
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ޔަހޫދީންނާއެކު ލުބުނާނުގެ ހަތިޔާރުއެޅި ޖަމާޢަތް، ޙިޒްބުاللهން މިދިޔަ އަހަރު ކުރި ވަރުގަދަ ހަނގުރާމައަށްފަހު، އެ ޖަމާޢަތުގެ ހިންގުމާ ގުޅޭގޮތުން ޚާއްސަ އިސްތިރާޖީ ދިރާސާއެއް ކުރަން ފަށައިފިއެވެ. އެ ޖަމާޢަތުން ދަނީ އެއްކޮށް ހަތިޔާރު ނުބަހައްޓައި، އެ ޖަމާޢަތުން ހަތިޔާރު އެޅި ޖަމާޢަތެއްގެ ގޮތުގައި އަދާކުރަމުންދާ ދައުރު ކުޑަކުރެވިދާނެ ގޮތްތަކެއް ވިސްނަމުންނެެވެ. ޙިޒްބުاللهން މި ފަދަ ބަދަލެއް ގެނައުމާމެދު ވިސްނަމުންދަނީ އެ ޖަމާޢަތަށް ކުރިމަތިވަމުންދާ ފިއްތުންތަކުގެ ސަބަބުންނާއި ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބަބުންނެވެ. އަދި ލުބުނާނުގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކަކީ ވެސް ޙިޒްބުاللهގެ ވިސްނުން ބަދަލުކުރުމަށް މަޖުބޫރުކުރުވާފައިވާ އެއް ސަބަބެވެ. މިދިޔަ އަހަރު ޔަހޫދީންނާއި ޙިޒްބުاللهން ކުރި ހަނގުރާމައިގެ ސަބަބުން އެ ޖަމާޢަތް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އަދި އެ ޖަމާޢަތުގެ ހައިބަތަށް ވެސް ވަނީ އަސަރުކޮށްފައެވެ.
ކުރިމަގުގައި ޙިޒްބުاللهން ޢަދާކުރާނެ ދައުރާ ގުޅޭގޮތުން އެ ޖަމާޢަތުން ދިރާސާއެއް ކުރަމުންދާއިރު، އެ ދިރާސާގެ ދަށުން ހަތިޔާރު ގެންގުޅޭ މިންވަރު މަދުކުރުމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ވެސް ބަލާނެއެވެ. އެ ޖަމާޢަތުން އެއްކޮށް ހަތިޔާރު ބެހެއްޓުމާމެދު ނުވިސްނާ ނަމަވެސް، އެ ޖަމާޢަތުން ކުރަން ނިންމާފައިވާ ދިރާސާއިން ދޭހަކޮށްދެނީ އެ ޖަމާޢަތުން ހަތިޔާރުގައި ހިފަހައްޓައިގެން ތިބުމުން އެ ޖަމާޢަތަށް ލިބިދާނެ ގެއްލުން މާ ބޮޑުވެދާނެކަމަށް އެ ޖަމާޢަތަށް ވިސްނެމުންދާ ކަމެވެ. ޙިޒްބުاللهގެ އަސްކަރީ ޙަރަކާތްތައް މަދުކުރުމާ ގުޅޭގޮތުން ދިރާސާއެއް ކުރުމަށް އެ ޖަމާޢަތުން ކޮމިޓީތަކެއް ޤާއިމުކޮށްފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ. މި ދިރާސާގެ ދަށުން ޙިޒްބުاللهން ވަނީ ދެކުނު ލުބުނާނުގައި ހުންނަ އެ ޖަމާޢަތުގެ ހަތިޔާރު ގުދަންތައް ދޫކޮށްލައިފައެވެ. އިތުރު ހަތިޔާރު ދޫކޮށްލުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް މަސްދަރުތަކުން ބުނެއެވެ. އެ ގޮތުން ޔަހޫދީން ލުބުނާނަށް ޙަމަލާ ދިނުން ހުއްޓައިލާނަމަ އަދި ޔަހޫދީ ސިފައިން ލުބުނާނުގެ ސަރަޙައްދީ ރޮނގުތައް ކައިރިން ފައިބައިފި ނަމަ ޙިޒްބުاللهން ގެންގުޅޭ މިސައިލާއި ޑްރޯން މަދު ކުރުމާ ގުޅޭ މަޝްވަރާތައް ވެސް ހިމެނެއެވެ. ނަމަވެސް ލުއި ހަތިޔާރާއި އެންޓި-ޓޭންކު ނިޒާމުތައް ދޫކޮށްލުމުގެ ވިސްނުމެއް އެ ޖަމާޢަތަކުން ނުގެންގުޅެއެވެ. ޙިޒްބުاللهން ބުނީ މި ހަތިޔާރަކީ ޤައުމީ ދިފާޢުއަށް ކޮންމެހެން މުހިންމު ހަތިޔާރުތަކެއް ކަމަށެވެ.
ފާއިތުވި ދުވަސްތަކުގައި ޙިޒްބުاللهން ހަތިޔާރު ބެހެއްޓުމަށް އެމެރިކާއާއި ޔަހޫދީންނާއި ލުބުނާނުގެ ރަސްމީ އިދާރާތަކުން ގޮވާލަމުންދާ ގޮވާލުންތައް ވަނީ އިތުރަށް އަޑުގަދަވެފައެވެ. ޙިޒްބުاللهން ހަތިޔާރު ބެހެއްޓުމަށް ގޮވައިލަނީ ހަތިޔާރު ގެންގުޅެން ޖެހޭނީ ހަމައެކަނި ދައުލަތުގެ އަސްކަރިއްޔާއިން ކަމަށް ބުނެއެވެ. ފުރިހަމައަށް ހަތިޔާރު ނައްތާލުމަށް ޙިޒްބުاللهގެ އިސްވެރިން ދެކޮޅުހަދައެވެ. ނަމަވެސް އެ ޖަމާޢަތުގެ މާ ގިނަ ހަތިޔާރު ގެންގުޅުމަކީ ދެމެހެއްޓެނެވި އަދި އިސްތިރާޖީ ގޮތުން ރަނގަޅު ނިންމުމެއް ނޫން ކަމަށް ވެސް އެ ޖަމާޢަތުން އެއްބަސްވެއެވެ.
ފާޑުކިޔުންތަކާއި ޖަމާޢަތް ހިންގުމަށް ދަތިތައް އިތުރުވަމުން ދިޔަ ނަމަވެސް، ލުބުނާނުގެ ބައެއް ހިސާބުތަކުގައި ހިޒްބުاللهއަށް އަދިވެސް ބޮޑު ތާއީދެއް ދަނީ ލިބެމުންނެވެ. ދާދި ފަހުން ބޭއްވި ލުބުނާނުގެ އާންމު އިންތިޚާބުގައި އެ ޖަމާޢަތުން ރަނގަޅު ނަތީޖާތަކެއް ނެރެފައިވާއިރު، މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބަށް އެ ޖަމާޢަތުން ދަނީ ތައްޔާރުވަމުންނެވެ. އެ ޖަމާޢަތަށް ތާއީދު ކުރާ ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ހިޒްބުاللهގެ ހަތިޔާރު އެޅި ގާބިލްކަން އަދިވެސް މުހިންމުވަނީ ބޭރުގެ ނުރައްކާތަކާއި ޚާއްސަކޮށް ޔަހޫދީންގެ ފަރާތުން ކުރިމަތިވާ ނުރައްކާތަކާ ދެކޮޅަށް މަސައްކަތް ކުރުމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
