
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބީބީސީން ޔަހޫދީންނަށް އަޅުދާސްތުވާ ކަމަށް ބުނެ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެތައް ސަތޭކަ ފަންނުވެރިން ސިޓީއެއްގައި ސޮއިކޮށްފިއެވެ. މި ސިޓީގައި ސޮއިކުރި މީހުންގެ ތެރޭގައި ބީބީސީގައި މިހާރު މަސައްކަތްކުރާ 100އަށްވުރެ ގިނަ މުވައްޒަފުން ވެސް ހިމެނެއެވެ. ބީބީސީގެ ޑިރެކްޓަރ ޖެނެރަލް ޓިން ޑޭޥީއަށާއި ބީބީސީގެ ބޯޑަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ބުނީ ބީބީސީން މަސައްކަތްކުރަނީ ޔަހޫދީންގެ މަޤުސަދުތައް ކުރިއަރުވައިދިނުމަށް ކަމަށެވެ. އެ ސިޓީގައި ބީބީސީގެ ބޯޑު މެންބަރު ސަރ ރޮބީ ގިބް ބޯޑުން ވަކިކުރުމަށް ވެސް ގޮވާލާފައިވެއެވެ. އޭނާ މީގެ ކުރިން އަދާ ކުރައްވާފައިވާ ދައުރުތަކާއި އޭނާގެ ފިކުރުގެ ސަބަބުން ބީބީސީގެ ބޯޑުގައި ކުރައްވާ މަސައްކަތް އެންމެ އިންސާފުވެރިކޮށް ނުކުރެވޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ. ޔަހޫދީ ޚަބަރުތައް ގެނެސްދޭ އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ދަ ޖުވިޝް ކްރޮނިކަލް ގަތުމުގައި އޭނާ އަދާކުރައްވާފައިވާ ދައުރަށް ވެސް ސިޓީގައި އަލިއަޅުވާލާފައިވެއެވެ.
އެ ސިޓީގައި އިތުރަށް ބުނީ ބްރޯޑްކާސްޓަރެއްގެ ހައިޞިއްޔަތުން ބީބީސީން ހުށަހަޅާ ޕްރޮގުރާމުތަކާއި ގެނެސްދޭ ރިޕޯޓުތަކަކީ ޔަހޫދީ ދައުލަތާއި އަސްކަރިއްޔާގެ ފިކުރާއި މަޤްޞަދުތައް ކުރިއެރުވުމަށް ހުށަހަޅައިދޭ ހުށަހެޅުންތަކެއް ކަމަށް ބެލެބޭ ކަމަށެވެ. މިއީ ބީބީސީގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުން އެ ކަމާ ލަދުގަންނަންޖެހޭ އަދި ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން ބީބީސީން 2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޔަހޫދީން ޢުދުވާނީ ޙަމަލާތައް ދެމުންދާ ފަލަސްޠީނުގެ ޣައްޒާއާ ގުޅޭ ޚަބަރުތައް ބީބީސީގެ ހުށަހެޅުންތަކުގައި ގެންގުޅޭ ފެންވަރާ އެއް ފެންވަރެއްގައި ހުށަހަޅާދީފައި ނުވާ ކަމަށް ވެސް ފާހަގަކޮށްފައުވެއެވެ. ބީބީސީގެ ހުށަހެޅުންތަކުން ޣައްަޒާގެ ހަޤީޤީ ޙާލަތު ބުނެނުދޭ ކަމަށް ވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން ފަލަސްޠީނުގައި ޙަރަކާތްތެރިވާ ޑޮކްޓަރުންނާ ދެކޮޅަށް ޔަހޫދީން އަމާޒުކުރާ ޙަމަލާތަކާ ގުޅޭ ޑޮކިއުމެންޓަރީއެއް ބީބީސީން ދެއްކުމަށް ދެކޮޅުހަދާފައިވާކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ. ބެލެވޭ ގޮތުގައި އެއީ ސިޔާސީ ނިންމުމެއް ކަމަށާއި އެ ނިންމުމާ ފިލްމުގައިކޮށްފައިވާ ނޫސްވެރިކަމުގެ މަސައްކަތާ ގުޅުމެއް ނެތް ކަމަށް ސިޓީގައި ބުނެފައިވެއެވެ. އެ ކަމުން ވެސް ދޭހަކޮށްދެނީ ބީބީސީން ޔަހޫދީންނަށް ފާޑުކިޔައި އެއްވެސް ވާހަކައެއް ދެއްކި ކަމަށް ދޭހަވެދާނެތީ އެ ކުންފުނިން އިންތިހާއަށް ބިރުގަންނަކަން ކަމަށެވެ. ސިޓީގައި ސޮއިކޮށްފައިވާ ފާަހަގަކޮށްލެވޭ ފަރުދުންގެ ތެރޭގައި މަޝްހޫރު ފަންނާނުން ކަމަށްވާ މިރިޔަމް މާގޮލީސްއާއި ޗާލްަސް ޑާންސާއި މަޝްހޫރު ފިލްމު އުފެއްފުންތެރިޔާ މައިކް ލީއާއި ތާރީޚު ދިރާސާކުރާ ވިލިއަމް ޑެލްރިމްޕަލް ވެސް ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
