
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
2022ވަނަ އަހަރު ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ފެށި ހަނގުރާމައިގައި މިހާތަނަށް ދީފައި ނުވާވަރުގެ ނުރައްކާތެރި ޑްރޯން ޙަމަލާއެއް ރަޝިޔާއިން ޔޫކްރެއިންއަށް ދީފިއެވެ. އެ ޙަމަލާ ދީފައި ވަނީ ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެ ބޭފުޅުން ފޯނު މެދިވެރިކުރައްވައި ވާހަކަ ދެއްކެވިތާ މަދު ގަޑިއިރުކޮޅެެއްގެ ތެރޭގައެވެ. ރަޝިޔާއިން ދިން ނުރައްކާތެރި ޙަމަލާގައި 23 މީހުންނަށް ޒަޅަމުވެ، އެކަކު ވަނީ މަރުވެފައެވެ. ހަވީރުގެ ވަގުތެއްގައި ދޭން ފެށި އެ ޙަމަލާ ގިނަ ވަގުތުތަކަކަށް ދެމިގެން ދިޔައެވެ. އެ ގޮތުން ރަޝިޔާއިން ޙަމަލާދިނުން ހުއްޓާލާފައި ވަނީ އަނެއް ދުވަހު އިރުއަރަން ގާތްވެފައި ވަނިކޮށެވެ. ޔޫކްރެއިންގެ ވައިގެ އަސްކަރިއްޔާއިން ބުނީ ޙަމަލާ ދިނުމަށް ރަޝިޔާއިން 539 ޑްރޯންއާއި 11 މިސައިލް ބޭނުންކޮށްފައިވާ ކަމަށެވެ.
އެ ޙަމަލާ ދިން ވަގުތުގައި ޔޫކްރެއިންގެ ރައްޔިތުން ވަނީ ބިމުގެ އަޑީގައި ގާއިމްކޮށްފައިވާ އެ ޤައުމުގެ ރޭލު މަރުކަޒުތަކުގައި ރައްކާތެރިކަން ހޯދައިފައެވެ. ހަމަލާތަކުގައި ޔޫކްރެއިންގެ ގިނަ ޢަދަދެއްގެ އިމާރާތްތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އެ ގޮތުން ކީވްގެ ދިހަ ޑިސްޓްރިކްޓުގެ ތެރެއިން ހަ ޑިސްޓްރިކްޓެއްގައި 40އަށްވުރެ ގިނަ އެޕާޓްމަންޓު ބުލަޮކަށް ގެއްލުން ލިބިފައިވާއިރު، ރޭލު ދަތުރުކުރާ މަގުތަކަށާއި ފަސް މަދަރުސާއަކަށް ގެއްލުން ދީފައިވެއެވެ. އޭގެ އިތުރުން ޕްރީސްކޫލަކަށާއި ކެފޭތަކާއި މަގުތަކުގައި ދުއްވަމުންދިޔަ ގިނަ ޢަދަދެއްގެ ކާރަށް ޙަމަލާގައި ގެއްލުން ލިބިފައިވެއެވެ.
ޙަމަލާތަކާ ގުޅިގެން ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ ޔޫކްރެެއިންގެ ޑްރޯން އުފައްދާ ކާރުޚާނާއަކާއި ވައިގެ އސްކަަރީ މަރުކަޒަކާއި ތެޔޮ ކާރުޚާނާއަކަށް ޙަމަލާގައި ގެއްލުން ދީފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް އަސްކަރީ ސަރަޙައްދަކަށް ގެއްލުން ލިބިފައިވާ ކަމަށް ޔޫކްރެއިނުން މިހާތަނަށް ބުނެފައެއް ނުވެއެވެ. ޔޫކްރެއިންގެ ރައީސް، ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ ރަޝިޔާގެ ޙަމަލާއަކީ ރާވައިގެން ދީފައިވާ އަދި ގަސްތުގައި ވަރުގަދަކޮށްފައިވާ ޙަމަލާއެއް ކަމަށެވެ. މިސައިލްތަކާއިި ޑްރޯންތައް ޔޫކްރެއިންގެ ސަރަޙައްދަށް ދާ ކަމުގެ އިންޒާރުދޭ ރަނގަބީލުތައް އަޅަން ފަށާފައި ވަނީ ޕުޓިންއާއި ޓްރަމްޕްގެ ފޯނު ކޯލުގެ ވާހަކަތައް ނޫސްތަކަށް އެރި ގަޑީގައިކަން ފާހަގަކުރައްވައި ޱެލެންސްކީ ވަނީ ރަޝިޔާއިން އެ ވަގުތު ޙަމަލާދިން ސަބަބާމެދު ސުވާލު އުފައްދަވައިފައެވެ.
ޙަމަލާއަށްފަހު ޓްރަމްޕްއާއި ޒެލެންސްކީއާ ދެ ބޭފުޅުން ވާހަކަ ދައްކަވާފައިވާއިރު އެ މަޝްވަރާތަކުގައި ޔުކްރެއިނުން އެ ޤައުމުގެ ވައިގެ ސަރަޙައްދު ދިފާޢު ކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ދެ ޤައުމުން މަސައްކަތްކުރުމަށް އެއްބަސްވެފައިވެއެވެ. ޒެލެންސްކީ ވިދާޅުވީ ދިފާޢީ އާލާތްތައް ތަރައްޤީކުރުމަށް ދެ ޤައުމުން އެކުގައި މަސައްކަތްކުރުމާއި ދެ ޤައުމުން އެކުގައި ހަތިޔާރު ގަތުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ. ފާއިތުވި ދުވަސްތަކުގައި، އެމެރިކާގެ މިސައިލް ސްޓޮކު ދަށަށް ގޮސްފައިވާތީ އެ ޤައުމުން ވަނީ ޔޫކްރެއިނަށް މިސައިލް ފޯރުކޮށްދިނުން ކޮންމެވެސް ވަރަކަށް މަޑުޖައްސާލައިފައެވެ.
ފާއިތުވި ހަފްތާތަކުގައި ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ޙަމަލާތައް ވަނީ އިތުުރަށް ވަރުގަދަކޮށްފައެވެ. އެއާއެކު ޔޫކްރެއިނުން ވަނީ ރަޝިޔާއާ ދެކޮޅަށް ބައިނަލްްއަޤްވާމީ ދުނިޔެެއިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކުރުމަށް ގޮވާލައިފައެވެ. ޒެލެންސްކީ ވަނީ ޔޫކްރެއިންގެ ވައިގެ ދިފާޢީ ނިޒާމުތައް ގިނަ ކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
