
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ރިބާގައި ޝާމިލްވާ އެންމެން ފާފަވެރިވެ، މުދަލުގެ ބަރަކާތް ކެނޑޭ ކަމަށާއި އެންމެ ހެޔޮ ގޮތަކީ ޝައްކާއި ވަހުމް އުފެދޭ މުއާމަލާތްތަކުން މަންފާ ލިބިގަތުމާ ދުރުވެ ޝައްކު ކަމެއް ނެތް ހުއްދަ މުއާމަލާތްތަކަށް ރުޖޫއަވުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެ އެވެ. ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުކުރު ހުތުބާ ހާއްސަކޮށްފައި ވަނީ އިސްލާމް ދީނުގެ އެންމެ ބޮޑު ހަތް ފާފައިގެ ތެރޭގައި ރިބާ އާއި އޭގެ ނުބައިކަމުގެ މައްޗަށެެވެ.
ރިބާއަކީ މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރަށް ހިތްހަމަނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރުކުރުވާ ނުރައްކާތެރި ވަބާއެެކެވެ. — ޚުތުބާ
ހުތުބާގައި ބުނީ އިސްލާމްދީނުގައި އަޅުކަންތަކަށް އިސްކަންދީފައިވާ ފަދައިން މުއާމަލާތުގެ ބަޔަށް ވެސް އިސްކަންދީފައިވާ ކަމަށާއި އެހެންކަމުން އިންސާނާގެ ހަޔާތުގައި ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ ތަފާތު މުއާމަލާތްތަކާ މެދު ފަރުވާތެރިވާން ޖެހޭ ކަމަށެވެ. ހުތުބާގައި ބުނި ގޮތުގައި ބަވަނަވެފައިވާ ދުނިޔެއެއްގައި މުޅި އިގްތިސާދު ހުޅަނގުގެ ފަލްސަފާގެ މައްޗަށް ބިނާކުރެވިފައި އޮތްއިރު މާލީ މުއާމަލާތްތަކުގެ ތެރޭގައި ހިމެނޭ އިސްލާމްދީނުގައި ހަރާމްކޮށްފައިވާ ކަންކަމުން ސަލާމަތްވާންޖެހެ އެވެ.
ރިބާ ކާ މީހާ ފާފަވެރިވާ ފަދައިން އެކަމުގައި ޝާމިލްވާ އެންމެން ވެސް ފާފަވެރިވެ އެވެ.
މީގެ ކުރިން މަޖުބޫރު ހާލަތުގައި ތިބެ ރިބާ ހިމެނޭ ލޯނުތަކާއި އިންޝުއަރެންސް ނަގަން ޖެހުނު ކަމުގައި ވިޔަސް މިއަދު ވަނީ އިސްލާމީ އުސޫލުން ހިދުމަތްދޭ ބޭންކުތަކާއި ތަކާފުލް ކުންފުނިތައް ރާއްޖެއާއި ދުނިޔެއަށް ވެސް ތައާރަފުވެފައި ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: މިހާރު)
“ރިބާ އާއި ޖުވާ ނުހިމެނޭ ގޮތަށް، ފައިސާގެ މުއާމަލާތްތައް ހިންގާ ބޭންކުތަކާއި ތަކާފުލް ކުންފުނިތަކާއި މުއައްސަސާތައް ނުހިންގޭނެ ކަމަށް ބަޔަކު ދުށް ޒަމާން ވަނީ މިއަދު މާޒީވެފައި،” ޚުތުބާގައިވެ އެވެ. އިސްލާމީ ޝަރީއަތް ހުއްދަ ކުރާ ގޮތަށް ފައިސާ ރައްކާކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ ބޭންކުތައް އެބަހުރި ކަމަށާއި އެހެންވީމަ ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް އެ މަގުން ދިއުމަށް ނަސޭހަތްތެރިވި އެވެ. ރިބާ ހަރާމްކުރީ އެއިން ލިބޭ ގެއްލުމުން ފަރުދުންނާއި މުޖުތަމައު ސަލާމަތްކުރުމަށް ކަމަށް ހުތުބާގައި ބުންޏެެވެ.
ހުތުބާގައި ބުނި ގޮތުގައި ރިބާ ކާމީހާ ފާފަވެރިވާ ފަދައިން އެކަމުގައި ޝާމިލުވާ އެހެން މީހުން ވެސް ފާފަވެރިވެ އެވެ. މާތް ނަބިއްޔާ ވަނީ ރިބާ ކާމީހާ އާއި ރިބާ ދޭ މީހާ އާއި އެކަމާ ގުޅޭ ލިޔެކިޔުންތައް ލިޔާ މީހާ އާއި އެކަމަށް ހެކިވާ މީހުން ހިމެނޭ ގޮތަށް، އެ އެންމެނަކީ ފާފައިގައި ހަމަހަމަ ބައެއްކަމަށާއި އެ އެންމެނަށް މާތްﷲގެ ލައުނަތް ހުރިކަން އިންޒާރު ކުރައްވާފައި ކަމަށް ހުތުބާގައި ބުންޏެވެ. ހުތުބާގައި ބުނީ ރިބާއަކީ މުދަލުގެ ބަރަކާތް ވެސް ކަނޑުވާލާ އެއްޗެއް ކަމަށެވެ.
“ރިބާއަކީ މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރަށް ހިތްހަމަނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރުކުރުވާ ނުރައްކާތެރި ވަބާއެެކެވެ،” ކީރިތި ގުރުއާނުގައި ރިބާއާ ދުރުހެލިވުމަށް އަންގަވާފައިވާ އެތައް އާޔަތެއްވާކަން ފާހަގަކޮށް ހުތުބާގައި ބުންޏެވެ. އެހެންވެ، ހުތުބާގައި ނަސޭހަތްތެރިވީ ކެއުމުގައި ވެސް ހަލާލު ތަކެތި ހޯދުމަށް އިސްކަންދޭ ގޮތަށް އެ ތަކެތި ގަތުމުގައި ވެސް ހަލާލު ފައިސާ ބޭނުންކުރުމަށެވެ. އަނބިދަރިންނަށް ކެއުމާއި އަންނައުނާއި ބޯހިޔާވަހިކަން ފޯރުކޮށްދެއިރު ރިބާގެ މުއާމަލާތުން ހޯދި ފައިސާ އިން ގަނެ އެތަކެތި ފޯރުކޮށް ނުދިނުމަށެވެ.
ހުތުބާގައި ބުނީ ދުނިޔެއަށް މިހާތަނަށް ކުރިމަތިވެފައިވާ އިގްތިސާދީ ގިނަ ކާރިސާތައް މެދުވެރިވީ ސަބަބަކަށް ރިބާވެފައިވާ ކަމަށެވެ. ރިބާގެ ސަބަބުން އިގްތިސާދީ ނަފާވެރިކަން މަދު ބައެއްގެ އަތްމައްޗަށް ގޮސް، މުޅި މުޖުތަމައުގެ ތެރޭގައި އޮންނަން ޖެހޭ އިގްތިސާދީ އަދުލުވެރިކަން ނެތިކޮށްލާ ކަމަށެވެ. އެ ސަބަބުތަކާ ހުރެ، ރިބާގެ ނުރައްކާތެރި ވަބާ އިން މުޅި އިގްތިސާދީ ނިޒާމު ސަލާމަތްކުރުމަކީ މިއަދު މުޅި މުޖުތަމައުގެ ހައްގުގައި އަހަރެމެން ކުރަން ޖެހޭ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
