.(ފޮޓޯ ކްރެޑިޓްސް: ސީބީއެމް)
ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ އަހަރީ އާންމު ޖަލްސާ ބާއްވައިފިއެވެ. ހެންވޭރު ބޯޅަ ގޭގައި ބޭއްވި މިޖަލްސާ ޝަރަފުވެރިކޮށްދެއްވީ ސީބީއެމްގެ ރައީސް މުހަންމަދު ފައިސަލްއެވެ. ސީބީއެމްގެ އަހަރީ އާންމު ޖަލްސާގައި އަލިއަޅުވާލާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި ސީބީއެމްއިން ފާއިތުވެ ދިޔަ އަހަރުތަކުގައި ހޯދާފައިވާ ކުރިއެރުންތަކާއި، ކާމިޔާބީތަކުގެ އިތުރުން އަލަށް އެކުލަވާލެވުނު ކުޅިވަރު ޤާނޫނާ އެއްގޮތަށް ސީބީއެމްގެ ކަންކަން ބައްޓަންކުރުން ހިމެނުނެވެ. މީގެ އިތުރުން ފާއިތުވެ ދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް ފާސްކުރުމާ މިއަހަރަށް ބަޖެޓް އެކުލަވާލުންވެސް މިޖަލްސާގައި ކުރިއަށް ދިޔައެވެ.
ސީބީއެމްއިން ފާއިތުވެ ދިޔަ އަހަރުކޮށްފައިވާ މުހިންމު މަސައްކަތުގެ ތެރޭގައި، 2024 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 24 ވަނަ ދުވަހު ސީބީއެމްގެ ގާނޫނަށް އިސްލާހުގެނެވި، ކުލަބުތަކުގެ ރުހުން ހޯދިފައިވެއެވެ. އަދި ކުރިކެޓު ކުރިއެރުވުމުގެ ގޮތުން ސްޓްރެޓެޖީއާ ގުޅުންހުރި ހަތް ބައްދަލުވުން އެގްޒެކެޓިވް ލެވެލްގައި ބާއްވާފަވާއިރު، ބާލީގައި ކުރިއަށް ދިޔަ އޭސީސީ އޭޖީއެމް ބައްދަލުވުމުގައި ސީބީއެމްގެ ރައީސް ބައިވެރިވަޑައިގަތުން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މިދިޔަ އަހަރަކީ ރާއްޖޭގައި މުޅިން އަލަށް އައިސީސީ ލެވެލް 2 ގެ ކޯޗިން އަދި ހައިޕާރފޯމަންސް ވޯކްޝޮޕެއް ބޭއްވުނު އަހަރުވެސްމެއެވެ. މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ރާއްޖޭގައި ކުރިއަށް ދިޔަ މި ވޯކްޝޮޕުގައި 13 ގައުމަކުންވަނީ ބައިވެރިވެފައެވެ.
ސީބީއެމްއިން އިންތިޒާމުކޮށްގެން ރާއްޖޭގައި ހިންގުނު ހަރަކާތްތަކަށް ބަލާއިރު މާލެ، ފުވައްމުލައް އަދި ކުނަހަންދޫ ހިމެނޭހެން ނުވަ މުބާރާތް ބާއްވާފައިވެއެވެ. އަދި ސީބީއެމްގެ ކުރިކެޓް ކަލަންޑަރާ އެއްގޮތަށް ހުރިހާ ކަމެއްވެސް ނިންމާލާފަވާއިރު، 2024 ވަނަ އަހަރުގެ ކުލަބުތަކުގެ ރޭންކިންވެސް ކަނޑައަޅާފަވެއެވެ. މީގެ އިތުރުން ކުންފުނިތަކަށާ، ސްކޫލްތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ 16 މުބާރާތް ފާހަގަކޮށްލެވޭއިރު، ކުރިކެޓުން އައު ޖީލެއް އުފެއްދުމުގެ ބޭނުމުގައި ގްރާސް ރޫޓް ޕްރޮގްރާމުތަކެއްވެސް ސީބީއެމްވަނީ ކުރިއަށް ގެންގޮސްފައެވެ. ކުރިކެޓް ބޯޑް އިން އިސްނަގައިގެން 2024 ވަނަ އަހަރު ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުބާރާތްތަކުގެ ތެރޭގައި އޭސީސީ މެންސް ޓީ20 ޗެލެންޖާއި، އޭސީސީ ވިމެންސް ޕްރިމިއަރ ލީގާއި، އައިސީސީ ޓީ20 ވޯލްޑްކަޕު ކޮލިފަޔާރސްގެ އިތުރުން ބޫޓާން ކުއަޑް ސީރީސް ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
