
ޖޫނިއާ ގައުމީ ކެރަމް މުބާރާތުގެ 15 އަހަރުންދަށުގެ އުމުރުފުރާގެ މެޗުތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މުބާރާތަކީ ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މުޅިން އަލަށް އިންތިޒާމުކޮށްގެން ބޭއްވި މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ދެ އުމުރުފުރައަކަށް ބަހާލައިގެންނެވެ. މިއީ 15 އަހަރުންދަށާ، 19 އަހަރުން ދަށުގެ އުމުރުފުރާ ހިމެނޭހެން ސިންގަލްސް އަދި ޑަބަލްސް އިވެންޓުތައް ހިމެނޭހެން ދެ ޖިންސުގެ ކުދިންނަށް ކުރިއަށް ގެންދިޔަ މުބާރާތެކެވެ. ޖޫނިއާ ގައުމީ ކެރަމް މުބާރާތުގެ 15 އަހަރުންދަށުގެ އުމުރުފުރާއިން ފިރިހެން ކުދިންގެ ސިންގަލްސް ބައިން އެއްވަނަ ހޯދީ އަޒްލާން އައުޒަލްއެވެ. އަދި އިސްމާއިލް ޝަމްހާން ޝާހު ދެވަނަ ހޯދިއިރު، ތިންވަނައަށް ދިޔައީ އަލީ އަހްކަމްއެވެ.
މި އުމުރުފުރާގެ އަންހެންކުދިންގެ ތެރެއިން އެއްވަނަ އާއިޝަތު ރީމް ހޯދިއިރު، ދެވަނަ އަށް ދިޔައީ ހާޖަރު ބިންތި މުހަންމަދު ތައުފީޤް އަލީއެވެ. އަދި ތިންވަނަ ހާސިލްކުރީ ޒިއުނާ ބިންތި ނަޝީދެވެ. ޖޫނިއާ ގައުމީ ކެރަމް މުބާރާތުގެ 15 އަހަރުންދަށުގެ އުމުރުފުރާގެ ޑަބަލްސް އިވެންޓުތަކަށް ބަލާއިރު، ފިރިހެންކުދިންގެ ބައިން އެއްވަނަ ހޯދާފައިވަނީ ޢަބްދުﷲ ކިޔާން ބިން ޝާޒް އަދި ޒާހިލް ޒާލިފް އަހުމަދުގެ ޕެއާރއެވެ. އަދި ދެވަނަ ޢަބްދުލް މަލިކު ހަސަން ޢަބްދުއްލަތީފްގެ ޕެއާރއިން ހޯދިއިރު، ތިންވަނަ ގެންދިޔައީ އަޒްލާން އައުޒަލް އަދި ޔޫސުފް އިޒްކާންގެ ޕެއާރއެވެ.
މިއުމުރުފުރާގެ އަންހެން ކުދިންގެ ޑަބަލްސް އިވެންޓުން އެއްވަނަ ހޯދީ ޢާއިޝަތު އަލީޝާ ނާފިއު އަދި ޒިއުނާ ބިންތި ނަޝީދުގެ ޕެއާރއިންނެވެ. ދެވަނަ ސޯފިޔާ ސުނާން ޝާކިރު އަދި ސޯފިއާ ނައުރާ ޝިފާއު ގެ ޕެއާއިން ގެންދިޔައިރު، ތިންވަނަ ލިބިފައިވަނީ އާއިޝަތު ރީމް އަދި ފާތިމަތު ޒާޝް ޒިޔާދުގެ ޕެއާއަށެވެ. މިމުބާރާތުގައި ޖުމްލަ 146 ކުއްޖަކު ބައިވެރިވިއެވެ. އެއީ 15 އަހަރުންދަށުގެ އުމުރުފުރާގައި 84 ކުއްޖަކާއި އަދި 19 އަހަރުންދަށުގެ އުމުރުފުރާގައި ވާދަކުރި 65 ކުއްޖެކެވެ. ޖޫނިއާ ގައުމީ ކެރަމް މުބާރާތުގެ 19 އަހަރުންދަށުގެ އުމުރުފުރާގެ މެޗުތަކުގެ ކުޅުން އަދިވެސް ދަނީ ކުރިއަށެވެ. މިމެޗުތައް ކުރިއަށްދަނީ ހުޅުމާލޭ ކެރަމް އެރީނާގައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
