
ލިވަޕޫލްއަށް ކުޅެމުން އައި ޕޯޗުގަލް ފޯވާޑް ޑިއޯގޯ ޖޮޓާ ބުރާސްފަތި ވަނީ ކާރު އެކްސިޑެންޓެއްގައި މަރުވެފައެވެ. އޭނާ މަރުވީ ކުޑައިރުއްސުރެ ލޯބިވެރިޔާ ރުޓޭއާ ކައިވެނިކުރިތާ ހަފުތާއެއް ފަހުންނެވެ. މި ދެ މީހުންނަށް ވަނީ ތިން ކުދިން ލިބިފައެވެ. ހުސްވި ސީޒަންގެ އިނގިރޭސި ޕްރިމިއަރ ލީގު ލިވަޕޫލް ކާމިޔާބުކުރުމުން ޖޮޓާ ވަނީ ތައްޓާއެކު ކުދިން ގޮވައިގެން އެންފީލްޑްގައި ބޯޅަ ކުޅެ އުފާފާޅުކޮށްފައެވެ. އޭގެ ފަހުން އޭނާ ދިޔައީ ޗުއްޓީ އަށެވެ. އުފަން ގައުމު ޕޯޗުގަލްގައި ކައިވެނީގެ ހަފުލާ ބޭއްވި އެވެ. ޕޯޗުގަލްގެ މީޑިއާތަކުން ބުނާ ގޮތުގައި މިއަށް ވުރެ ކުރިން އޭނާ އޮޕަރޭޝަނެއް ކުރި ކަމަށެވެ. އެއީ ފުއްޕާމޭގެ އޮޕަރޭޝަނެކެވެ. ޖޮޓާ އަކީ ނޭވާ ހިއްލުމުގައި އުނދަގޫ ތަހައްމަލް ކުރާ މީހެކެވެ.

ފްލައިޓްގައި ދަތުރުކުރާއިރު ބައެއް ފަހަރު އޭނާ އަށް ނޭވާ ހާސްވުމުގެ އުނދަގޫތަކާ ކުރިމަތިވެ އެވެ. މިހެންވެ އޮޕަރޭޝަނަށް ފަހު ޑޮކްޓަރުން އޭނާ އަށް އަންގާފައި އޮތީ ދުވަސްކޮޅަކަށް ފްލައިޓް ދަތުރު ނުކުރުމަށެވެ. އުމުރުން 28 އަހަރުގެ ޖޮޓާ އާއި އޭނާގެ ކޮއްކޮ އަންދްރޭ ސިލްވާ ކާރުގައި ޕޯޗުގަލްއިން ސްޕޭނަށް ދަތުރުކުރީ މިހެންވެ އެވެ. އެ ދެ މީހުން މަސައްކަތް ކުރީ އިއްޔެ ރޭ ފަތިހު ސްޕޭނުގެ ވެރިރަށް މެޑްރިޑުން ފުރައިގެން އިނގިރޭސިވިލާތުގެ ލަންޑަނަށް ދާ ފެރީ އަކުން ޖާގަ ހޯދުމަށެވެ. ސްޕޭނުގެ ޒަމޯރާ ކިޔާ އަވަށު ތެރޭގައި ބާރު ސްޕީޑުގައި ކާރު ދުއްވަމުންދިޔައީ ފަތިހު ހަތަރެއް ޖަހާއިރު ފުރާ ފެރީ ކަޓާފާނެތީ އެވެ. ލަންޑަނަށް ދާން ޖޮޓާ ބޭނުންވީ ހޯމަ ދުވަހު ލިވަޕޫލްގެ ފަރިތަކުރުންތައް ފަށާތީ އެވެ. ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް އަންގާފައި އޮތީ ޗުއްޓީ ނިންމައި ވަޒީފާ އަށް ނުކުތުމަށެވެ.

އެކަމަކު އަންނަ އަހަރުގެ ވޯލްޑް ކަޕް ޕޯޗުގަލް ޖާޒީގައި ކާމިޔާބު ކުރަން އަޒުމް ކަނޑައަޅައިގެން ހުރި ކުޅުންތެރިޔާގެ ހުރިހާ އުއްމީދެއް އަޅިއަށް ވެގެންދިޔައީ އެ މަގުން ދުއްވި އެހެން ކާރެއް އޯވަ ޓޭކް ކުރަން އުޅެނިކޮށް ފުރޮޅު ނައްޓައިގެން ގޮސް ދުވެލި މަތަ ނުކުރެވުމުންނެވެ. އެވަގުތު ކާރުގެ އިންޖީރުގައި ރޯވެ ޖޮޓާ އާއި އޭނާގެ ކޮއްކޮ އަށް ސަލާމަތް ނުނެވުނީ އެވެ. ސްޕޭނުގެ އިމަޖެންސީ ސާވިސް އިރުކޮޅެއް ފަހުން އެ ހާދިސާ ހިނގި ތަނަށް ދިޔަ ނަމަވެސް އެ މީހުންނަށް ވެސް މީހުން ސަލާމަތް ކުރާނެ ވަގުތު ނުލިބި އަނދައި އަޅިއަށްވެ ކުދިކުދިވީ އެވެ. ކާރު ދުއްވަން އިނީ ކާކު ކަމެއް ވެސް ނޭނގުނެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޖޮޓާމެން ދުއްވި ލަމްބޯޖިނީ ކާރު އޮތީ ފަށްފަށް ޖެހިފަ އެވެ. މުޅިންހެން އަދައި ކަޅު ދެލި އަރައިފަ އެވެ. ޖޮޓާ އާއި އޭނާގެ ބޭބެގެ އަޅިއަށް ވެފައިވާ ހަށިގަނޑުގެ ބައިތައް ނަގައި މޯޗަރީގައި ބޭއްވުމަށްފަހު މިހާރު ވަނީ ޖަނާޒާ ބާއްވަން އާއިލާއާ ހަވާލުކޮށްފަ އެވެ. ޖަނާޒާ އޮންނާނީ މާދަމާ ޕޯޗުގަލްގައި ޖޮޓާގެ އާއިލާ އާއި ގާތްތިމާގެ މީހުންނާއެކުގައި އުފަން އަވަށުގަ އެވެ. ޖޮޓާ އަކީ ލިވަޕޫލްގެ ލެޖެންޑެކެވެ. ދެ ފަހަރު ޕްރެމިއާ ލީގާއި ކަރަބޯ ކަޕް ކާމިޔާބު ކުރި އެވެ. އެފްއޭކަޕް އެއް ފަހަރު ކާމިޔާބު ކުރި އެވެ. 2021 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކުރީ ލިވަޕޫލްގަ އެވެ. ޕޯޗުގަލް އަށް ނޭޝަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްދިނެވެ. ޕޯޗުގަލްގެ ގައުމީ ފެޑަރޭޝަނުން ބުނީ ޖޮޓާ ނެތަސް ކޮންމެ ދުވަހަކީ ވެސް އޭނާގެ ހަނދާންތައް އާވެ، ޒިކުރާ އާކުރެވޭނެ ދުވަހެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
މޭޔަރު އާޒިމް “މީޑިއާ ސްޓަންޓް” ނުޖައްސައި ލިޔުމުން މުއާމަލާތްތައް ކުރައްވަން މިނިސްޓަރު މުއްތަލިބް އެދިވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭ މޭޔަރު އާދަމް އާޒިމް ދައްކަވާ ވާހަކަތަކުގައި ހަގީގަތް އޮޅުވާލައްވާ ކަމަށް ވިދާޅުވެ، މީގެފަހުން މޭޔަރާ އެކު ކުރާ ހުރިހާ...
މާލޭގެ ރައްޔިތުންގެ ތަރައްޤީއަށް ހުރަސްއެޅުމުގެ ފުރަތަމަ ބޮޅު: މަސް މާރުކޭޓު އަޅާ ބިން ހަވާލުނުކުރަން ކައުންސިލުން ނިންމައިފި!
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭގެ އާ މަސް މާރުކޭޓު އެޅުމަށް ކަނޑައަޅާފައިވާ ބިން، ގާނޫނީ އިމުގެ ތެރެއިން ނޫނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުނުކުރުމަށް މާލޭ...
ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދެމެހެއްޓުމުގައި ފަތުރުވެރިކަން ކުރިއެރުމުގެ ދައުރު ބޮޑު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް) ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމުގައި ފަތުރުވެރިކަމުގެ ސިނާޢަތް މުހިންމު ދައުރެއް އަދާކުރާ ކަމަށް އައިއެމްއެފްއިން ފާހަގަކޮށްފިއެވެ. އެ އިދާރާއިން ނެރުނު ރިޕޯޓެއްގައިވާ...
މޭ މަހު ދަޅު މަސް ބޭރުކުރި މިންވަރު އިތުރު
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މޭ މަހު ރާއްޖެއިން ވަނީ 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. މީގެ ތެރެއިން އެންމެ...
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓްރަމްޕްގެ އިންޒާރު އީރާނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ތާރީޚީ އެއްބަސްވުމެއްގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލައި 60 ދުވަހުގެ...
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
