
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އދގެ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ އައިއޭއީއޭއާ އޮންނަ ގުޅުން މެދުކަނޑައިލަން އީރާނުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނު، އީރާނުގެ ރައީސް މަސްޢޫދު ޕިޒިޝްކިޔާން ތަސްދީޤު ކޮއްފިއެވެ. މީގެ ދުވަސްކޮޅެއް ކުރިން އައިއޭއީއޭގެ ގަވަރުނަރުންގެ ބޯޑުން ވެސް އީރާނުން ސޮއި ކޮށްފައިވާ ނިއުކްލިޔަރ މުއާހަދާއާ ޚިލާފަށް އަމަލުތައް ބަހައްޓަމުންދާ ކަމަށް ބުނެ އީރާނާ ދެކޮޅަށް ޤަރާރެއް ފާސް ކޮށްފައެވެ. އީރާނުން ބުނަމުންދަނީ ނިއުލްލިޔަރ ނަން-ޕްރޮލިފަރޭޝަން ޓްރީޓީ (އެންޕީޓީ)ގެ ދަށުން އަދި އައިއޭއީއޭގެ ސޭފްގާޑްސް އެއްބަސްވުމުގައި ލާޒިމު ކުރާ ކަންކަން އެ ޤައުމުން ފުރިހަމަ ކުރަމުންދާ ކަމަށެވެ.
އަދި ޖޫން 13 ވަނަ ދުވަހު، ޔަހޫދީ ދައުލަތުން އީރާނަށް ނިރުބަވެރި ޙަމަލާތައް ދީފައިވަނީ އައިއޭއީއޭގެ އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް ކަމަށް އީރާނުން ވަނީ ތުހުމަތުކޮށްފައެވެ. އީރާނުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކުރި ބިލުގައިވާ ގޮތުން، އައިއޭއީއޭގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭ އެއްވެސް ދިރާސާއެއް ކުރަން އެ ޤައުމަށް އެތެރެވެވޭނީ އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިޔުރިޓީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ. އެ ބިލަށް ޢަމަލުކުރަން ފަށާނީ، އީރާނުގެ ގާޑިއަން ކައުންސިލުން ތަސްދީޤުކޮށްފިނަމައެވެ.
އެ ބިލު ތަސްދީޤުކުރައްވާފައިވާކަމުގެ މީޑިއާތަކުން ލިބިފައިވީނަމަވެސް، އެކަމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނާނީ އެކަން ރަސްމީ ސިފައެއްގައި އީރާނުން އެންގުމުން ކަމަށް އައިއޭއީއޭ އިން ބުންޏެވެ. ޖޫން 13ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުން ދިޔައީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ހުރަސް އެޅުމަށް ކަމަށް ބުނެއެވެ. އެ ޙަމަލާތަކުގައި އީރާނުގެ ގިނަ ޢަދަދެއްގެ އަސްކަރީ ކޮމާންޑަރުންނާއި، ނިއުކްލިޔަރ ސައިންޓިސްޓުންނާއި އާންމުން ވަނީ ޝަހީދު ކޮށްލައިފައެވެ. އަދި ބައެއް ނިއުކްލިޔަރ މަރުކަޒުތަކަށް ވެސް ވަނީ ޙަމަލާ ދީފައެވެ. އެ ޙަމަލާގެ ބަދަލުގައި އީރާނުން ވަނީ ‘އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3’ގެ ނަމުގައި ޚާއްޞަ އޮޕަރޭޝަނެއް ފަށައި، ޔަހޫދީ ދައުލަތުގެ މުހިންމު ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އޭގެފަހުން، ޖޫން 22ވަނަ ދުވަހު އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް އެމެރިކާއިން ވެސް ވަނީ ބޮން އަޅައިފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
