
(ފޮޓޯ ކްރެޑިޓްސް: ވީއޭއެމް)
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ވީއޭއެމް ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް 2025 ގެ ކުޅުން ފަށައިފިއެވެ. ބުރާސްފަތި ދުވަހުން ފެށިގެން ރާ އަތޮޅު ޒޯނުގެ މެޗުތައް ފޯރީގައި ކުރިޔަށްދާއިރު ރާ އަތޮޅު ޒޯނުގެ މުބާރާތް ނިމުމަށްފަހު ޖުލައިމަހުގެ ފަހު ކޮޅު މާލޭ ޒޯނުގެ މުބާރާތް ފަށާނެއެވެ. ވީއޭއެމްއިން ބުނީ މާލެ ޒޯނު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ރިސޯޓުތަކަށް ހުޅުވާލާފައިވާކަމަށެވެ. ރާ އަތޮޅަށް ހާއްސަ ޒޯން 6 ގެ މުބާރާތުގެ މެޗުތަށް ކުރިޔަށްދާނީ މިމަހުގެ 3-8 ޖޯލި މޯލްޑިވްސްގައެވެ.
މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލްއެވެ. މި ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރިޔާޒް އާއި ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފް އާއި އެސޯސިއޭޝަނުގެ ބައެއް އިސްވެރިންނާއި ޖޯލި މޯލްޑިވްސްގެ ބައެއް އިސްވެރިންވެސް ބައިވެރިވެލެއްވިއެވެ. ވީއޭއެމް ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް 2025 ގެ ރ.އަތޮޅު ޒޯނުގެ މުބާރާތް ފެށުމުގެ ގޮތުން ފުރަތަަމަ މެޗުގައި ބުރާސްފަތި ދުވަހު ބައްދަލުކުރީ ކޯރާ ކޯރާ މޯލްޑިވްސް އާއި ޖޯލި މޯލްޑިވްސްގެ ޓީމެވެ. މި މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ޖޯލި މޯލްޑިވްސް އާއި ޖޯލި ބީން، ކޯރާ ކޯރާ ކޯރާ މޯލްޑިވްސްއެވެ.
މި މުބާާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 8 ޖުލައިގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
