
ވޮލީބޯލް އެކެޑަމީ އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރިސޯޓް ވޮލީ ލީގުގެ ސައުތު މާލޭ ޒޯން ފަށައިފިއެވެ. ސަން ސިޔާމް އޮޅުވެލި މޯލްޑިވްސްއިން ހޯސްޓުކުރާ މި މުބާރާތް ފެށުމުގެ ގޮތުން ފުރަތަމަ ކުޅުނު މެޗުގައި ބައްދަލުކުރީ ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް އާއި ކަނޑޫމާ ރިސޯޓެވެ. މި ދެ ޓީމު ބައްދަލުކުރި މެދު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ސަން ސިޔާމް އޮޅުވެލިންނެވެ. ސައުތު މާލެ ޒޯންގެ މުބާރާތް ކުރިޔަށްދާނީ މިމަހުގެ 10 އަކާއި ހަމަށެވެ. ސައުތު މާލެ ޒޯންގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތު އޮޅުވެލީގައި ބޭއްވިއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުއްރައްޒާޤު އިބްރާހީމެވެ.
މިރަސްމިއްޔާތުގައި ސަން ސިޔާމް އޮޅުވެލީގެ ޖެނެރަލް މެނޭޖަރ ހަސަން އާދިލް އާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ދެ ނައިބުން ކަމުގައިވާ އަޙްމަދު މުންތަގިމް އާއި އަޙްމަދު އިސްމާޢީލް އަދި އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ ތަމޫހު އަޙްމަދު ސައީދާއި، ވޮލީބޯލް އެސޯސިއޭޝަންގެ ނައިބު ރައީސް އާއިދާ އަބުދުލް ހަކީމް އާއި އެސޯސިއޭޝަންގެ ބައެއް އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.

ސައުތު މާލޭ ޒޯންގައި މިއަހަރު ވާދަކުރާ ރިސޯޓްތަކަކީ އޮޅުވެއްޔާ ކަނޑޫމާ މޯލްޑިވްސްގެ އިތުރުން ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓާއި އަމިއްލަ މޯލްޑިވްސްއެވެ. މި މުބާރާތުގެ ދެވަނަ މެޗު އޮންނާނީ މިމަހުގެ 8 ގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ވަލްޑޯޕް އެސްޓޯރިއާ އިތާ ފުއްޓާއި ކަނޑޫމާ މޯލްޑިވްސްއެވެ. ރިސޯޓް ވޮލީ ލީގުގައި ޖުމްލަ 17 ޓީމަކުން ބައިވެރިފައިވެއެވެ. މިއީ ހަމައެކަނި ރިސޯޓުތަކުގެ މުވައްޒަފުންނަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމުކޮށްފައިވާ މުބާރާތެކެވެ. ސައުތު މާލޭ ޒޯންގެ މެޗުތަކަށްފަހު ދެން އޮނާނީ ނޯތް މާލޭ ޒޯނުގެ ރިސޯޓުތަކުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ މުބާރާތެވެ. އެ މުބާރާތް އޮންނާނީ އޮގަސްޓްގައެވެ.
މިދިޔަ އަހަރު ރިސޯޓް ވޮލީ ލީގު ބޭއްވީ ދެ ޒޯނެއްގައެވެ. އެއީ ބ އަދި މާލެޒޯނެވެ. މިދިޔަ އަހަރު މި މުބާރާތުގައި ބައިވެރިވީ 9 ރިސޯޓަކުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
