
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބަންގްލަދޭޝްގެ ކުރީގެ ރައީސް ޝައިޚް ޙަސީނާ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ހަ މަހަށް ޖަލަށް ލުމަށް އެ ޤައުމުގެ ބައިނަލްއަޤްވާމީ ޖަރީމާތަކާބެހޭ ޓްރައިބިއުނަލް، އައިސީޓީން ޙުކުމްކޮށްފިއެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ބަންގްލަދޭޝްގެ އޭރުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަން އެ ޤައުމުގެ ދަރިވަރުން ނިކުމެ ވައްޓައިލި ފަހުން އެ ޤައުމު ހިންގަމުން ދަނީ ވަގުތީ ސަރުކާރަކުންނެވެ. 2024ވަނަ އަހަރުގެ އޮގަސްޓު މަހުގެ 5ވަނަ ދުވަހު އިސްތިޢުފާ ދެއްވުމަށް ފަހު ޤައުމު ދޫކޮށް ވަޑައިގަންނަވައި ޙަސީނާ މި ވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އަވަށްޓެރި އިންޑިޔާގައެވެ.
ޙަސީނާ އިންޑިޔާއަށް ވަޑައިގެންނެވި ފަހުން ބަންގްލަދޭޝްގެ ކޯޓުތަކުަގައި އޭނާއާ ދެކޮޅަށް ގިނަ މައްސަލަތަކެއް ވަނީ ބަލަން ފަށައިފައެވެ. އެ މައްސަލަތަކުގެ ތެރެއިން މިއީ އޭނާއާ ދެކޮޅަށް ޙުކުމްކޮށްފައިވާ ފުރަތަމަ މައްސަލައެވެ. ޙަސީނާއާ ދެކޮޅަށް މި ފަދަ ހުކުމެއް އައިސްފައި މި ވަނީ އޭނާއާ ދެކޮޅަށް 227 ކޯޓު ކޭސް އޮތްކަމަށާއި އޭގެ މާނައަކީ 227 މީހުން މަރާލުމުގެ ‘ލައިސެންސް’ އޭނާގެ އަތުގައި މިހާރު އޮތް ކަމަށް ޙަސީނާ ވިދާޅުވާ ފޯނުު ރެކޯޑިންގއެއް ލީކުވުމާ ގުޅިގެންނެވެ. ބަންގްލަދޭޝް ސަރުކާރުގެ ތަހުޤީޤީ އިދާރާތަކުން ވަނީ އެ ރެކޯޑިންގއަކީ އަސްލު ރެކޯޑިންގއެއްކަން ކަށަވަރުކޮށްދީފައެެވެ.
އައިސީޓީއަކީ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލަވާލާފައިވާ ޓްރައިބިއުނަލެކެވެ. އެ ޓްރައިބިއުނަލުން ޙަސީނާ ޖަލަށް ލުމަށް ޙުކުމްކޮށްފައި ވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ. އައިސީޓީން ބުނީ ޙަސީނާއާ ދެކޮޅަށް އިއްވާފައިވާ ޙުކުމް ހިނގަން ފަށާނީ އޭނާ ހައްޔަރުކުރުމުން ނުވަތަ ކަމާބެހޭ އިދާރާތަކާ އަމިއްލައަށް ޙަވާލުވުމުން ކަމަށެވެ. އައިސީޓީ ފުރަތަމަ ޤާއިމުކޮށްފައި ވަނީ ޙަސީނާގެ ވެރިކަމުގައި 2010ވަނަ އަހަރުގެ ތެރޭގައެވެ. އެ ޓްރައިބިއުނަލް އުފައްދާފައި ވަނީ 1971ވަނަ އަހަރުގެ ހަނގުރާމައިގެ ޖަރީމާތައް ބެލުމަށެވެ. ނޮބެލް އެވޯޑް ލިބިވަޑައިގެންފައިވާ މުހައްމަދު ޔޫނުސް އިސްކޮށް ހުންނަވައި ހިންގަމުންދާ ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވަނީ ޙަސީނާ ހިމެނޭގޮތަށް އެ ޤައުމުގައި ޙައްޤުތަކާ ޚިލާފަށް އަމަލުކުރާ އިސްވެރިންނާއި ކޮރަޕްޝަން ހިންގާ އިސްވެރިން ޖަވާބުދާރީކުރުވާނެ ކަމަށް ބުނެފައެވެ. އެ ގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭަގައި އެ ޤައުމުގެ ދަރިވަރުން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ދީފައިވާ ޙަމަލާތައް ބަލާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.
އައިސީޓީން މިހާތަނަށް ހަސީނާ ހައްޔަރު ކުރުމުގެ ތިން އަމުރެއް ނެރެފައިވާއިރު، އޭގެ ޖުލައި މަހުގެ މުޒާހަރާތަކާ ގުޅޭ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގެ ދައުވާއެއް ވެސް ހިމެނެ އެވެ. ޙަސީނާގެ އަވާމީ ލީގު ޕާޓީ ހިންގުން މިހާރު މަނާކޮށްފައިވާއިރު އެ ޕާޓީއާއި އެ ޕާޓީގެ ކުރީގެ އިސްވެރިންނާ ދެކޮޅަށް ވެސް ޝަރީއަތްތައް ދަނީ ހިންގަމުންނެވެ. ޙަސީނާއަށް ތާއީދުކުރާ ފަރާތްތަކުން އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާތައް ދޮގުކުރެއެވެ. އެ މީހުން ޤަބޫލުކުރާ ގޮތުގައި ޙާސީނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ މަޤްސަދެއް ހާޞިލް ކުރުމަށް އުފުލާފައިވާ ދައުވާތަކެކެވެ. ނަމަވެސް ވަގުތީ ސަރުކާރުން ބުނަމުން ދަނީ އެ ޝަރީއަތްތަކަކީ ބަންގްލަދޭޝްގެ ދިމުޤުރާތީ މުއައްސަސާތަައް ޖަވާބުދާރީކުރުވާ އަލުން އިތުބާރު ބިނާކުރުމަށް ކޮންމެހެން މުހިންމު ޝަރީއަތްތަކެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
