
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިނުން ބޭނުން ކުރަމުުންދާ ބައެއް ބާވަތްތަކުގެ ހަތިޔާރު އެ ޤައުމަށް ފޯރުކޮށްދިނުން އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަނުން ހުއްޓައިލައިފިއެވެ. އެމެރިކާގެ މަޞްދަރުތަކުން ބުނީ، ބައެއް ބާވަތްތަކުގެ މިސައިލް ޔޫކްރެއިނަށް ފޯރުކޮށްދިނުން ޕެންޓެގަނުން ހުއްޓައިލާފައި ވަނީ، އެމެރިކާގައި ގުދަންކޮށް، ރައްކާކޮށްފައި ހުރި މިސައިލްތަކުގެ ސްޓޮކް ނުވަތަ އަދަދު މަދުވަމުން ދިޔުމާ ގުޅިގެން ކަމުގައެވެ. އޭގެ ތެރޭގައި ވައިގެ ދިފާޢީ ނިޒާމުގައި ބޭނުން ކުރާ މިސައިލާއި ވަކި އަމާޒަކަށް ޙަމަލާ ދިނުމަށް ބޭނުން ކުރާ ޕްރިސިޝަން މިސައިލްތައް ހިމެނެއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. އިސްވެ، ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށީ ރަޝިޔާއިންނެވެ. ރަޝިޔާގެ އަމާޒަކީ ޔޫކްރެއިނަށް ބާރާއި ނުފޫޒު ފޯރުވުމަށް ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމެވެ. މި ހަނގުރާމައިގައި ޔޫކްރެއިނަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދީ، ރަޝިޔާއާ ދެކޮޅަށް ބޭނުން ކުރާނެ ހަތިޔާރު ފޯރުކޮށްދެމުން ދަނީ އެމެރިކާއާާއި ނޭޓޯގެ އެހެން ޤައުމުތައް ގުޅިގެންނެވެ.
ޔޫކްރެއިނަށް އެތަކެއް ބިލިޔަން ޑޮލަރެއްގެ ހަތިޔާރު ފޯރުކޮށްދިނުމަށް ވަޢުދުވެފައި ވަނީ އެމެރިކާގެ ކުރީސް ރައީސް ޖޯ ބައިޑަންގެ ސަރުކާރުންނެވެ. ނަމަވެސް، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ދެކޮޅު ބޭފުޅެކެވެ. އަދި، ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން އޭނާ ވަނީ ރަޝިޔާއާާ އެކު މަޝްވަރާތައް ފަށްޓަވާފައެވެ. ޕެންޓެގަނުން ޔޫކްރެއިނަށް ފޯރުކޮށްދިނުން ހުއްޓައިލާފައިވާ ބައެއް މިސައިލްތަކުގެ ތެރޭގައި ރަޝިޔާގެ ޑްރޯން ޙަމަލާތައް ދިފާޢު ކުރުމަށް ބޭނުން ކުރަމުންދާ މުހިންމު މިސައިލްތައް ހިމެނޭ ކަމުގައި ވެސް އެމެރިކާގެ މަޞްދަރުތަކުން ހާމަކުރިއެވެ. ޕެންޓެގަންގެ އިސް އޮފިޝަލެއް ކަމުގައިވާ އެލްބްރިޖް ކޮލްބީ ވިދާޅުވީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތާ އެކުއެކީގައި ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން މެދުކެނޑުނަ ނުދިނުމަށް އެޅޭނެ ފިޔަވަޅުތަކެއް ޓްރަމްޕަށް ހުށަހަޅުއްވާފައިވާނެ ކަމުގައެވެ. “ހަމަ އެއް ވަގުތެއްގައި އަޅުގަނޑުމެން މި ދަނީ އެމެރިކާގެ އަސްކަރިއްޔާގެ ތައްޔާރީ ހާލަތަަށް އަސަރު ނުކުރާނެ ގޮތަކަށް ފިޔަވަޅުތައް ބައްޓަން ކުރަމުން،” އޭނާ ވިދާޅުވިއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން 1,224 ދުވަސް ފާއިތުވެފައިވާއިރު، ހަނގުރާމައިގައި ރަޝިޔާއިން ދަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. ޔޫކްރެއިންގެ ބިމުން ފަސްބައިކުޅަ އެއްބައި މި ވަގުތު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. އަދި، އިރުދެކުނުގައި އޮތް ދޮންޏެސްކާއި ދްނީޕްރޯޕެތުރޮވްސްކްގެ އިތުރު ސަރަޙައްދުތަކަށް ރަޝިޔާގެ ފައުޖުތަކުން ދަނީ އަތްގަދަ ކުރަމުންނެވެ. ފެބުރުވަރީ މަހު ވެސް އެމެރިކާއިން ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުން މަހެއްހާ ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލިއެވެ. އެއީ، ރަޝިޔާއާ އެކު ސުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއަށް މަޖުބޫރު ކުރުވުމުގެ ގޮތުން ޓްރަމްޕް އަޅުއްވާފައިވާ ފިޔަވަޅެކެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
