
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ޓެކްސަސްއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އެ ސްޓޭޓުގެ މަޝްހޫރު ގްވާޑަލޫޕް ކޯރު ބަންޑުންވެ، މިހާތަނަށް 24 މީހުން މަރުވެ، އެތައް ބަޔަކު ގެއްލިއްޖެއެވެ. އެ ހާދިސާގައި ގެއްލިގެން ހޯދަމުންދާ 25 މީހުންގެ ތެރޭގައި، އެ ސަރަޙައްދުގެ އަންހެން ކުދިންނަށް ޙާއްސަ ސްކޫލަކުން ކޭމްޕިންގް އަށް ގޮސް އުޅުނު ދަރިވަރުންތަކެއް ވެސް ހިމެނެއެވެ. އެ ހާދިސާ ހިނގިތާ ގާތްގަނޑަކަށް 18 ގަޑިއިރު ފަހުން، ހުކުރު ދުވަހުގެ ރޭ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ވިދާޅުވީ ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަންތައް ރޭގަނޑާއި މިއަދުގެ ނިޔަލަށް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ. އެ އޮޕަރޭޝަންގައި މައި ސަރުކާރުގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވައިފައެވެ.
ކަރވިލް ކައުންޓީގެ ސިޓީ މެނޭޖަރު ޑޯލްޓަން ރައިސް ނޫސްވެރިންނަށް ވިދާޅުވީ، އިއްޔެގެ ފަތިހުގެ ވަގުތެއްގައި ވެހުނު ބޯ ވިއްސާރައިގައި، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ގްވާޑަލޫޕް ކޯރުގެ ފެންގަނޑު އުފުލި، ބަންޑުންވުމުގެ ސަބަބުން، ސަލާމަތް ހޯދުމަށް އާންމުންނަށް އިންޒާރު ދޭނެ ވަގުތެއް ވެސް ކަމާބެހޭ އިދާރާތަކަށް ލިބިފައިނުވާ ކަމަށެވެ. ސްޓޭޓް އިމަޖެންސީ މެނޭޖްމަންޓް އޮފިޝަލުން ވަނީ، ހުޅަނގާއި މެދުތެރޭ ޓެކްސަސްއަށް “ކުރިއަށް އޮތް ދެތިން ދުވަހު” ބޯކޮށް ވާރޭވެހުމާއި ފެންބޮޑުވުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރު ދީފައެވެ. ޖުލައި ހަތަރެއްގައި ފާހަގަކުރި އެމެރިކާގެ މިނިވަން ދުވަހުގެ ހަރަކާތްތައް ވެސް އެ ސަރަޙައްދުގައި ވަނީ ކެންސަލްކޮށްފައެވެ. ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކަރ ކައުންޓީގެ ޝެރިފް ލެރީ ލެއިތާ ވިދާޅުވީ ފެންބޮޑުވުމުގެ ހާދިސާ މިހާތަނަށް 24 މީހަކު މަރުވެފައިވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
