
މިދިޔަ މަހުގެ 26 ވަނަ ދުވަހު ފެށި ޖޫނިއަރ ގައުމީ ކެރަމް މުބާރާތުގެ 19 އަހަރުން ދަށުގެ އުމުރުފުރާގެ މެޗުތަކާއެކު، މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މުޅިން އަލަށް އިންތިޒާމުކޮށްގެން ބޭއްވި މިމުބާރާތަކީ ދެ އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. މިއީ 15 އަހަރުންދަށާއި، 19 އަހަރުން ދަށުގެ އުމުރުފުރާ ހިމެނޭހެން ސިންގަލްސް އަދި ޑަބަލްސް އިވެންޓުތައް ހިމެނޭހެން ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. ޖޫނިއަރ ގައުމީ ކެރަމް މުބާރާތުގެ 19 އަހަރުން ދަށުގެ އުމުރުފުރާއިން ފިރިހެން ކުދިންގެ ސިންގަލްސް ބައިން އެއްވަނަ ހޯދީ މީކާއިލް ބިން މަދަދުﷲ އެވެ. މީކާއިލްއަށް މި އުމުރުފުރާގެ އެއްވަނަ ލިބުނީ އަޒްލާން އައުޒަލް ވާދަކޮށް 2-1 ސެޓުން މެޗު ކާމިޔާބުކުރުމުންނެވެ. މިމެޗު މީކާއިލް ހޯދާފަވަނީ 25-06، 09-25 އަދި 17،16 އިންނެވެ. މި އުމުރުފުރާގެ ދެވަނަ އަޒްލާން ހޯދާފަވާއިރު ތިންވަނަ ލިބިފަވަނީ އަހުމަދު ޝަމާލް ސައުދުﷲ އަށެވެ.
މިމުބާރާތުގެ ސިންގަލްސް އަންހެން މެޗުތަކަށް ބަލާއިރު، އާއިޝަތު މަންޝާ ވަނީ ސީދާ ދެ ސެޓުން އާއިޝަތު އަލީޝާ ބަލިކޮށް މިބައިގެ އެއްވަނަ ހޯދާފައެވެ. މަންޝާ މިމެޗު ކާމިޔާބުކުރީ 19،13 އަދި 25-06 އިންނެވެ. މި ކެޓެގެރީގެ ދެވަނަ އަލީޝާ ހޯދާފަވާއިރު، ތިންވަނަ ލިބުނީ އިންޝާ އިކުލީލް އައްބާސްއަށެވެ. ޖޫނިއަރ ގައުމީ ކެރަމް މުބާރާތުގެ 19 އަހަރުންދަށުގެ އުމުރުފުރާގެ ޑަބަލްސް އިވެންޓުތަކަށް ބަލާއިރު، ފިރިހެން ބައިން އެއްވަނަ ހޯދާފަވަނީ މީކާއިލް ބިން މަދަދުﷲ އާއި މުޙައްމަދު ޒީހާންގެ ޕެއާރއިންނެވެ. އަދި ދެވަނަ އަލީ އަހުކަމް އާދަމް އަދި އަހުމަދު މައިޝާންގެ ޕެއާރއިން ހޯދިއިރު، ތިންވަނަ ގެންދިއައީ އަޙްމަދު ނައިސަމް އަދި މީކާލް މުބާހް މުޙައްމަދުގެ ޕެއާއިންނެވެ.
މި އުމުރުފުރާގެ އަންހެން ޑަބަލްސް ކެޓެގެރީން އާމިނަތު ކައިސާ ބިންތި އަބްދުﷲ އަދި އިންޝާ އިކުލީލް އައްބާސްގެ ޕެއާރ އެއްވަނަ ހާސިލް ކުރިއިރު، އާމިނަތު އިލްހާ ނިޔާޒް އަދި ޒުލައިޚާ ލީން ހުސައިންގެ ޕެއާރއިންވަނީ ދެވަނަ ހޯދާފައެވެ. އަދި މި ކެޓެގެރީގެ ތިން ވަނަ ހޯދީ އާއިޝަތު ރީމް އަދި ޒިއުނާ ބިންތި ނަޝީދުގެ ޕެއާރއިންނެވެ. މިމުބާރާތުގައި ޖުމްލަ 146 ކުއްޖަކު ވާދަކުރިއިރު، އެއީ 15 އަހަރުންދަށުގެ އުމުރުފުރާގައި 84 ކުއްޖަކާއި އަދި 19 އަހަރުންދަށުގެ އުމުރުފުރާގައި ވާދަކުރި 65 ކުއްޖެކެވެ. މިދިޔަ ޖޫންމަހުގެ 29 ވަނަ ދުވަހު ފެށި ޖޫނިއަރ ގައުމީ ކެރަމް މުބާރާތުގެ ކުޅުން ކުރިއަށް ގޮސްފަވަނީ ހުޅުމާލޭ ކެރަމް އެރީނާގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
