
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ އައު ހުށަހެޅުމާ ގުޅޭގޮތުން ފަލަސްޠީނުގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ދެކޭގޮތް ހުށަހަޅައިފިއެވެ. ޓްރަމްޕް ވަނީ ޢުދުވާން ހުއްޓާލުމާ ގުޅޭ ‘ފަހު ހުށަހެޅުން’ ކަމުގައި ވިދާޅުވެ 60 ދުވަހުގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ހުށަހަޅުއްވައިފައެވެ. ޓްރަމްޕްގެ އައު ހުށަހެޅުއްވުމުގައި އޮތީ ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ޔަހޫދީންނާ ޙަވާލު ކުރުމެވެ. އޭގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރުކޮށް ލާއިންސާނީ އަނިޔާތަކަށް ހުށަހަޅާފައިވާ ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިނިވަން ކުރަން ޖެހޭނެއެވެ. އަދި، އެ މުއްދަތުގެ ތެރޭގައި ޙަމަލާ ބަދަލު ކުރުން ދާއިމަށް މެދުކަނޑައިލުމާ ގުޅޭ ގޮތުން އިތުރު މަޝްވަރާތައް ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމުގައި ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ޙަމާސުން ބުނީ އެ ހުށަހެޅުމާ ގުޅޭގޮތުން ޙަމާސުން ދެކޭ ގޮތް ބަޔާންކޮށް ތައްޔާރުކޮށްފައިވާ ޖަވާބު އެ ޖަމާޢަތުން ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމުކުރުމާ ގުޅޭ މަޝްވަރާތައް ވިލަރެސްކުރާ މެދުވެރިން ކަމަށްވާ ޤަޠަރަށާއި މިޞްރަށް ޙަވާލުކޮށްފައިވާ ކަމަށެވެ. ކަމާ ގުޅޭ މަޢުލޫމާތު އެނގޭ މަސްދަރަކުން ބުނީ ޙަމާސްގެ ޖަވާބަކީ އެދެވޭ ޖަވާބެއް ކަމަށާއި އެ ޖަވާބުގެ ސަބަބުން އެއްބަސްވުމަކާ ހަމައަށް އައުމަށް މަގުފަހިވާނެ ކަމަށެވެ. ޣައްޒާ ޢުދުވާން 60 ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލައި އަސީރުން ބަދަލު ކުރުމަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ އައު ހުށަހެޅުން ޔަހޫދީން ބަލައިގަނެފައިވާ ކަމުގައި ޖުލައި 1ވަނަ ދުވަހު ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ޔަހޫދީން އެ ކަމަށް އެއްބަސްވެފައި ވަނީ އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާ އެކު ބޭއްވި މަޝްވަރާތަކަކަށް ފަހުގައި ކަން ވެސް އޭނާ އިޢުލާނު ކުރެއްވިއެވެ. ޙަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮންނަ ދުވަސްވަރު ޢުދުވާންތައް ދާއިމީ ގޮތަކަށް ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ޢުދުވާން ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ކުރުމުގައި ޙަމާސްގެ މައިގަނޑު މަޤުޞަދަކީ ޔަހޫދީންގެ ނިރުބަވެރި ހަނގުރާމަ ދާއިމަށް ހުއްޓުވުން ކަމުގައެވެ. ޔަހޫދީންނާ އެކު އެއްބަސްވުމެއް އެކުލަވައިލުމަށް ޙަމާސުން ކުރިން ހުށަހަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ހިންގަމުންދާ ޤަތުލުޢާންމު ދާއިމަށް ހުއްޓައިލައި، ޔަހޫދީ ސިފައިން އެ ސަހަރުން ފޭބުން ހިމެނެއެވެ. ނަމަވެސް، ޔަހޫދީން ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ. ޓްރަމްޕްގެ ހުށަހެޅުއްވުމާ ގުޅޭ ގޮތުން ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ ވާހަކަ ދައްކާފައެވެ. އޭނާ އަނެއްކާ ވެސް ބުނީ ޙަމާސް ނައްތައިލާނެ ކަމުގެވެ. އަދި، ޙަމާސަށް ދެމިއޮތުމުގެ ފުރުޞަތު ލިބޭ އެއްވެސް ހުށަހެޅުމެއް ބަލައިނުގަންނާނެ ކަމުގައެެވެ. ޙަމާސުން ހަތިޔާރު ބެހެއްޓުމަކީ ވެސް އޭނާ ޝަރުޠެކެވެ. ނަމަވެސް، އެ ކަމަށް އެއްބަސްނުވާނެ ކަން ޙަމާސުން ވަނީ ހާމަކޮށްފައެވެ.
ޖުލައި މަހުގެ 7ވަނަ ދުވަހު ޓްރަމްޕްއާއި ނަތަންޔާހޫ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ބައްދަލުވުމުގައި ޣައްޒާ ޢުދުވާން އަވަސް ގޮތަކަށް ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަންނަ ހަފްތާގެ ތެރޭގައި އެއްބަސްވުމަކާ ހަމައަށް އާދެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ޔަހޫދީ ފައުޖުން މިހާރު ވެސް ދަނީ ޣައްޒާގެ އެކި ކަންކޮޅުތަކަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 138ށް އަރާ ކަމުގައި ފަލަސްޠީނުގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ވަނީ ބުނެފައެވެ. ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ޣައްޒާގެ 57،000އަށް ވުރެ ގިނަ ރައްޔިތުން ޔަހޫދީން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
