
ކާރު އެކްސިޑެންޓެއްގައި މަރުވި ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޖޮޓާގެ ހަނދާނުގައި ލިވަޕޫލްއިން ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފިއެވެ. ރެއިން ފެށިގެން ކުރިއަށް އޮތް ތިން ދުވަހަށް މި ދަފަތަރުގައި އާއްމުންނަށް ލިވަޕޫލްގެ ދަނޑަށް ގޮސްގެންނާއި އޮންލައިންކޮށް ސޮއިކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އުމުރުން 28 އަހަރުގެ ޖޮޓާގެ ޖަނާޒާ ބާއްވަން ނިންމާފައިވަނީ ޕޯޗުގަލްގައި އޭނާގެ އާއިލާގެ މެމްބަރުންނާއެކު މިއަދު ހެނދުނު 10 ޖަހާއިރު އެވެ. އޭނާގެ ހަށިގަނޑު ސްޕޭނުގެ މެޑްރިޑުން ކާރުގައި ޕޯޗުގަލް އަށް ގެންދިޔައީ އިއްޔެގެ ވަގުތެއްގަ އެވެ.
ޖޮޓާ އާއި އޭނާގެ ކޮއްކޮ އަންދްރޭ މަރުވީ ސްޕޭނުގެ ސްޕޭނުގެ ވެރިރަށް މެޑްރިޑާ ގާތުގައިވާ ޒަމޯރާ ކިޔާ އަވަށެއްގައި ބާރު ސްޕީޑްގައި ކާރު ދުއްވަނިކޮށެވެ. މި އެކްސިޑެންޓްގައި އޭނާ ދުއްވި ލަންބޯޖިނީ ކާރު އެކްސިޑެންޓްވީ އޯވަޓޭކް ކުރަން އުޅެނިކޮށް ކާރުގެ ފޮރުޅު ނެއްޓުމުން ކޮންޓްރޯލް ނުވެ ގޮހެވެ. ސްޕޭނުގެ ކަމާބެހޭ ފަރާތްތަކުން ބުނަނީ ކާރުގެ އިންޖީރުގައި ރޯވެ ޖޮޓާ އާއި އޭނާގެ ކޮއްކޮގެ ހަށިގަނޑު ވަނީ މުޅިން ހެން އަދައި އަޅިއަށް ވެފައި ކަމަށެވެ. ޖޮޓާ މަރުވުމުން ލިވަޕޫލާއި ދުނިޔޭގެ ފުޓްބޯޅަ އާއިލާއިން ދަނީ ހިފެހެއްޓުމެއްނެތި ތައުޒިޔާ ކިޔަމުންނެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 28 އަހަރުގެ ޖޮޓާ މަރުވީ އޭނާގެ ކައިވެނި ހަފުތާ ބޭއްވިތާ އެއް ދުވަސް ފަހުންނެވެ. އަދި އިއްޔެ ނޫން ކުރީ ދުވަހު އޭނާގެ އަންހެނުން ވަނީ ކައިވެނީގެ ހާއްސަ ފޮޓޯޓަކަކާއި ވީޑިއޯއެއް ވެސް އާއްމުކޮށްފަ އެވެ. ޖޮޓާ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް 49 މެޗުން 14 ގޯލު ޖަހައިދީފަ އެވެ. އަދި އޭނާ ވަނީ 2020 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވެ އެ ކުލަބުގެ ގިނަ ކާމިޔާބީތަކުގައި ހިއްސާވެފަ އެވެ. އަދި 123 މެޗުން ވަނީ 47 ގޯލު ޖަހައިދީފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
