
(ފޮޓޯ ކްރެޑިޓްސް: ވަން ގޭމް)
ކުޅިވަރު ވުޒާރާއާއި ހޭންޑްބޯލް މޯލްޑިވްސްއާއި ގުޅިގެން ވަން ގޭމް އިން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ބޭއްވި ފުރަތަމަ އިންޓަރ އޮފީސް ބީޗް ހޭންޑްބޯލް ޗެލެންޖުގައި އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެމްޕީއެލަށް ޖެހިލުންވާވަރުގެ ޓީމަކާއި ދިމާ ނުވާކަމަށް އެމްޕީއެލްގެ ކޯޗު އަލީ ފަޒްލީ ބުނެފިއެވެ. އިންޓަރ އޮފީސް ބީޗް ހޭންޑްބޯލް ޗެލެންޖް ކާމިޔާބުކުރުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ކޯޗު ފަޒްލީ ބުނީ މުބާރާތުގައި ޖެހިލުންވާވަރުގެ ޓީމަކާއި ދިމާނުވާ ކަމަށާއި، އެހެންނަމަވެސް ފައިނަލްގައި ކުޅެން ޖެހުނު ވެމްކޯ ޓީމުގައި ތިބީ ފުދޭވަރަކަށް ރަނގަޅު ޒުވާން ކުޅުންތެރިންކަމުން ފައިނަލް މެޗެއްގެ ފޯރިއާއެކު ކުޅެވުނު ކަމަށެވެ. “ބީޗަށް ފުދޭވަރަކަށް ފަރިތަ ރަނގަޅު ކުޅުންތެރިންތަކެއް ތިބުމުން މުބާރާތަށް އައި އިރުވެސް ނިކުތީ ހަމަ ތައްޓަށް” ކަމަށް ފަޒްލީ ބުންޏެވެ.
ފަރިތަކުރުންތައް ދިޔަ ގޮތް ހިއްސާ ކުރަމުން ފަޒްލީ ބުނީ މާލެ ސަރަހައްދުގައި އޮތް ހަމައެކަނި ހޭންޑްބޯޅަ ކޯޓުގައި ފަރިތަކުރުންތައް ކުރިޔަށް ގެންދިޔައިރު އެ ކޯޓުގެ ދަތިކަން އޮތުމުން ހުރިހާ ޓީމަކަށް ގަޑިތައް ބަހާލައިގެން ޕްރެކްޓިސް ކުރުމަށް ވަރަށް އުނދަގޫތަކާއި ދިމާވި ކަމަށެވެ. ޕްރެކްޓިސް ކުރާނެ ތަނެއް ނެތުމުގެ ދަތިކަމަށް ކުރިޔަށް އޮތް ތަނުގައި ހައްލު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށާއި ބީޗް ހޭންޑްބޯޅައަކީ ރާއްޖޭގައި ވަރަށް ބޮޑަށް ކުރިއަރާނެ ކުޅިވަރެއްގެ ގޮތުގައި ފެންނަ ކަމަށް ފަޒްލީ ބުންޏެވެ. ފައިނަލް މެޗާއި ގުޅޭގޮތުން އެމްޕީއެލްގެ ކެޕްޓަން އަހުމަދު ޝާނީޒް ބުނީ ގުރޫޕް ސްޓޭޖުގައި ޖެހުނީ ވަރަށް ފަސޭހަ މެޗުތަކެއް ކަމަށާއި ކުރިޔަށް ދެވުނީ ވަރަށް ބޮޑު ލީޑަކާއި އެކުގައި ކަމަށެވެ. އަދި ފައިނަލަކީ އުނދަގޫ މެޗަކަށް ވުމުން މެޗުގެ ފުރަތަމަ ކޮޅު އެ ޕްރެޝަރު އައި ކަމަށެވެ. އެހެންނަމަވެސް މުބާރާތް ކާމިޔާބު ކުރެވުނީ އެ ޕްރެޝަރާއެކުވެސް ކޯޗުގެ އިރުޝާދާއެކު ކުޅެގެން ކަމަށް ފައިނަލް މެޗު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ޝާނީޒް ބުންޏެވެ.
އެމްޕީއޭލް މުބާރާތުގެ ތަށި އުފުލާލީ ފައިނަލް މެޗުގައި ސީދާ ދެ ސެޓުން ވެމްކޯ ބަލިގެންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ވަރަށް ފޯރިއާއި އެކު ބުރާސްފަތިދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓް އެމްޕީއެލްއިން ކާމިޔާބު ކުރީ 22-16 ޕޮއިންޓުންނެވެ. ފުރަތަމަ ސެޓުގައި 6 ޕޮއިންޓުގެ ލީޑެއް އެމްޕީއެލުން ނެގިނަމަވެސް ދެވަނަ ސެޓުގައި ވެމްކޯއިން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. އަދި ދާދި އެއްވަރެއްގައި ސްކޯ ހިފަހައްޓަމުން އައިސް ދެވަނަ ސެޓު އެމްޕީއެލްއިން ކާމިޔާބުކުރީ 24-22 ޕޮއިންޓުންނެވެ.
މިއީ ޖޫން 23 ން ފެށިގެން މިމަހުގެ 3 ގެ ނިޔަލަށް މާލެ ސަރަހައްދުގެ އޮފީސްތަކަށް ހުޅުމާލައިގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 11 ޓީމު އަދި އަންހެން ޑިވިޝަނުގައި 12 ޓީމުން ވާދަކުރިއެވެ. އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ސްޓެލްކޯ ބަލިކޮށް ކުލަބު ވެމްކޯއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
