
އޭއައި އަށް ބަރޯސާވުމަށް މައިކްރޯސޮފްޓުން 9000 ވަޒީފާ މަދުކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. ބައެއް ޑިވިޝަންތަކަށް މި ކަމުގެ ސަބަބުން އަސަރު ކުރާނެ ކަމަށް އެ ކުންފުނިން ބުނި ނަމަވެސް، އެއީ ކޮން ޑިވިޝަންތަކެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އަސަރުކުރާނެ އެއް ޔުނިޓަކީ އެ ކުންފުނީގެ އެކްސްބޮކްސް ވީޑިއޯ ގޭމިން ޔުނިޓެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ވުނަކުރުމަށް މައިކްރޮސޮފްޓުން ނިންމާފައިވާ ކަން ހާމަކޮށް، އޭއައި މޮޑެލްތައް ތަމްރީނު ކުރުމަށް ބޮޑެތި ޑޭޓާ ސެންޓަރުތަކަށް 80 ބިލިއަން ޑޮލަރު (68.6 ބިލިއަން ޕައުންޑް) ކަނޑައަޅައިފައި ވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެ ކުންފުނީގެ މަންދޫބަކު ބީބީސީއަށް މައުލޫމާތު ދެމުން ބުނީ ބަދަލުވަމުން އަންނަ މާކެޓެއްގައި ކާމިޔާބީއަށް ކުންފުނި އެންމެ ފުރިހަމައަށް ތައްޔާރުކުރުމަށް ބޭނުންވާ އޮގަނައިޒޭޝަނަލް ބަދަލުތައް އަދިވެސް ގެންނަމުން އަންނަ ކަމަށެވެ. މި ވަޒީފާއިން ވަކިކުރުމަކީ މައިކްރޮސޮފްޓްގެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ 228،000 މުވައްޒަފުންގެ 4 އިންސައްތައެވެ. ބައެއް ވީޑިއޯ ގޭމް ޕްރޮޖެކްޓްތަކަށް އޭގެ އަސަރު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ދަ ވާޖް އާއި އައިޖީއެން އިން ރިވިއުކުރި އިންޓާނަލް އީމެއިލްގައި ބުނެފައި ވަނީ ފަސްޓް ޕާސަން ޝޫޓާ ސީރީޒް ޕާފެކްޓް ޑާކްގެ ރީބޫޓާއި އެވާވޯލްޑް ފަދަ ގޭމްތައް ކެންސަލް ކުރުމަށް މައިކްރޮސޮފްޓުން އެ ކުންފުނީގެ ގޭމިން ޓީމަށް އަންގާފައި ވާ ކަމަށެވެ.
ޕާފެކްޓް ޑާކް ރީބޫޓްގެ ޒިންމާ އުފުލާ މައިކްރޮސޮފްޓްގެ ހިއްސާ އޮންނަ ސްޓޫޑިއޯއެއް ކަމަށްވާ ދަ އިނީޝިއޭޓިވް ވެސް މިކަމުގެ ސަބަބުން ބަންދުކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
