
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފީފާ ކުލަބު ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލްގައި 9 ކުޅުންތެރިންނާއެކު ކުޅެ 2-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ޕީއެސްޖީން ހޯދައިފިއެވެ. އެޓްލާންޓާގެ މާސެޑޭޒް ބެންޒް ސްޓޭޑިއަމްގައި ފަސްދޮޅަސް ހަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ބަޔާން މިއުނިކްގެ ޖަމާލް މުސިއާލާގެ ފައިގެ ކުޑަ ހުޅަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. މުސިއާލާއަށް އަނިޔާވެފައިވަނީ މައިކަލް އޮލިސޭ ނަގައިދިން ހުރަހެއް ގޯލަށް ފޮނުވާލަން އުޅުމުގެ ތެރޭގައި ޕީއެސްޖީގެ ގޯލު ކީޕަރު ޖިއާންލުއިޖީ ޑޮންނަރޫމާ އެ ބޯޅަ ހޯދަން އުޅުމުގެ ތެރޭގަ އެވެ. އަދި ދެވަނަ ހާފަށް ނިކުތްއިރު އޭނާގެ ބަދަލުގައި ބަޔާން މިއުނިކް އިން ވަނީ ނަބްރީ ކުޅެން އަރުވާފަ އެވެ. މިއީ އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު ފުރަތަމަ ޓީމުގައި ހިމެނި މުސިއާލާ ކުޅުނު ފުރަތަމަ މެޗެވެ.
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި ބަޔާން މިއުނިކްއިން ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގައި ޕީއެސްޖީ އިން ވަނީ ލަނޑެއް ޖަހާފަ އެވެ. މި މެޗުގެ 78 ވަނަ މިނިޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދީފައިވަނީ ނިމިގެންދިޔަ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް އިންޓަރ މިލާން ކޮޅަށް ލަނޑު ޖެހި ޑިސަޔާ ޑުއޭ އެވެ. ޕީއެސްޖީ އިން ލަނޑު ޖެހިތާ ހަތަރުވަނަ މިނިޓުގައި އެ ޓީމުގެ ޑިފެންޑަރ ވިލިއަން ޕަޗޯ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. މިއީ އޭނާގެ ކެރިއަރުގައި ދެއްކި ފުރަތަމަ ރަތް ކާޑެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ޕީއެސްޖީ އަށް އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ ލޫކަސް ހަނާންޑޭޒް އަށް ރެފްރީ ދެއްކި ރަތް ކާޑާއިއެކު 9 ކުޅުންތެރިންނާއިއެކު މެޗުގެ ބާކީ ބައި އެ ޓީމުން ކުޅެން ޖެހުމުންނެވެ. ނަމަވެސް އޭގެ ހަތަރު މިނިޓު ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އުސްމާން ޑެމްބެލޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށް އެ ޓީމަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްދީފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ބަޔާން މިއުނިކް އަށް ރެފްރީ ޕެނަލްޓީއެއް ދިނުމަށްފަހު ވީޑިއޯ ބަލާ ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ. މި މުބާރާތުގެ ސެމީ ފައިނަލުގައި ބަޔާން މިއުނިކް އާއި ދެކޮޅަށް ކުޅޭނެ ޓީމެއް ކަނޑައެޅިގެންދާނީ ރެއާލް މެޑްރިޑް އާއި ބޮރޫޝިޔާ ޑޯޓްމަންޑް ބައްދަލުކުރާ މެޗަށްފަހުގަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
