
(ފޮޓޯ ކްރެޑިޓްސް: އޭއޭ)
ރަތް ކަނޑުގެ އުތުރުން އޮންނަ ސުވައިސް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ތެޔޮ ބާޖެއް އަޑިއަށްގޮސް، ހަތަރު މީހުން މަރުވެއްޖެ އެވެ. މިޞްރުގެ ސަރުކާރުން ބުނީ، ރޭގެ ވަގުތެއްގައި ‘އެޑަމް މެރީން 12’ ތެޔޮ ބާޖު އަޑިއަށްދިޔަ ހާދިސާގައި 22 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އެ ބާޖު ފެތުނީ، ކަފު ޖަހައިގެން އެހެން ސަރަޙައްދަކަށް ގެންދިޔުމަށް ދަތުރުކުރަމުންދަނިކޮށް ކަމަށް މިޞްރުގެ ބައެއް މީޑިއާތަކުން ބުންޏެވެ. އެ ހާދިސާގައި ހަތަރު މީހުން ގެއްލިފައިވާ ކަމަށާއި އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ބުނެފައިވެއެވެ.
ޒަޚަމްވި މީހުންގެ ތެރެއިން، އެންމެ ހާލު ބޮޑު ހަތަރު މީހުން ވައިގެ މަގުން ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށާއި، ބާކީ 18 މީހުން އެމްބިޔުލެންސްގައި ހޮސްޕިޓަލަށް ގެންގޮސް، ފަރުވާދެމުންދާކަމަށް މިޞްރުގެ ސިއްޙީ ވުޒާރާއިން ސޯޝަލް މީޑިޔާގައި ޙިއްސާކުރި ޕޯސްޓެއްގައި ބުންޏެވެ. ރަތް ކަނޑުގެ ގަވަރުނަރު އަމްރު ޙަނަފީ ވިދާޅުވީ، އެ ހާދިސާގައި ގެއްލިފައިވާ ހަތަރު މީހުން ހޯދުމުގެ މަސައްކަތުގައި މިޞްރުގެ ކަނޑުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ޖަބަލުލް ޒައިތު އަކީ ސުވައިސް ކެނޭލްގެ ދެކުނުން ގާތްގަނޑަކަށް 300 ކިލޯމީޓަރު ދުރުގައި އޮންނަ މިޞްރުގެ ތެޔޮ އުފައްދާ ބޮޑު ސަރަޙައްދެކެވެ.
About Post Author
މާދަމާ ނިއުސް
މޭޔަރު އާޒިމް “މީޑިއާ ސްޓަންޓް” ނުޖައްސައި ލިޔުމުން މުއާމަލާތްތައް ކުރައްވަން މިނިސްޓަރު މުއްތަލިބް އެދިވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭ މޭޔަރު އާދަމް އާޒިމް ދައްކަވާ ވާހަކަތަކުގައި ހަގީގަތް އޮޅުވާލައްވާ ކަމަށް ވިދާޅުވެ، މީގެފަހުން މޭޔަރާ އެކު ކުރާ ހުރިހާ...
މާލޭގެ ރައްޔިތުންގެ ތަރައްޤީއަށް ހުރަސްއެޅުމުގެ ފުރަތަމަ ބޮޅު: މަސް މާރުކޭޓު އަޅާ ބިން ހަވާލުނުކުރަން ކައުންސިލުން ނިންމައިފި!
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭގެ އާ މަސް މާރުކޭޓު އެޅުމަށް ކަނޑައަޅާފައިވާ ބިން، ގާނޫނީ އިމުގެ ތެރެއިން ނޫނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުނުކުރުމަށް މާލޭ...
ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދެމެހެއްޓުމުގައި ފަތުރުވެރިކަން ކުރިއެރުމުގެ ދައުރު ބޮޑު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް) ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމުގައި ފަތުރުވެރިކަމުގެ ސިނާޢަތް މުހިންމު ދައުރެއް އަދާކުރާ ކަމަށް އައިއެމްއެފްއިން ފާހަގަކޮށްފިއެވެ. އެ އިދާރާއިން ނެރުނު ރިޕޯޓެއްގައިވާ...
މޭ މަހު ދަޅު މަސް ބޭރުކުރި މިންވަރު އިތުރު
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މޭ މަހު ރާއްޖެއިން ވަނީ 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. މީގެ ތެރެއިން އެންމެ...
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓްރަމްޕްގެ އިންޒާރު އީރާނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ތާރީޚީ އެއްބަސްވުމެއްގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލައި 60 ދުވަހުގެ...
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
