
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ދެކުނު ކޮރެއާގައި ކުރިއަށްދާ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ، ސެމީގެ ޖާގަ ކަށަވަރުކޮށްފިއެވެ. މިމުބާރާތުގައި ރާއްޖޭގެ ޓީމުން ވާދަކުރަމުން އަންނަނީ ގްރޫޕް ބީ ގައެވެ. މިހާތަނަށް މި މުބާރާތުގައި ރާއްޖޭގެ ޓީމުން ފަސް މެޗެއް ކުޅެފަވާއިރު ހަމައެކަނި ބަލިވެފަ ވަނީ ޕާކިސްތާނު އަތުންނެވެ. އެމެޗު ޕާކިސްތާނުން ގެންގޮސްފަވަނީ 49-39 ގެ ކުޑަ ފަރަގަކުންނެވެ. އެހެންނަމަވެސް ދެން ވާދަކުރި ހުރިހާ މެޗެއްވެސް ރާއްޖެއިން ވަނީ ފަސޭހަކަމާއެކު ނަގާފައެވެ.
މިގޮތުން ޗައިނީޒް ޓައިޕޭއާ ވާދަކުރި މެޗު 51-26 އިން ރާއްޖޭގެ ޓީމު ވަނީ ކާމިޔާބުކޮށްފައެވެ. އެއަށްފަހު 59-32 ގެ ތަފާތަކުން ޖަޕާން ބަލިކުރުމަށްފަހު 73-20ގެ ބޮޑު ތަފާތަކުން ރާއްޖޭގެ ގައުމީ ޓީމުން ވަނީ ސައުދީ ޓީމުވެސް ބަލިކޮށްފައެވެ. އަދި ކޮރެއާ އާއި ބައްދަލުކުރި މެޗު 129-03 ގެ ބޮޑު ފަރަގަކުން ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. އޭޝިއާގެ ގައުމުތައް ދެ ފަޅިއަކަށް ބަހާލައިގެން، މި މުބާރާތް ކުރިއަށްގެންދާއިރު އޭގެ ތެރެއިން ގްރޫޕް އޭ ގައި ހިމެނެނީ ރޭންކިންގެ އެންމެ މަތީ ހަ ގައުމެވެ. އެ ގައުމުތަކުން ވާދަކުރާނީ ލީގު ޗެމްޕިއަންކަމަށެވެ. އެއީ އިންޑިއާ، ސްރީ ލަންކާ، ސިންގަޕޫރު، މެލޭޝިއާ، އަދި ހޮންގކޮންގ އެވެ..
ރާއްޖެ ހިމެނޭހެން އަނެއް ހަ ގައުމު އޮތް ގްރޫޕް ބީ އިން މިމުބާރާތުގައި ވާދަކުރަނީ ކަޕް ޗެމްޕިއަންކަމަށެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ސައޫދީ އަރަބިއްޔާ، ޕާކިސްތާން، ދެކުނު ކޮރެއާ، ޗައިނީސް ޓައިޕޭ، އަދި ޖަޕާނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
