
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ރަޝިޔާއިން އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ރަސްމީކޮށް ބަލައިގެންފިއެވެ. މިއީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ހިފުމަށްފަހު އެ ސަރުކާރު ރަސްމީކޮށް ބަލައިގަތް ފުރަތަމަ ގައުމެވެ. މި ނިންމުމާއެކު ދެ ގައުމުގެ ދެމެދުގައި ކުރިއަށްގެންދިޔަ ސިއްރު މަޝްވަރާތަކަށްފަހު، ކުރިން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރުޅިވެރިކަން ނިމުމަކަށް އައިސް، ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. 2021 ވަނަ އަހަރުގެ އޮގަސްޓްގައި ތާލިބާނުން ކާބުލް ހިފައި، އޭރުގެ ރައީސް އަޝްރަފް ޣަނީގެ ސަރުކާރު ބަދަލުކުރި ފަހުން، އެތައް ގައުމަކުން ވަނީ ތާލިބާނުންނާ ގުޅުން ގާއިމުކުރުމަށް މަސައްކަތްކޮށްފައެވެ. މި ގައުމުތަކުގެ ތެރޭގައި ތާރީހީީ ގޮތުން ތާލިބާނުންނަކީ ދުޝްމަނުންގެ ގޮތުގައި ދެކެމުން އައި ބައެއް ވެސް ހިމެނެއެވެ. ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް އެއްވެސް ގައުމަކުން ތާލިބާން ސަރުކާރު ރަސްމީކޮށް ބަލައެއް ނުގަނެއެވެ.
ރަޝިޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ތާލިބާން ސަރުކާރު ރަސްމީކޮށް ބަލައިގަތުމަކީ އަފްޣާނިސްތާނާ އެކު ދެ ގައުމުގެ ގުޅުން ފުޅާވެ، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށެވެ.
“އަފްޣާނިސްތާނުގެ އިސްލާމިކް އެމިރޭޓްގެ ސަރުކާރު ރަސްމީކޮށް ބަލައިގަތުމަކީ، އަޅުގަނޑުމެންގެ ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ފައިދާހުރި ގުޅުން ބިނާކުރުމަށް ބާރެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރަން” ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ރަޝިޔާގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ، ތާލިބާނުންނާ އެކު ހަކަތަ، ދަތުރުފަތުރު، ދަނޑުވެރިކަން، އަދި އުމްރާނީ ތަރައްގީގެ ދާއިރާއިން އެއްބާރުލުން ހޯދަން މަސައްކަތްކުރާނެ ކަމަށެވެ. މިއީ ރަޝިޔާއިން މިފަދަ ނިންމުމެއް ނިންމުމަށްފަހު، ދެން އެހެން ގައުމުތަކުން ވެސް ތާލިބާން ސަރުކާރާ އެކު ރަސްމީ ސިޔާސީ ގުޅުންތައް ފަށާނެ ކަމަށް ކަމާއި ބެހޭ މާޙިރުން ދަނީ ލަފާކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
