
(ފޮޓޯ ކްރެޑިޓްސް: އޭޕީ)
އިލެކްޓްރިކް ކާރު އުފެއްދުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ ޓެސްލާގެ މާކެޓް ބޮޑުތަނުން ދަށަށް ގޮސްފައިވާކަމަށް ރިޕޯޓްކޮށްފިއެވެ. އިލެކްޓްރިކް ކާރުތަކުގެ މާކެޓުގައި ޓެސްލާގެ ޑިމާންޑު ވެއްޓުނީ ވާދަވެރި ބާޒާރެއް އޮވެފައި ކުންފުނީގެ ސީއީއޯ އީލޮން މަސްކްގެ ސިޔާސީ ހަރަކާތްތަކާ ގުޅިގެން އޭނާއަށް އަމާޒުވެފައިވާ ފާޑުކިޔުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ޓެސްލާއިން އިއްޔެ ހާމަކުރި ރިޕޯޓެއްގައިވާ ގޮތުން، މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުނިން ޖުމްލަ 384,122 އުޅަދު ޑެލިވަރީކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 13.5 އިންސައްތަ ދަށް އަދަދެކެވެ. މި އަދަދުތައް މާލީ ތަޖުރިބާކާރުން ކުރިން ކޮށްފައިވާ އަންދާޒާތަކާ ގާތްކުރެއެވެ.
ދުނިޔޭގެ މާކެޓުގައި ޓެސްލާ ކުރިން ކުރީގައި އޮތް ނަމަވެސް، މިހާރު އިލެކްޓްރިކް އުޅަދުފަހަރުގެ ބާޒާރުގައި ވާދަވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ބީވައިޑީ އަދި އެހެނިހެން އަގުހެޔޮ ޗައިނާގެ ކުންފުނިތަކުގެ އިތުރުން، ޖެނެރަލް މޯޓާޒް، ޓޮޔޯޓާ އަދި ވޮކްސްވޭގަން ފަދަ ކުރީއްސުރެ އުޅަދު އުފައްދާ ހުޅަނގުގެ ކުންފުނިތަކުންވެސް އިލެކްޓްރިކް އުޅަދުފަހަރު އުފައްދައި، ބާޒާރަށް ނެރެމުންދެއެވެ. އިލެކްޓްރިކް ކާރިތަކަށް ހުރި ޑިމާންޑް ދަށަށް ދިއުމުގެ ސަބަބުތަކުގެ ތެރޭގައި ޓެރިފް އާއި އެމެރިކާގައި އިލެކްޓްރިކް އުޅަދުފަހަރަށް ދެމުންދިޔަ ޓެކްސް ކްރެޑިޓް ނިމުމަކަށް އަންނަން ކައިރިވުން ހިމެނެއެވެ. ވޮލްވޯއިން އިއުލާންކުރި ގޮތުން، ޖޫން މަހު އެ ކުންފުނީގެ ފުލީ އިލެކްޓްރިކް ވިޔަފާރި ވަނީ 26 އިންސައްތަ ދަށަށް ގޮސްފައެވެ. ރިވިއަންގެ ވިއްކުންވެސް މަދުވެފައިވާއިރު، އެ ކުންފުނިން ބުނީ މިދިޔަ އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު 22.7 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ.
އިއްޔެއިން ފެށިގެން ޓެސްލާގެ ސްޓޮކް މައްޗަށް ދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިއްޔެ ސްޓޮކް 4.73 އިންސައްތަ މައްޗަށް ގޮސްފައި ވިޔަސް، ފާއިތުވި ފަސް ދުވަހުގެ ތެރޭގައި 3.02 އިންސައްތަ ދަށަށް ގޮސްފައިވެއެވެ. މަސްކްގެ ސިޔާސީ ހަރަކާތްތައް، ހާއްސަކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 2024 ވަނަ އަހަރުގެ ކެމްޕޭނަށް 270 މިލިއަން ޑޮލަރަށްވުރެ ގިނައިން ހަދިޔާކޮށް، ޓްރަމްޕަށް ކެމްޕޭން ކޮށްދިނުމުން، ޓެސްލާއަށް ބޮއިކޮޓްތަކާއި މުޒާހަރާތަކުގެ އަމާޒަކަށް ވެފައިވެއެވެ. މިކަންކަމުގެ ސަބަބުން ޓެސްލާގެ ވިޔަފާރިއަށް ވަނީ ނޭދެވޭ އަސަރުކޮށްފައެވެ. ފާއިތުވި ދުވަސްތަކުގައި މަސްކް އާއި ޓްރަމްޕްގެ ގުޅުންވެސް ވަނީ ދެބަސްވުމަކާ ހެދި ގޯސްވެފައެވެ.
މިގުޅުން ގޯސްވުމުގެ ސަބަބަކީ ޓެކްސް އަދި ހަރަދު ބިލްއެވެ. މަސްކް މި ބިލްއަށް ދެކޮޅު ހެދުމުން ޓްރަމްޕް އޭނާގެ ކުންފުނިތަކަށް ދެމުންދާ ސަބްސިޑީތައް ބެލެހެއްޓުމަށް ސަރުކާރުގެ ހިންގުން ހަރުދަނާކުރުމާ ބެހޭ ދާއިރާއަށް ގޮވާލިއެވެ. މިކަމުގެ ސަބަބުން ޓެސްލާގެ ސްޓޮކް ދަށަށް ގޮސް، މިދިޔަ އަންގާރަ ދުވަހު ވަނީ 5.3 އިންސައްތަ ދަށަށް ގޮސްފައެވެ. އެހެންނަމަވެސް، މާލީ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި، ދެވަނަ ކުއާޓަރުގައި ޓެސްލާއިން މޮޑެލް Y އަދި މޮޑެލް 3 އުފެއްދުން ވަނީ އިތުރުވެފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި 345,454 އުޅަދު އުފެއްދިއިރު، ދެވަނަ ކުއާޓަރުގައި 396,835 އުޅަދު އުފައްދާފައިވުމަކީ މި ކުންފުންޏަށް ކުރިމަގުގައި އޮތް ހެޔޮ މަގެއްގެ ނިޝާނެކެވެ.
ޓެސްލާ މިހާރު އިތުރަށް ސަމާލުކަން ދެމުންދަނީ ރޮބޮޓްސް، ސެލްފް-ޑްރައިވިން ޓެކްނޮލޮޖީ އަދި ޑްރައިވަރަކާ ނުލައި ދަތުރުކުރާ ރޮބޮޓެކްސީތަކަށެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
