
ލިވަޕޫލް އަށް ކުޅެމުންދާ ކޮލަމްބިއާގެ ފޯވަޑް ލުއިޒް ޑިއާޒް ހޯދުމަށް ޖަރުމަނުގެ ބަޔާން މިއުނިކް އިން ހުށައެޅި ހުށައެޅުމަށް ލިވަޕޫލް އިން ނޫނެކޭ ބުނެފި އެވެ. އުމުރުން 28 އަހަރުގެ ޑިއާޒް ހޯދުމަށް ބަޔާންގެ ހުށައެޅުމަށް ނޫނެކޭ ބުނެ ބަޔާންގެ ޑިރެކްޓަރ އޮފް ސްޕޯޓްސް މެކްސް އެބަރ އަށް ޑިއާޒް އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް އަންގާފައިވާ ކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ. ބަޔާން މިއުނިކް އިން ޑިއާޒް ހޯދުމަށް މަސައްކަތް ކޮށްފައިވާއިރު މިދިޔަ ސީޒަނުގައި ސައުދި އަރަބިއްޔާގެ ކްލަބްތަކުގެ އިތުރުން މެންޗެސްޓަރ ސިޓީ އިން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި މި ފަހަރު ބާސެލޯނާއިން ޑިއާޒް ހޯދުމަށް ލިބުނު ހުށައެޅުންވެސް ލިވަޕޫލް އިން ވަނީ ދޫކޮށްލާފަ އެވެ.
2022 ވަނަ އަހަރު ޕޯޗުގަލްގެ ޕޯޓޯ އިން ލިވަޕޫލް އާއި ގުޅުނު ޑިއާޒް އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުމުގައި އަދިވެސް ބާކީ ދެ އަހަރު އެބައޮތެވެ. މިދިޔަ ސީޒަނުގައި ލިވަޕޫލްގެ އިތުރުން ކޮލަމްބިއާގެ ގައުމީ ޓީމަށް ކުޅުނު މެޗުތަކުގައި ޑިއާޒް ވަނީ ޖުމްލަ 22 ލަނޑު ޖަހާފަ އެވެ. އޭގެ ތެރެއިން އިނގިރޭސި ޕްރިމިއާ ލީގު ލިވަޕޫލް އިން ކާމިޔާބުކުރިއިރު އޭނާ ވަނީ 13 ލަނޑު ޖަހާ ހަތް ލަނޑު ޖަހަން ފުރުސަތުތަނަވަސްކޮށްދީފަ އެވެ.
ލިވަޕޫލް އިން ޕްރިމިއާ ލީގުގެ ތަށި ދިފާއުކުރަން ނިކުންނައިރު އެ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ނެދަލޭންޑްސްގެ ގައުމީ ޓީމަށް ކުރިން ކުޅުނު ޖިއޮވާނީ ވެންބްރޮންކޮސްޓް ވަނީ ހަމަޖައްސާފަ އެވެ. ވެންބްރޮންކޮސްޓް ވަނީ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ޕްރިމިއާ ލީގުގެ އާސެނަލް އަށް ކުރިން ކުޅެފަ އެވެ. އަދި ރޭންޖާރސް އާއި ބެސިކްޓާސްގެ އިތުރުން ފެނޫޑް އަށް ކޯޗުކޮށްދީފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
