
ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބޯޓުތަކުގައި ޕަވަރ ބޭންކު ބޭނުން ކުރެވޭ އުސޫލަށް ބަދަލުގެނެސްފައިވާ ކަމަށް އެއެއަރލައިނުން ހާމަކޮށްފިއެވެ. މޯލްޑިވިއަންއިން މިކަން ހާމަކޮށް ނެރެފައިވާ ނޫސްބަޔާނުގައިވަނީ ދަތުރު މަތީގައި ޕަވަރ ބޭންކުތައް ގެންގުޅުމުގެ އުސޫލު ހާމަކޮށްފައެވެ. އެގޮތުން އައު އުސޫލަށް ޢަމަލުކުރަން ފަށަނީ، އިންޓަރނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)، އިންޓަނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އަދި ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީގެ މިންގަނޑުތަކަށް ތަބާވުމަށް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެއެއަރލައިނަކީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ މިންގަނޑުތަކާއި އެއްގޮތަށް މިފަދަ އުސޫލްތަކެއް ތަޢާރަފްކުރި ދިވެހިރާއްޖޭގެ ފުރަތަމަ އެއަރލައިން ކަމަށް ވިދާޅުވިއެވެ.
އައު އުސޫލުގައި މައިގަނޑު 7 ކަމެއް ހިމަނާފައިވެއެވެ. އޭގެތެރޭގައި ދަތުރުކުރާ އިރު ގެންދެވޭނެ ޕަވަރބޭންކުތަކުގެ ސައިޒާއި އަދި ގެންގުޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ހިމެނެއެވެ.
މޯލްޑިވިއަންއިން ޢަމަލުކުރަން ފެށި އުސޫލުގައި ހިމެނޭކަންކަން
* ކޮންމެ ދަތުރުވެރިއަކަށް ގެންދެވޭނީ 2 ޕަވަރ ބޭންކް
* ޕަވަރ ބޭންކުގެ ކެޕޭސިޓީ 100 ވަޓް-އަވާ އަށް ވުރެ އިތުރުވެގެން ނުވާނެ
* ފްލައިޓު މަތީ ޕަވަރ ބޭންކް އޮންނަން ވާނީ އަތުގައި، ނުވަތަ ސީޓު ޖީބުގައި ނުވަތަ ސީޓު ދަށުގައި
* ޕަވަރ ބޭންކް ލަގެޖް ތެރޭގައި ފޮނުވުން މަނާ، އަދި ފްލައިޓުތެރޭ ކަލިވަތްތަކުގައި ބޭއްވުންވެސް މަނާ
* ފްލައިޓުތެރޭ ޕަވަރބޭންކް ބޭނުންކޮށްގެން ޗާޖު ކުރުން ނުވަތަ ޕަވަރ ބޭންކް ޗާޖުކުރުން މަނާ
* ޕަވަރ ބޭންކުގެ ކަރަންޓު ކޮޅެއް ހާމައަށް ނުވަތަ ކަރަންޓު މައްސަލައެއް ދިމަވެދާނެ ގޮތަށް އޮވެގެން ނުވާނެ
* ހުރިހާ ޕަވަރ ބޭންކެއްވެސް އދ.ގެ ކަރަންޓު ސާމާނުގެ މިންގަނޑުތަކަށް ފެތެންވާނެ
މޯލްޑިވިއަންއިން ވިދާޅުވީ މި އައު އުސޫލާއެކު އެއެއަރލައިނުން ދަތުރުކުރާ ފަރާތްތަކާއި، ބޯޓުތަކުގެ ސަލަމާތާއި ރައްކާތެރިކަމަށް އެއަރލައިނުން ދޭ ސަމާލުކަން ހާމަވާ ކަމަށެވެ. ޕަވަރ ބޭންކުތައް ދަތުރުމަތީ ގެންދިއުމުގެ އުސޫލު މޯލްޑިވިއަންއިން ހަރުދަނާ ކޮށްފައިވާއިރު، މިހާރުވެސް ޕަވަރ ބޭންކް ނުވަތަ ބެޓަރި ހުރި އެއްޗެއް ލަގެޖުގެ ގޮތުގައި ދޫކުރުމަކީ މަނާ ކަމެކެވެ. އެފަދަ ތަކެތި ގެންދެވެނީ އަތްދަބަހުގައެވެ. މޯލްޑިވިއަންއިން ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ އުސޫލުތައް ހަރުދަނާ ކުރަމުންދާއިރު، ދާދި ފަހުން އިންޓަރނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ވަނީ ރާއްޖޭގެ އޭވިއޭޝަން ސޭފްޓީ އޮޑިޓެއްވެސް ހަދާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
