
(ފޮޓޯ ކްރެޑިޓްސް: ވަން ގޭމް)
ކުޅިވަރު ވުޒާރާއާއި ވަން ގޭމް ގުޅިގެން ހުޅުމާލޭގައި ކުރިޔަށް ގެންދާ އިންޓަރ އޮފީސް ބީޗް ހޭންޑްބޯލް ޗެލެންޖްގެ އަންހެން ޑިވިޝަނުގެ ފައިނަލުގެ ޖާގައެއް ސްޓެލްކޯއިން ހޯދައިފިއެވެ. ރޭ ކުޅުނު ސެމީ ފައިނަލްގައި ސްޓެލްކޯ ފައިނަލުގެ ޖާގަ ކަށަވަރުކުރީ 2-1 ން އެމްޕީއެލް ބަލިކުރުމަށްފަހުއެވެ. ދެޓީމުން ވަރަށް ވާދަވެރި ކުޅުމެއް ދެއްކި މި މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ 19-13 ސްޓެލްކޯއެވެ. ދެވަނަ ސެޓްގައި ކުޅުން ރަނގަޅުކޮށް ހަލުވި ޕާސްތަކާއެކު 20-9 ގެ ބޮޑު ތަފާތަކުން ގެންދިޔައީ އެމްޕީއެލުންނެވެ. ދެ ޓީމު އެއްވަރު ވުމުން ނަތީޖާ ނެރުނީ ޝޫޓްއައުޓް ސެޓެއް ކުޅެގެންނެވެ. މި ސެޓު ވަރަށް ހަނި ފުރުސަތަކުން އެންމެ ޕޮއިންޓެއްގެ ލީޑަކާއި އެކު ކާމިޔާބުކުރީ ސްޓެލްކޯއިންނެވެ.
އިންޓަރ އޮފީސް ބީޗް ހޭންޑްބޯޅަ ޗެލެންޖްގެ އަންހެން ޑިވިޝަނުގެ ސެމީއަށް ސްޓެކްލޯ ދަތުރުކުރީ 2-0 ގެ ނަތީޖާއަކުން ކުޅިވަރު ވުޒާރާގެ ޓީމު ބަލިކޮށްގެންނެވެ. މިއަދު މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުން 12 ޓީމަކުން ވާދަކުރެއެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
