
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ފުޅާ ދާއިރާއެއްގައި ކެމިކަލް ހަތިޔާރު ބޭނުންކުރާ ކަމުގެ ހެކި ނެދަލެންޑްސްއާއި ޖަރުމަނިވިލާތުގެ ޖާސޫސީ އިދާރާތަކުން އެއްކޮށްފިއެވެ. ނެދަލެންޑްސްގެ ދިފާޢީ ވަޒީރު ރޫބެން ބްރެކެލްމަންސް ވިދާޅުވީ ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރުން ދުވަހެއް ދުވަހަކަށް އިތުރުކުރަމުންދާ ކަމަށާއި އެއީ ރަޝިޔާގެ ހަމަލާތަކުގައި މިހާރު އާންމުވެފައިވާ ކަމެއް ކަމަށެވެ. ފާއިތުވި އަހަރުތަކުގައި އެ ކަން ފާހަގަވަމުން އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޖަރުމަނުވިލާތުގެ ބޭރުގެ ޖާސޫސީ އިދާރާ، ބީއެންޑީން ވެސް ވަނީ މި ހޯދުންތައް ކަށަވަރުކޮށްދީފައެވެ. އެ އިދާރާއަށް ވެސް ރަޝިޔާއިން ކެމިކަލް ހަތިޔާރު ބޭނުންކުރާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ބުނެފައިވެއެވެ.
ނެދަލެންޑްސްގެ ޑަޗް މިލިޓަރީ އިންޓެލިޖެންސް އޭޖެންސީ، އެމްއައިވީޑީގެ އިސްވެރިޔާ، ޕީޓަރ ރީސިންކް ވިދާޅުވީ ރަޝިޔާއިން ކެމިކަލް ހަތިޔާރު ބޭނުންކުރާ ކަމަށް ކަށަވަރުކޮށްފައި ވަނީ އެ އިދާރާއިން ވެސް އަމިއްލަ ޖާސޫސީ މަޢުލޫމާތު އެއްކުރުމަށް ފަހުގައި ކަމަށެވެ. އެހެންކަމުން އެމްއައިވީޑީގެ ތަހުޤީޤުތަކަށް ވެސް އެ ކަން ޔަޤީންކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުވިލާތުން އެންމެ ފުރަތަމަ ބޭނުންކުރި ކެމިކަލެއް ކަމަށްވާ ކްލޮރޯޕިކްރިން ރަޝިޔާއިން މިހާރު ބޭނުންކުރާ ކަމުގެ ތުހުމަތު ފުރަތަމަ ކޮށްފައި ވަނީ އެމެރިކާއިންނެވެ. އެއީ މިިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ކްލޮރޯޕިކްރިންއަކީ މުޒާހަރާތައް ރޫޅާލުމަށް އާންމުކޮށް ބޭނުންކުރާ ގޭސްތަަކަށްވުރެ ގެއްލުން ބޮޑު ކެމިކަލެކެވެ. ކްލޮރޯޕިކްރިންގެ ސަބަބުން ހަންގަނޑަށާއި ލޮލާއި ނޭވާލާ ނިޒާމަށް އުނދަގޫތައް ކުރިމަރިކުރުވައެވެ. އެ ކެމިކަލް ހަށިގަނޑަށް އެތެރެވެއްޖެނަމަ އަނގައާއި ބަނޑު ފިހެއެވެ. އަދި ހޮޑުލަވާގޮތްވުމާއި ހޮޑުލެވުމާއި ނޭވާއަށް އުނދަގޫވުމާއި ނޭވާ ކުރުވުންފަދަ ކަންކަން މެދުވެރިވެއެވެ.
ޔޫކްރެެެއިނުން ވެސް ވަނީ ރަޝިޔާގެ ޙަމަލާތަކުގައި ކެމިކަލް ހަތިޔާރު އެތައް ހާސް ފަހަރެއްގެ މަތިން ބޭނުންކޮށްފައިވާ ކަމަށް ތުހްމަތުކޮށްފައެވެ. އެ ގޮތުން ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން 9،000އަށްވުރެ ގިނަ ޙަމަލާ ރަޝިޔާއިން ދީފައިވާ ކަމަށާއި، އެ ޙަމަލާތަކުގެ ސަބަބުން 1،000އަށްވުރެ ގިނަ މީހުންަނަށް ޒަޚަމްވެ ތިން މީހުން މަރުވެފައިވާ ކަމަށް އެ ޤައުމުން ބުނެއެވެ. ހަނގުރާމައިގެ މައިދާނުގައި ޙަރަކަތްތެރިވާ 2،500އަށްވުރެ ގިނަ ސިފައިންގެ ކިބައިން ކެމިކަލް ހަތިޔާރަށް ހުށެހެޅުމުން ފެންނަ އަލާމަތްތައް ފެނިފައިވާ ކަަމަށް ވެސް އެ ޤައުމުން ބުނެއެވެ.
ރީސިންކް އިތުރަށް ވިދާޅުވީ ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާއިން ދެމުންދާ ޙަމަލާތަކަކީ އެ ކަމަށް ރާވައިގެން، ނިޒާމީ ގޮތަކަށް ދެމުންދާ ޙަމަލާތަކެއް ކަމަށެވެ. އެ ފަދަ ހަތިޔާރު ބޭނުންކުރުމަށް ރަޝިޔާއިން ސިފައިންނަށް ރަސްމީކޮށް އަންގާފައިވާ ކަމަށާއި، އެ ފަދަ ހަތިޔާރު ބޭނުންކުރުމަކީ ރަޝިޔާގެ އަސްކަރިއްޔާއިން ހިންގާ ޙަރަކާތްތަކުގައި ހިމަނާފައިވާ ހަނގުރާމަމަތީ އުކުޅެއް ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. ފުޅިއާއި ބޮކިފަދަ ތަކެއްޗަށް ކްލޮރޯޕިކްރިން އަޅައި ޑްރޯންތަކުގައި އެ ތަކެތި އެލުވައި އެ ގޭސް ދޫކުރަމުންދާ ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ. ރަޝިޔާއިން މި ފަދަ އަމަލުތައް ކުރަމުންދާކަން ދުނިޔެއަށް ހާމަކޮށް ނުދެވޭނަމަ އެ ޤައުމުން އެ ފަދަ ޙަމަލާތައް ދިނުމުގައި ދެމިތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބްރެކެލްމަންސް ވިދާޅުވީ ރަޝިޔާއިން ކެމިކަލް ހަތިޔާރު ބޭނުންކުރުމުން ނުރައްކާ ވަނީ ހަމައެކަނި ޔޫކްރެއިނަށް ނޫން ކަމަށާއި އޭގެ ނުރައްކާ އެހެން ޤައުމުތަކަށް ވެސް އޮތް ކަމަށެވެ. އެހެންކަމުން ރަޝިޔާއާ ދެކޮޅަށް ކުރިމަތިކުރުވާ ފިއްތުންތައް އިތުރުކުރަން ޖެހޭ ކަމަށާއި އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކެމިކަލް ހަތިޔާރު ބޭނުންކުރުން މަނާކުރާ ބައިނަލްއަޤްވާމީ އިދާރާ، އޯޕީސީޑަބްލިއުފަދަ އިދާރާތަކުގެ އެކްސެކެޓިވް ކައުންސިލުން ރަޝިޔާއަށް ޖާގަ ދިނުން ހުއްޓަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަޝިޔާއިން ވަނީ އެ ޤައުމާ ދެކޮޅަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. އެ ޤައުމުން ކެމިކަލް ހަތިޔާރު ބޭނުން ނުކުރާ ކަމަށާއި އެ ފަދަ ހަތިޔާރު ބޭނުންކުރަނީ ޔޫކްރެއިނުން ކަމަށް އެ ޤައުމުން ތުހުމަތުކުރެއެވެ. ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު، މާރިޔާ ޒަޚާރޯވާ ވިދާޅުވީ އެ ޤައުމުގެ ފެޑެރަލް ސެކިއުރިޓީ ސަރވިސްއަށް ޔޫކްރެެއިންގެ ކްލޮރޯޕިކްރިން ހިމެނޭ ގޮވާތަކެތިތަކެއް އެ ޤައުމުގެ އިރުމަތީ ސަރަޙައްދަކުން ފެނިފައިވާ ކަމަށެވެ. ނަމަވެސް ޔޫކްރެއިނުން ވެސް މި ތުހުމަތުތަކަށް ދެކޮޅުހަދައެވެ. 193 މެންބަރު ޤަައުމުގެ މައްޗަށް އެކުލެވޭ އޯޕީސީޑަބްލިޔުއިން މިދިޔަ އަހަރު ވަނީ ރަޝިޔާއާއި ޔޫކްރެއިންއާ ދެ ޤައުމާ ދެކޮޅަށް ކުރެވޭ ތުހުމަތުތަކުގައި މާ ބޮޑު ބުރަދަނެއް ނެތް ކަމަށް ބުނެފައެވެ. އެ ތުހުމަތުތައް ތަހުޤީޤު ކުރުމަށް އެއްވެސް މެންބަރު ޤައުމަކުން ހުށަހަޅާފައި ނުވާ ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރެއެެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
