
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސިންގަޕޫރުގެ އިތުރު އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނެވޭނެކަމަށް ޤަބޫލުކުރައްވާކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ސިންގަޕޫގައި ބޭއްވި ބިޒްނަސް ފޯރަމަށްފަހު ޕީއެސްއެމްނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުޞަތުތައް ސިންގަޕޫރުގެ އިންވެސްޓަރުންނާއި ވިޔަފާރިވެރިންނާ ހިއްސާ ކުރުމަށް ބިޒްނަޒް ފޯރަމެއް ބާއްވާފައެވެ. 200އަށް ވުރެ ގިނަ އިންވެސްޓަރުން ބައިވެރިވި މި ފޯރަމްގައި ޚާއްސަ ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދިޔައެވެ. މި ޕެނަލް ޑިސްކަޝަންގައި ރާއްޖޭގައި ހުރި ފުރުޞަތުތައް ހިއްސާކުރުމަށްޓަކައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޕީއެސްއެމްނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން އެ ޕެނަލް ޑިސްކަޝަންގައި ވާހަކަދެއްކެވިކަމަށެވެ. އެގޮތުން ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި އަލަށް އިންވެސްޓުކުރުމަށް ހުޅުވާލި ފުރުޞަތުތަކާއި، ހއ، ހދ، ށ، ތ، ލ އަދި އައްޑޫ ސިޓީ ހިމެނޭހެން ގާތްގަޑަކަށް 31 މަޝްރޫޢުއެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަން ފާހަގަކުރައްވާއި، އެ މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ހިއްސާކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ހަލާލް ޓުއަރިޒަމަކީ ދުނިޔޭގައި ކުރިއަރަމުން އަންނަ އެއް ދާއިރާއަށްވާއިރު، ރާއްޖޭގައިވެސް މިދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެކަމުގެ ތަފްސީލްތައްވެސް އިންވެސްޓަރުންނާއި ހިއްސާކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި އެހެނިހެން ދާއިރާތަކުންވެސް ސިންގަޕޫރުގެ ވިޔަފާރިވެރިން އިންވެސްޓްކޮށްގެން ތިބިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ބިޒްނަސް ފޯރަމްގެ ސަބަބުން އިންވެސްޓު ކުރުމުގެ ފުރުޞަތުތައް އިތުރުވާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. “މި ފޯރަމްގެ ސަބަބުން ސިންގަޕޫރުގެ އިންވެސްޓަރުންނަށް ލިބުނު މަޢުލޫމާތުގެ އަލީގައި ރާއްޖެއަށް އިތުރު އިންވެސްޓްތައް ގެންނާނެ. އަދި މިހާރު ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ފަރާތްތަކުންވެސް އެމީހުންގެ އިންވެސްޓްމަންޓްތައް ފުޅާވެގެންދާނެކަމަށް ޤަބޫލުކުރަން.” ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒިރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.
ބިޒްނަސް ފޯރަމްގެ ތެރެއިން ވަނީ އެސްއީޒެޑްގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ މަޝްރޫޢު 100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ މަޝްރޫޢުގެ ކޮންޓްރެކްޓަރާއެކު ސޮއިކޮށްފައެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމާ ގުޅެގޮތުން ވަޒީރު ޠާރިޤް. ވިދާޅުވީ މި މަޝްރޫޢޫގެ ޢަމަލީ މަސައްކަތް ލަސްތަކެއް ނުވެ ފެށޭނެކަމަށް އުންމީދު ކުރައްވާކަމަށެވެ. އަދި ގާތްގަޑަކަށް 2 އަހަރެއްހާ ދުވަހުގެ ތެރޭ އެ މަސައްކަތް ނިންމާލުމަކީވެސް ކުރެވޭ އުންމީދެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ސޯލާ ސިޓީ މަޝްރޫޢަކީ ދިވެހިރާއްޖޭގެ ފުރަތަމަ އެސްއީޒެޑް މަޝްރޫޢުގެ ގޮތުގައި ކަނޑައަޅުއްވާ، މަޝްރޫޢު ކުރިއަށްގެންދަން ލުއިތަކެއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. ސޯލާ ސިޓީގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، މާލެ ސަރަހައްދުގައި ކުޑަބަނޑޮހުގެ އިރުން އޮތް ސަރަހައްދުގައި ކަމަށް މިމަޝްރޫޢުގެ އެސްއީޒެޑްގެ މަޝްރޫޢުއެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ޤަރާރުގައި ވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
