
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ސިންޖިލް އަވަށުގެ މެދުން ދަގަނޑު ފެންސެއް ޖަހައި، އެ ސަރަޙައްދު މާސިންގާ ޖަލަކަށް ޔަހޫދީން ހަދައިފިއެވެ. ރާމަالله ކައިރީގައި އޮންނަ ސިންޖިލް އަވަށަކީ ގާތްގަނޑަކަށް 8،000 މީހުން ދިރިއުޅޭ އަވަށެކެވެ. ޔަހޫދީން ވަނީ އެ އަވަށުގައި އުސްމިނުގައި 20 ފޫޓޫ ހުންނަ، 1.5 ކިލޯމީޓަރު ދިގު ފެންސެއް ޖަހާފައެވެ. އެ އަވަށުން ވަދެ ނިކުތުމަށް ޤާއިމުކޮށްފައި ހުރީ ގޭޓު ހަރުކޮށްފައި ހުރި އެއް ދޮރާއްޓެވެ. އެ ސަރަޙައްދުގައި ޔަހޫދީ ސިފައިން ފޯރިމަރަމުންދާއިރު ދުއްވާއެއްޗެހި ދަތުރުކުރުމަށް ވެސް ހުރަސްއަޅައެވެ.
ސިންޖިލްގައި ދިރިއުޅޭ އުމުރުން 52 އަހަރުގެ މުސާ ޝަބާނާ ބުނީ ސިންޖިލަކީ މިހާރު ޖަލެއް ކަމަށެވެ. އޭނާ ބުނީ ޔަހޫދީން ފެންސުޖަހާފައި ވަނީ ގަސް ހައްދައި ވިއްކުމުގެ މަސައްކަތް ކުރުމަށް އޭނާ ޤައިމުކުރި ނާސަރީއެއްގެ މެދުން ކަމަށެވެ. އެއާއެކު ކާންބޯން ފައިސާ ހޯދުމަށް ކުރަމުންދިޔަ ހަމައެކަނި މަސައްކަތް ހުއްޓާލުމަށް މަޖުބޫރުވެފައިވާ ކަަމަށާއި އެ ނާސަރީއަށް ވަނުން ވެސަް ޔަހޫދީން މަނާކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. އެ ތަނުގައި ހުރި ހުރިހާ ގަހެއްގައި ޔަހޫދީން ހުޅުޖަހާ ރޯކޮށްލާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. ސިންޖިލްގެ މޭޔަރުގެ ނައިބު ވިދާޅުވީ ފެންސުޖަހުމާ ގުޅިގެން އެ އަވަށުގެ 8،000 މީހުން 0.04 އަކަކިލޯމީޓަރުގެ ކުޑަ ސަރަޙައްދެއްގައި ދިރިއުޅުމަށް މަޖުބޫރުވެފައިވާ ކަމަށެވެ. އަމިއްލަ ފަރުދުންގެ 80.9 އަކަކިލޯޓީމަރުގެ ދަނޑުބިންތަކާ ސިންޖިލްގެ ރައްޔިތުން އެކަހެރިކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުންސިންޖިލްގެ ދަނޑުވެރިންނާއި އެކްޓިވިސްޓުން ވަނީ ފެންސު ޖެހުމަށް ބިން ބޭނުންކުރުމުގެ ސަބަބުން އެ އަވަށުގެ 0.02 އަކަކިލޯމީޓަރުގެ ދަނޑުބިން ގެއްލިފައިވާ ކަމަށް ބުނެފައެވެ.
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޢުދުވާނީ ޙަމަލާތައް ދޭން ފެށިފަހުން ހުޅަނގު އައްސޭރީގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ އިތުރަށް ހަރުކަށިކޮށްފައެވެ. އެ ގޮތުން އިތުރު ޗެކްޕޮއިންޓުތައް ޤާއިމްކޮށް، މަގު ބަންދުކުރުމާއި ސިންޖިލްފަދަ އަވަށްތަކުގަައި ދާއިމީ ފެންސުތައް ޖެހުން ހިމެނެއެވެ. ފެންސު ޖެހުމުގެ ސަބަބުން ސިންޖިލްއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތައް ވެސް ވަނީ އިތުރުވެފައެވެ. މީގެ ކުރިން މަދު މިނެޓު ކޮޅެއްގެ ތެރޭގައި ދެވޭ ތަންތަނަށް ދަތުރުކުރުމަށް ޗެކްޕޮއިންޓުތަކުގެ ސަބަބުން މިހާރު އެތައް ގަޑިއިރެއް ނަގައެވެ. އެއާއެކު މަސައްކަތްތެރިންގެ މަސައްކަތަށް ހުރަސްއެޅި، ޢާއިލާ ކައިރިއަށް ދިޔުމުގެ އިތުރުން އަސާސީ ޚިދުމަތްތައް ލިބިގަތުމަށް ވަނީ ދަތިތައް ކުރިމަތިވެފައެެވެ.
ފަލަސްޠީނުގެ އިދާރާތަކުން ބުނަނީ ޔަހޫދީން އަޅާފައިވާ ފިޔަވަޅުތަކަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ދޭ އަދަބެއް ކަމަށެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން އާމްދަނީ ހޯދާނެ މަގުތައް ގެއްލި އާއްމުން ޙާލުގައި ޖެހެމުންދާ ކަމަށް އެ އިދާރާތަކުން ފާހަގަކުރެއެވެ. ސަލާމަތީ ސަބަބުތަކަށް ކަމަށް ބުނެ ޔަހޫދީން އަޅަމުންދާ ފިޔަވަޅުތަކަކީ ފަލަސްޠީނުގެ ބިންތައް ފޭރިގަނެ އެ ބިންތަކުގައި ދިރިއުޅޭ މީހުން އެ ސަރަޙައްދުތަކުން ބޭރު ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށް ފަލަސްޠީނުގެ ރައްޔިތުން ޤަބޫލުކުރެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
