
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު 60 ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލުމަށް އެއްބަސްވެފައިވާ ކަމަށް ވިދާޅުވެ، ޙަމާސް ޖަމާޢަތުން ވެސް އެ ކަމަށް އާނބަސް ބުނުމަށް އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވައިލައްވައިފިއެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައި ޔަހޫދީ ފަައުޖުން ލާއިންސާނީ ޢުދުވާނެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ.ޓްރަމްޕް ވިދާޅުވީ، އޭނާގެ ހުށަހެޅުއްވުމަކީ މި ކަމާ ގުޅޭ ގޮތުން ހުށަހަޅުއްވާނެ އެންމެ ފަހުގެ ހުށަހެޅުން ކަމަށާއި، މިއީ ސުލްހައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ޙަމާސަށް އޮތް އެންމެ ފަހު ފުރުޞަތު ކަމުގައެވެ. އެމެރިކާގެ ހުށަހެޅުން ޙަމާސަށް ރައްދު ކުރާނީ، އެ ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ބާއްވަމުންދާ ނުރަސްމީ މަޝްވަރާތަކުގައި މެދުވެރިންގެ ދައުރު އަދާ ކުރަމުންދާ ޤަޠަރާއި މިޞްރުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
60 ދުވަހުގެ މުއްދަތަކަށް ޢުދުވާނީ ޙަމަލާތައް މެދުކަނޑައިލުމަށް ޔަހޫދީން އެއްބަސްވެފައި ވަނީ، އެމެރިކާއާއި ޒަޔަނިސްޓު އިސްރާއީލުގެ އިސް އޮފިޝަލުންނާ ދެމެދު ބޭއްވި މަތީ ފަންތީގެ މަޝްވަރާތަކަށް ފަހުގައި ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާފައި ވަނީ ކޮން ބޭފުޅުންނެއް ކަން އޭނާ ހާމަ ކުރައްވާފައެއް ނެތެވެ. ޓްރަމްޕް މި ކަން އިޢުލާނު ކުރައްވާފައި މި ވަނީ، އޭނާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފާއި، ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ އަދި ނާއިބު ރައީސް ޖޭޑީ ވޭންސް، ޒަޔަނިސްޓު އިސްރާއީލުގެ އިސް އޮފިޝަލަކާ ބައްދަލު ކުރައްވަން ހަމަޖެހިފައި އޮތް ވަގުތެއްގައެވެ. އެ ބޭފުޅުން ބައްދަލު ކުރައްވަން ހަމަޖެހިފައި އޮތީ ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ އިސް މުޝީރަކާއެވެ.
ޓްރަމްޕް ވިދާޅުވީ، 60 ދުވަހަށް ޔަހޫދީންގެ ޢުދުވާން މެދުކަނޑައިލުމަށް ފަހު، ހަނގުރާމަ ދާއިމީ ގޮތުން ހުއްޓައިލުމާ ގުޅޭ ގޮތުން ޙަމާސާއި ޔަހޫދީންނާ ދެމެދު މަޝްވަރާ ކުރުމަށް ހުށަހަޅުއްވާފައިވާ ކަމުގައެވެ. “މުޅި މެދުއިރުމައްޗަށް ރަނގަޅަކަށް އަޅުގަނޑު އުންމީދު ކުރަނީ ޙަމާސުން އެއްބަސްވުމަށް އާނބަސް ބުނާނެ ކަމަށް، ސަބަބަކީ މިއަށްވުރެ ރަނގަޅު ޑީލެއް ދެން ނާންނާނެ، ދެން ކަންތައް ވާނީ އިތުރަށް ގޯސް. ތިޔަ ބޭފުޅުން މި ކަމަށް ދެއްވާ އަހަންމިއްޔަތަށް ޝުކުރު އަދާކުރަން،” އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޢުދުވާން މެދުކަނޑައިލުމާ ގުޅޭ އެއްބަސްވުމަށް އަމަލު ކުރަން ފެށުމުގެ އުންމީދު އޮތް ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ. ޖުލައި 7ވަނަ ދުވަހު ވައިޓް ހައުސްގައި ނިރުބަވެރި ނަތަންޔާހޫއާ ބައްދަލުކުރައްވައި އޭނާ މި ކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް އޮތީ ހަމަޖެހިފައެވެ.
ޔަހޫދީންގެ ޢުދުވާން ހުއްޓައިލުމަށް އެއްބަސްވުމުން ޙަމާސްގެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމަށް ތައްޔާރަށް އޮތް ކަން އެ ޖަމާޢަތުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް، ޝަރުޠަކީ، ދާއިމަށް ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމެވެ. ޔަހޫދީންގެ ޝަރުޠަކީ، ޙަމާސުން ހަތިޔާރު ބެހެއްޓުމެވެ. ނަމަވެސް، އެ ޖަމާޢަތުން ދަނީ އެ ޝަރުޠަށް އިންކާރު ކުރަމުންނެވެ. ޓްރަމްޕްގެ އައު ހުށަހެޅުމުގައި އޮތީ، 60 ދުވަހަށް ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް މެދުކަނޑައިލުމާއި، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެެއިން ދެބައިކުޅަ އެއްބައި މީހުން މިނިވަން ކުރުމެވެ. އޭގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރުކޮށް ލާއިންސާނީ އަނިޔާތަކަށް ހުށަހަޅާފައިވާ ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް މިނިވަން ކުރަން ޖެހޭނެއެވެ. އެ ހުށަހެޅުމަށް ޔަހޫދީން އެއްބަސްވެފައިވާނެ ކަން ޒަޔަނިސްޓުންގެ ޚާރިޖީ ވަޒީރު ގިޑިޔަން ސާރް ވަނީ ކަށަވަރު ކޮށްދީފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
