
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދެކުނު ކޮރެއާގައި ކުރިއަށްދިޔަ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކޮށް މުބާރާތުގެ ފަޚުރުވެރި ދެވަނަ ހޯދި 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމު މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުން މި ޓީމަށް މަރުހަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އޭގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ނައިބު ރައީސް އަޙްމަދު އިސްމާޢީލްގެ އިތުރުން ކުޅިވަރު ދާއިރާގެ އިސްފަރާތްތަކެއް ވަނީ ޓީމަށް މަރުހަބާ ކިއުމަށް އެއާޕޯޓަށް ވަޑައިގަންނަވާފައެވެ.
ޓީމަށް މަރުހަބާ ވިދާޅުވަމުން ކުޅިވަރު ވަޒީރުވަނީ ޓީމުގެ ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސް ދަންނަވާފައެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގެ ޖޫނިއާ ގައުމީ ޓީމުން ދައްކުވައިދިނީ ހިއްވަރާއެކު މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެކަން ކަމަށާ ދެން އަޒުމަކަށް ހަދަންވީ ކައިރި މުސްތަގުބަލެއްގައި ގައުމަށް ރަން މެޑައްޔެއް ގެނެސްދިނުންކަމަށެވެ. ވަޒީރުވަނީ ކުޅުންތެރިން ކުރި ބުރަ މަސައްކަތަށް ޝުކުރުއަދާކުރައްވާފައެވެ. އޭގެ އިތުރުން ނެޓްބޯޅަ އެސޯސިއޭޝަނުން މިކުޅިވަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ އެއެސޯސިއޭޝަނަށްވެސް ވަޒީރު ޝުކުރުއަދާކުރެއްވިއެވެ. އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ރާއްޖެއިން ވާދަކޮށްފަވަނީ އަވަށްޓެރި ޕާކިސްތާނާއެވެ. އެ މެޗުން ރާއްޖެއަށް ރަނަރަޕްކަން ލިބުނީ ޕާކިސްތާނާ ވާދަކޮށް 60-36 އިން ޕާކިސްތާނު މެޗު ކާމިޔާބުކުރުމުންނެވެ. މިމުބާރާތުގައި ރާއްޖެއިން ކުޅުނު ހަ މެޗުގެ ތެރެއިން ހަމައެކަނި ބަލިވެފަވަނީވެސް ޕާކިސްތާނާ ވާދަކުރި ދެމެޗުންނެވެ. ބާކީ ހަތަރު މެޗުން ރާއްޖޭގެ ޓީމު މޮޅުވެފަވަނީ ފަސޭހަކަމާއެކު ފަރަގު ބޮޑު ނަތީޖާއަކުންނެވެ.
އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގެ ގްރޫޕް ބީގެ ފައިނަލުގައި ޕާކިސްތާނާ ވާދަކޮށް ދެވަނަ ހޯދުމާއެކު ރާއްޖޭގެ ޖޫނިއާ ނެޓްބޯޅައިގެ މިހާރުގެ ރޭންކިންގ ވަނީ ހަތް ވަނައަށް ކުރިއަށް ޖެހިލާފައެވެ. މީގެ ކުރިން ރާއްޖެ ހިމެނެނީ އޭޝިއާގެ ރޭންކިންގެ 11 ވަނައިގައެވެ. އެހެންކަމުން ގައުމީ ޖޫނިއާ ނެޓްބޯޅަ ޓީމުން ހޯދި މިކާމިޔާބީއާ އެކު ރާއްޖެއިން މިވަނީ ރޭންކިންގައި ހަތަރު ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ. ހައިރާން ކުރުވަނިވި ނަތީޖާތަކެއް ހޯދަމުން އަންނަ 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމު ވަނީ ދާދިފަހުން ޗައިނާގެ ހޮންގް ކޮންގުގައި ނިމިގެންދިޔަ ބައުހީނިއާ ކަޕުގައިވެސް ވާދަކޮށް ޗައިނީޒް ޓައިޕޭ ބަލިކުރުމަށްފަހު އެމުބާރާތުގެ ތިންވަނަ ހާސިލްކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
