
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއަށް ފާރަވެރިވުމަށް ފުރުޞަތު ދިނުމަށާއި ޔުރޭނިއަމް ފައްކާކުރުން ހުއްޓައިލުމްށް އީރާނުން އެއްވަސްވެފައިނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން ވަނީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއަށް ހުރަސްއެޅުމަށް ކަމަށް ބުނެ އެ ޤައުމަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފައެވެ. އެ ޙަމަލާތަކުގައި އީރާނުގެ ގިނަ ޢަދަދެއްގެ އަސްކަރީ ކޮމާންޑަރުންނާއި، ނިއުކްލިޔަރ ސައިންޓިސްޓުންނާއި އާންމުން ވަނީ ޝަހީދު ކޮށްލައިފައެވެ. އެ ޙަމަލާގެ ބަދަލުގައި އީރާނުން ވަނީ ‘އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3’ގެ ނަމުގައި ޚާއްޞަ އަސްކަރީ ޙަރަކާތެއް ފަށައި، ޔަހޫދީ ދައުލަތުގެ މުހިންމު ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އޭގެފަހުން، ޖޫން 22ވަނަ ދުވަހު އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް އެމެރިކާއިން ވެސް ވަނީ ބޮން އަޅައިފައެވެ. އެ ގޮތުން އިޞްފަހާން، ފޫރްދޫ އަދި ނަޠާންޛްގައި ހުންނަ އީރާނުގެ މައި ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދީފައިވެއެވެ. ޙަމަލާއަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްެރަމްޕް ވަނީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް އެއްކޮށް ފަނާކޮށްލާފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ޙަމަލާގެ ބަދަލުގައި އީރާނުން ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ޙަމަލާދީފައެވެ. އޭގެ ފަހުން ޔަހޫދީންނާއި އީރާނުން ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެފައެވެ.
ޖުލައި މަހުގެ 5ވަނަ ދުވަހު ޓްރަމްޕް ވިދާޅުވީ ޙަމަލާތަކުގެ ސަބަބުން އިރާނުގެ ނިއުކްލިޔަރ މަޝްރޫޢު ދާއިމީގޮތަކަށް ހުއްޓުވާފައިވާ ކަމަށެވެ. އީރާނުން ނިއުކްލިޔަރ މަޝްރޫޢު ކުރިއަށް ގެންދަން ބޭނުންވާ ނަމަ އެ ޤައުމަށް ދެން ޖެހޭނީ އައު ސަރަޙައްދެއްގައި އެ މަސައްކަތް ފަށަން ކަމަށް އޭނާ ވިދާޅުވިއެވެ. ޖުލައި މަހުގެ7ވަނަ ދުވަހު ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ޓްރަމްޕް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު އެ ބައްދަލުވުމުގައި އީރާނުގެ ނިންމުމާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ޙަމަލާ ދޭން ފެށުމަށް ބާރު ލިބުނީ، އަދި ޚާރިޖީ ގޮތުން ރައްކާތެރިކަން ލިބުނީ އީރާންގެ ނިއުކްލިޔަރ މަޝްރޫޢު މޮނިޓަރުކުރަމުން ދިޔަ އދގެ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީ (އައިއޭއީއޭ)އާއެކު ހަދާފައިވާ އެއްބަސްވުމާ އީރާނުން ޚިލާފުވެފައިވާ ކަމަށް އެ އިދާރާއިން ތުހުމަތު ކުރުމާ ގުޅިގެން ކަމަށް އީރާނުން ޤަބޫލުކުރެއެވެ. އެ ކަމާ ނުރުހުންވެ، އީރާންގެ ޤާނޫނޫ ހަދާ މަޖިލީހުން ވަނީ އައިއޭއީއޭއާ ގުޅިގެން މަސައްކަތް ކުރުން ނިމުމަކަށް ގެނައުމަށް ފާސްކޮށްފައެވެ. ނަމަވެސް، އެ ކަން ރަސްމީ ގޮތުން އީރާންގެ ސަރުކާރުން އައިއޭއީއޭއަށް އަންގާފައެއް ނެތެވެ. އެ ކަން އެ އިދާރާއިން ވެސް ކަށަވަރު ކޮށްދެއެވެ. ނަމަވެސް، އައިއޭއީއޭން މިހާރު ވަނީ އީރާންގައި ތިބި އެ އިދާރާގެ އިންސްޕެކްޓަރުން އެ ޤައުމުން ބާލާފައެވެ.
އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ، އައިއޭއީއާ ގުޅިގެން މަސައްކަތް ކުރުމަށާއި، ނިއުކްލިޔަރ ހަތިޔާރު އުފެއްދުން މަނާކުރާ މުޢާހަދާ (އެންޕީޓީ)އަށް އިޙްތިރާމު ކުރުމުގައި އެ ޤައުމުން ދެމިއޮންނާނެ ކަމަށެވެ. ނަމަވެސް، ޔަހޫދީންނާއި އެމެރިކާގެ ނިރުބަވެރި ޙަމަލާތަކަށް މަގުދައްކައިދިން އައިއޭއީއޭން އީރާނާ އެކު އަލުން މަޝްވަރާތައް ފެށުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަން ސާފެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
