
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
2023 ވަނަ އަހަރާ އަޅާބަލާއިރު، މިދިޔަ އަހަރު މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ، އެމްޑަބްލިޔުއެސްސީއަށް ލިބުނު ސާފު ދައިދާ %92 އިތުރުވެފައިވާކަމަށް އޮޑިޓު ރިޕޯޓުން ދައްކައިފިއެވެ. 2024 ވަނަ އަހަރުގެ އެމްޑަބްލިޔުއެސްސީގެ މާލީ ހިސާބުތައް އޮޑިޓުކުރުމަށްފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ރިޕޯޓު ޢާންމުކުރައްވާފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ އެމްޑަބްލިޔުއެސްސީގެ މާލީ ހިސާބުތަކަށް ބަލާއިރު، ކުންފުނީގެ މުޢާމަލާތައް ރަނގަޅަށްހުރިކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ މުޢާމަލާތްތައް ހުރީ އިންޓަނޭޝަނަލް ފައިނެންޝިއަލް ރިޕޯޓިން ސްޓާންޑަޑްސް، އައިއެފްއާރުއެސްގެ އެކައުންޓިން ހަމަތަކާ އެއްގޮތަށްކަމަށްވެސް ރިޕޯޓުގައިވެއެވެ.
އެހެންނަމަވެސް މާލީ ސްޓޭޓްމެންޓުތައް ހިސާބުކުރުމުގައި ދިމާވެދާނެ ބައެއް ކަންބޮޑުވުންތައްވެސް އޮޑިޓު ރިޕޯޓުގައި ހިއްސާކޮށްފައިވެއެވެ. އެގޮތުން އެއް ވަގުތެއްގައި ގިނަ އަދަދެއްގެ މާލީ މުޢާމަލާތްތައް ހިނގުމުން، ކުށްޖެހުމުގެ ފުރުޞަތު ބޮޑުކަމަށް އޮޑިޓުގައިވެއެވެ. އަދި ބިލިން ނިޒާމުން އެކައުންޓިން ނިޒާމަށް، މެނުއަލްކޮށް ނުވަތަ އޮޓޮމޭޓެޑް ސިސްޓަމެއް ނެތި މަޢުލޫމާތު ބަދަލުކުރުމުންވެސް ކުށްޖެހުމުގެ ފުރުޞަތު ބޮޑުކަމަށް އޮޑިޓުގައިވެއެވެ. އޮޑިޓު ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރު އެމްޑަބްލިޔުއެސްސީއަށް ސާފު ފައިދާގެ ގޮތުގައި 113,501,276 މިލިޔަން ރުފިޔާ ލިބުނުއިރު، 2024 ވަނަ އަހަރު 217,481,635 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އޮޑިޓު ރިޕޯޓުގައި ޢާންމުކޮށްފައިވާ މާލީ ހިސާބުތަކުގައިވެއެވެ. އެހެންކަމުން މިއީ %92 އިތުރުވުމެކެވެ.
އެމްޑަބްލިޔުއެސްސީއަށް ލިބުނު ޖުމުލަ އާމްދަނީގެ އަދަދު 2023 ވަނަ އަހަރު 1.54 ބިލިޔަން ރުފިޔާގައި ހުރިއިރު، އެ އަދަދު 2024 ގައި ހުރީ 1.57 ބިލިޔަން ރުފިޔާގައެވެ. އަދި ކުންފުނީގެ ޖުމުލަ މުދަލުގެ އަދު 3.6 ބިލިޔަން ރުފިޔާއަށް އަރައެވެ. އެމްޑަބްލިޔުއެސްސީއަކީ މާލެ ސަރަހައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މައި ކުންފުންޏެވެ. މާލެ ސަރަހައްދުގެ އިތުރަށް 3 ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ކުންފުނިން ފޯރުކޮށްދޭއިރު، އެއް ރަށަކަށް ކަރަންޓުގެ ޚިދުމަތްވެސް ފޯރުކޮށްދެއެވެ. އެގޮތުން ގާތްގަނޑަކަށް 200،000 މީހުންގެ އާބާދީއަކަށް އެމްޑަބްލިޔުއެސްސީން އަންނަނީ ޚިދުމަތްދެމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
