް ކަމަށް ގަބޫލުކުރަން” ޑާސާގެ ހެޑް ޗީފް އިންސްޕެކްޓަރ އަހުމަދު ނަޝީދު ވިދާޅުވިއެވެ.
ވީއައިއޭ އައު ޓަރމިނަލުގައި ޤާއިމުކޮށްފައިވާ ބެގޭޖް ހޭންޑްލިން ސިސްޓަމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ވަރަށް ފުރިހަމަ، އަދި ސެކިއުރިޓީ މިންގަނޑުތަކަށް ފެތޭ ސިސްޓަމެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން، މި އައު ޓަރމިނަލާއެކު ރާއްޖެއަށް އަންނަން ބޭނުންވާ ގިނަ އެއާލައިންތަކަށް ޖާގަ ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްގެ މިންގަނޑުތަކަށެވެ. އެގޮތުން ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންއާއި އިންޓަނޭޝަނަލް އެއަރޓްރާންސްޕޯޓް އެސޯސިއޭޝަންގެ މިންގަނޑުތަކަށް ފުރިހަމައަށް އެމްއޭސީއެލުން އަމަލުކުރަންޖެހެއެވެ. އެއަރޕޯޓް ހުޅުވުމުގައި މި މިންގަނޑުތައް ކަށަވަރުކުރުމަށް “އޮރާޓް”ގެ ނަމުގައި ޚާއްސަ ޓީމެއް ވަނީ އުފައްދާފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ރެގިއުލޭޓަރީ އޮތޯރިޓީތައްކަމުގައިވާ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ)، އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މިންގަނޑުތައް ކަށަވަރުކުރަންޖެހެއެވެ.
72.000 އަކަ މީޓަރު ބޮޑު އައު ޓާމިނަލަކީ އަހަރަކު 7.5 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭވަރަށް ފަރުމާކޮށްފައިވާ ޓާމިނަލެކެވެ. މި ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދިވެހިވަންތަ ފަރުމާތަކާއެކު 47 ޗެކިން ކައުންޓަރާއި ސެލްފް ސާވިސްގެ 6 ކިއޮސްކާއި ސީޕްލޭން ފަސިންޖަރުންނަށް ޚާއްސަ 24 ކައުންޓަރެއް ޤާއިމްކޮށްފައި ހުންނާނެއެވެ. ވީއައިއޭގެ އައު ޕަސެންޖަރ ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ޖުލައި މަހުގެ 26ވަނަ ދުވަހުއެވެ.
About Post Author
މާދަމާ ނިއުސް
ފެނުނީ އާދައިގެ ޕޯޗްގަލްއެއް، ވަރލްޑްކަޕްގައި ކޮންގޯގެ ފުރަތަމަ ޕޮއިންޓް ޕޯޗްގަލް އަތުން!
(ފޮޓޯ ކްރެޑިޓްސް: ފީފާ) ތިން ގައުމެއްގައި ބާއްވާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ވާދަކޮށް 1-1...
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
