
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ޣައްޒާއަށް ހުއްޓުމެއްނެތި ލާއިންސާނީ ޢުދުވާނުތައް ދެމުންދާ ޔަހޫދީންގެ ނިރުބަވެރި ދަޢުލަތަށް އިތުރު 510 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާގެ ސަރުކާރުން ނިންމައިފިއެވެ. މިދިޔަ ހޯމަ ދުވަހު އެމެރިކާ ސަރުކާރުން ޔަހޫދީންނަށް ވިއްކަން ނިންމި ބަރު ހަތިޔާރުގެ އިތުރުން، ފަންނީ އެހީތެރިކަމާއި އިންޖިނިއަރިންގ އަދި ލޮޖިސްޓިކަލް ޚިދުމަތްތައް ވެސް ހިމެނެއެވެ. އެމެރިކާގެ ޚާރިޖީ އިދާރާއިން ބުނީ، މި ނިންމުމުގެ ފަހަތުގައި އޮތީ، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުގެ އަސްކަރީ ޤާބިލުކަން އިތުރަށް ވަރުގަދަކޮށްގެން، މެދުއިރުމަތީގައި އެމެރިކާގެ މަސްލަޙަތު ހިމާޔަތްކޮށް، ރައްކާތެރިކުރުން ކަމަށެވެ.
އިސްރާއީލަށް ހަތިޔާރު ވިއްކަން ނިންމި މި ނިންމުން މިދިޔަ ހޯމަ ދުވަހު ވަނީ އެމެރިކާގެ ކޮންގްރެސްއާ ވެސް ޙިއްސާކޮށްފައެވެ. މިދިޔަ ފެބްރުއަރީ މަހު ވެސް އެމެރިކާއިން ވަނީ ޔަހޫދީންނަށް 7.4 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކައިފައެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލު ހޭދަކުރުމާއި ލާއިންސާނީ ޖަރީމާތައް ހިންގަން، ޔަހޫދީން މައިގަނޑު ގޮތެއްގައި ބޭނުންކުރަމުންދަނީ އެމެރިކާއިން ފޯރުކޮށްދީފައިވާ ހަތިޔާރެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގައި، ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 56,000އަށް އުފުލިފައިވާ ކަމުގައި އެ ސަހަރުގެ ޞިއްޙީ އިދާރާއިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، އުމޫރުންނެވެ.
ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން މުޅި ދުނިޔެއިން ކަންބޮޑުވުންފާޅުކުރަމުންދާއިރުވެސް، އެމެރިކާއިން ދަނީ މުޅި ޣައްޒާ ސުންނާފަތިކުރަން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދެމުންނެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
