
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
އީރާނާއި އޮމާނާ ދެމެދުގައި އޮތް ހުރްމުޛް ކަނޑުއޮޅިއަށް ގޮވާތަކެތި (ކަނޑުގައި ބޭނުން ކުރާ މައިން) އަޅައި، އެ މަގު ބަންދު ކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ތައްޔާރުވި ކަމުގައި ހުޅަނގުގެ މީޑިޔާތަކުން ރިޕޯޓުކޮށްފިއެވެ. ހުރްމުޛް ކަނޑުއޮޅިއަކީ ގަލްފް ކަނޑާއި އޮމާން ކަނޑު އަދި ޢަރަބި ކަނޑު ގުޅައިދޭ، ގިނަ އަދަދެއްގެ މުދާ އުފުލުމަށް ބޭނުން ކުރާ މައި މަގެކެވެ. ހުރްމުޛް ކަނޑުއޮޅި ބަންދު ކުރުމަށް އީރާނުން ތައްޔާރުވީ، ޔަހޫދީންނާއި އެމެރިކާ ގުޅިގެން އެ ޤައުމަށް ޙަމަލާ ދިނުމުގެ ސަބަބުން ކަމުގައި އެމެރިިކާގެ މަޞްދަރުތަކާ ޙަވާލާދީ ހުޅަނގުގެ މީޑިޔާތަކުން ރިޕޯޓު ކުރިއެވެ. ޔަހޫދީން އިސްވެ އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދޭން ފެށީ ޖޫން 13ވަނަ ދުވަހުއެވެ. ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ހުންނަ ރަށްތަކަށެވެ. އެއީ، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހުއްޓުވުމުގެ ގޮތުން ފެށި ހަނގުރާމައެއް ކަމުގައި ޔަހޫދީން ބުންޏެވެ. އެއީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުހުމާ އެކު ފެށި ހަނގުރާމައެކެވެ. އީރާނުން ވެސް ވަނީ ރައްދުގައި ޒަޔަނިސްޓުންގެ ރަށްތަކަށް ވަރުގަދަ ޙަމަލާތަކެއްދީ، ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
ޔަހޫދީންނާ ބައިވެރިވުމުގެ ގޮތުން އެމެރިކާއިން ވެސް ވަނީ ޖޫން 22ވަނަ ދުވަހު އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. ޓްރަމްޕްގެ އަމުރަށް ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕޮރުގުރާމު ހިންގަމުންދާ މައި މަރުކަޒުތަކަށެވެ. އެ ޙަމަލާތަކުގައި ނަޠާންޛްގެ އިތުރުން ފޫރްދޫއާއި އަޞްފިހާންގައި ހުރި ނިއުކްލިޔަރ މަރުކަޒުތަކާއި އެ ތަންތަނުގައި ބޭނުން ކުރަމުން ދިޔަ ވަސީލަތްތައް ސުންނާފަތި ކޮށްލާފައިވާނެ ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ. އެމެރިކާއިން އީރާނަށް ޙަމަލާ ދިނުމުން އީރާނުން ވެސް ވަނީ ރައްދު ޙަމަލާ ދީފައެވެ. އީރާންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށެވެ. 12 ދުވަހަށް ފަހު، އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުން ދިޔަ ޙަމަލާތައް މެދުކަނޑައިލާފައިވާ ކަން ޓްރަމްޕް އިޢުލާނު ކުރެއްވީ، އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒަށް ޙަމަލާ ދިނުމުންނެވެ.
އެމެރިކާގެ ޖާސޫސީ އިދާރާގެ މަޞްދަރުތަކުން ބުނީ، ހުރްމުޛް ކަނޑަަށް މައިން އަޅައި، އެ ކަނޑުއޮޅި ބަންދު ކުރުމަށް އީރާނުން ތައްޔާރުވާން ފަށާފައި ވަނީ ޔަހޫދީން އެ ޤައުމަށް ޙަމަލާ ދޭން ފެށުމާ އެކުގައި ކަމުގައެވެ. މި ގޮތުން، އީރާންގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކަށް ގިނަ އަދަދެއްގެ މައިން ބަރުކޮށް، އެ އޮޕަރޭޝަން ފެށުމަށް ތައްޔާރީ ހާލަތަކަށް ގެންގޮސްފައިވާ ކަމުގައި އެމެރިކާގެ ޖާސޫސީ އިދާރާގެ މަޞްދަރުތަކުން ބުންޏެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދުވާލެއްގެ މައްޗަށް ބޭނުން ކުރާ ތެލުގެ ފަސްބައި ކުޅަ އެއްބައި އުފުލަނީ ހުރްމުޛް ކަނޑުއޮޅިން ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އީރާނުން އެ ކަނޑުއޮޅި ބަންދު ކޮށްފި ނަމަ، ދުނިޔޭގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމުގެ އިންޒާރު، އިޤުތިޞާދީ ދާއިރާގެ ތަޖުރިބާކާރުން އޮތީ ކޮށްފައެވެ. އަދި، ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ތެލުގެ އަގު އުފުލިގެން ދާނެ ކަމުގައި ވެސް ތަޖުރިބާކާރުން ބުންޏެވެ.
އެމެރިކާގެ މަޞްދަރުތަކުން ބުނީ، އެ ޤައުމުގެ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ހުރްމުޛް ކަނޑުއޮޅި ބަންދު ކުރުމަށް އީރާންގެ ޤާނޫނު ހަދާ މަޖިލީހުން ނިންމި ކަމުގައެވެ. ނަމަވެސް، އެ ފަދަ ފިޔަވަޅެއް އެޅުމުގެ އެންމެ ފަހުގެ ނިންމުން ނިންމުމުގެ ބާރު އޮންނަނީ އީރާންގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހަށެވެ. ހުރްމުޛް ކަނޑުއޮޅި ބަންދު ކުރުމަށް އީރާނުން ތައްޔާރުވި ކަމުގައި ހުޅަނގުގެ މީޑިޔާތަކުން ރިޕޯޓު ކުރި ނަމަވެސް، އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަނުން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
