
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭގެ އާ ޓަރމިނަލް ފުރަތަމަ ފަހަރަށް ދިއްލާލައިފިއެވެ. ވީއައިއޭގެ އާ ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ އެ އެއަރޕޯޓުގެ އާ ޓާމިނަލް ފުރަތަމަ ފަހަރަށް އެއްކޮށް ނަމާއެކު ދިއްލާލާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ވެލާނާ އިންޓަނޭޝަލް އެއަރޕޯޓުގައި މިހާރު ތަރައްޤީކުރަމުންދާ އާ އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ.
މި އާ ޕަސެންޖަރ ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ކަމުގައިވާ މި މަހުގެ 26ވަނަ ދުވަހުއެވެ. އެމްއޭސީއެލް އިން މިހާރު ދަނީ އެއަރޕޯޓު ހުޅުވުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން މުވައްޒަފުންނަށް ތަމްރީނުތައް ދިނުމާއި އެއާޕޯޓުގައި ބޭނުން ކުރާ ތަކެތީގެ ޓެސްޓިން މަރުހަލާތައް މިހާރު ދަނީ ކުރިއަށްގެންދަމުންނެވެ.

އެއަރޕޯޓުގެ އާ ޓަރމިނަލުން ޚިދުމަތްތައް ފެށުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ކުރިއަށްދާއިރު، މި ޓަރމިނަލް ފުލީ އޮޕަރޭޝަނަށް ގެންނާނީ، 3 މަސް ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތްތަކާއެކުގައެވެ. ވުމާއެކު، ބޭރުގެ ޤައުމުތަކުގައި އާ ޕެސެންޖަރ ޓަރމިނަލްތައް ހުޅުވުމުގައި ބޭނުންކުރާ ބެސްޓް ޕްރެކްޓިސްތައް، މި ޓަރމިނަލް ހުޅުވާއިރު ބޭނުންކުރުމަށް އެކަމަށް ޚާއްސަ ކޮންސަލްޓެންޓެއްވެސް ވަނީ ކަނޑައަޅާފައެވެ. ވީއައިއޭގެ އާ ޓަރަމިނަލްގެ ޚިދުމަތް ފަށާއިރު މުޅި ސަރަޙައްދަށްވެސް ބޮޑެތި ބަދަލުތައް ގެންނަންޖެހެއެވެ. އެގޮތުން ފަތުރުވެރިންނަށް ޚިދުމަތްދޭ ރިސޯޓްތަކާއި ޓުއަރ އޮޕަރޭޓާރުންނަށް ބޭނުންވާ ކަންކަން ހަމަޖެއްސުމާއި، ޕެސެންޖަރުން އެއަރޕޯޓާއި ކަނޑު ދަތުރަށް ފަހިވާގޮތަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައްވެސް ދަނީ ހަމަޖައްސަމުންނެވެ. މި ހުރިހާ ކަންކަން ހަމަޖެއްސުމުގެ މަސައްކަތްތައް އެމްއޭސީއެލްއިން ދަނީ ކުރިއަށްގެންދަވަމުންނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ފަސިންޖަރ ޓާރމިނަލް ތަރައްޤީ ކުރަމުންދަނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކުއެވެ. އެގޮތުން އެއިރޯ ބޯޑިން ބުރިޖުތަކާއި އެންމެ ފަހުގެ ޒަމާނީ ބެގޭޖު ހޭންޑްލިން ސިސްޓަމްތައް ޓަރމިނަލްގައި ހުންނާނެއެވެ. އައު ޓަރމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވެ، އެފް އެންޑް ބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް އެތަނުގައި ގާއިމުކޮށްފައި ހުންނާނެއެވެ. ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރާ ބައިނަލްއަޤުވާމީ ފެންވަރުގެ މި ޓަރމިނަލަކީ ރާއްޖޭގެ އިޤުތިޞާދަށް އެތައް ގޮތަކުން ފައިދާކުރާނެ ޢުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢެކެވެ. އެގޮތުން މި ޓަރމިނަލުގެ ސަބަބުން އެންމެ ބޮޑު ކުރިއެރުމެއް އަންނާނެ އެއް ދާއިރާއަކީ ފަތުރުވެރިކަމެވެ.
ވީއައިއޭގައި މިހާރު ހުރި ޓަރމިނަލުން ޚިދުމަތް ދެވެނީ އަހަރަކު 1.5 މިލިޔަން މީހުންނަށެވެ. ނަމަވެސް ރާއްޖެއަށް އަހަރަކު 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އެހެންކަމުން މިހާރު ހުރި ޓަރމިނަލުން ޚިދުމަތް ދެމުންގެންދަނީ އޯވަރ ކެޕޭސިޓީއެއްގައެވެ. މި މައްސަލައަށް ހައްލު ގެނެސްދޭނީ މިހާރު ހުޅުވުމަށް ތައްޔާރުވަމުންދާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލެވެ. މި ޓަރމިނަލާއެކު އަހަރަކު 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
