
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މެލޭޝިޔާގައި ވަޒީފާ އަދާކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް އަމާޒުކޮށް، ސޯޝަލް މީޑިޔާ މެދުވެރިކޮށް ފައިސާ ހޯދުމާއި ދިނީ ހަރުކަށި ފިކުރު ފެތުރުމަށް ހަރަކާތްތެރިވަމުންދިޔަ، ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ އައިއެސްގެ ނެޓްވޯކެއް މެލޭޝިޔާގެ ކަމާބެހޭ އިދާރާތަކުން ހުއްޓުވައިފިއެވެ.
އައިއެސް ފަހަތުގައި އޮވެގެން މެލޭޝިޔާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ދިން ނިރުބަވެރި ޙަމަލާއަށްފަހު، އެ ޖަމާޢަތާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި އެތައް ސަތޭކަ ބަޔަކު މެލޭޝިޔާއިން އޭރު ހައްޔަރުކުރިއެވެ. ނަމަވެސް، އައިއެސް ޖަމާޢަތާ ދެކޮޅަށް ސަރަޙައްދީ ފެންވަރުގައި އެޅި ފިޔަވަޅުތަކާއެކު، ފާއިތުވި އަހަރުތަކުގައި މެލޭޝިޔާއިން ހައްޔަރުކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މެލޭޝިޔާގެ ކާރުޚާނާތަކާއި، ދަނދުވެރިކަމާއި އަދި އިމާރާތްކުރުމުގެ ދާއިރާގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ހަރަކާތްތެރިވާއިރު، ކޮންމެ އަހަރަކުވެސް އެތައް ހާސް ބަންގްލަދޭޝް ރައްޔިތުންނެއް އެ ވަޒީފާތަކަށް މެލޭޝިޔާއަށް ހިޖުރަކުރެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، މެލޭޝިޔާގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް މުޙައްމަދު ޚާލިދު އިސްމާއީލް ވިދާޅުވީ، މިދިޔަ އޭޕްރީލް މަހުން ފެށިގެން ހިންގި އޮޕަރޭޝަންތަކުގައި ބަންގްލަދޭޝްގެ 36 ރައްޔިތުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ އެންމެން ވެސް މެލޭޝިޔާއަށް އައިސްފައި ވަނީ ކާރުޚާނާތަކާއި ކޮންސްޓްރަކްޝަން ފަދަ ދާއިރާތަކުގައި މަސައްކަތް ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ނެޓްވޯކުން އައިއެސްއަށް މެމްބަރުން ހޯދުމަށް، ބަންގްލަދޭޝްގެ އެހެން މަސައްކަތްތެރިންނަށް ޢަމާޒުކޮށްގެން، ސޯޝަލް މީޑިޔާ އާއި އޮންލައިން މެސެޖިން މަންސަތައް ބޭނުންކޮށްގެން، ދީނީ ހަރުކަށި ފިކުރު ފަތުރަމުންދިޔަ ކަމަށް ފުލުހުންގެ ޖާސޫސީ މަޢުލޫމާތާ ޙަވާލާ ދެއްވައި ޚާލިދު ވިދާޅުވިއެވެ.
އަދި ބައިނަލްއަޤްވާމީ ފަންޑް ޓްރާންސްފަރ ޚިދުމަތްތަކާއި އީ-ވޮލެޓް ބޭނުންކޮށްގެން، ސޫރިޔާ އާއި ބަންގްލަދޭޝްގައި ޙަރަކާތްތެރިވާ އައިއެސް ޖަމާޢާތަށް ފޮނުވުމަށް ފައިސާ ހޯދި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް، މި ގޮތަށް ހޯދި ފައިސާގެ ސީދާ އަދަދެއް އޭނާ ހާމަކުރައްވާފައެއްނުވެއެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ނިރުބަވެރި ޖަމާޢަތެއްގައި ބައިވެރިވުމުގެ ދަޢުވާ އުފުލާފައިވާއިރު، 15 މީހަކު ޑިޕޯޓުކޮށްލާނެކަމަށް ޚާލިދު ވިދާޅުވިއެވެ. އަދި އިތުރު 16 މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށާއި، ފުލުހުންގެ އޮޕަރޭޝަން އަދިވެސް ކުރިއަށްދާއިރު، އިތުރު މީހުން ހައްޔަރުކުރެވޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚާލިދު ވިދާޅުވީ، މި ނެޓްވޯކުގައި ޖުމްލަ 100 އާއި 150 އާ ދެމެދުގެ ޢަދަދަކަށް މީހުން ޝާމިލްވާ ކަމަށް ޝައްކު ކުރެވޭ ކަމަށެވެ. “މީގައި ކުޑަކޮށް ޝާމިލުވާ މީހުން އަނބުރާ އެ މީހުންގެ ޤައުމަށް ޑިޕޯޓް ކުރެވޭނެ. އަދި ފުޅާ ދަޢުރެއް އަދާ ކުރި މީހުންގެ މައްޗަށް މެލޭޝިޠާގެ ޤާނޫނުތަކުގެ ދަށުން ދަޢުވާ ކުރެވޭނެ،” އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
