
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣާއްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޢުދުވާނީ ޙަމަލާތައް ދޭން ފެށި ފަހުން، އެ ޙަމަލާތަކުގެ ނިވަލުގައި ތިބެ ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީން ވެސް ފަލަސްޠީނުގެ 1،000 ރައްޔިތުން ޝަހީދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޔަހޫދީން ޣައްޒާގައި ހިންގާ ލާއިންސާނީ ޙަމަލާތަކުގެ ސަބަބުން ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކަށް ލިބޭ ސަމާލުކަން ކުޑައެވެ. ޢުދުވާން ފެށުނީއްސުރެ ޣައްޒާގައި މިހާތަނަށް 56،331 މީހުން ޝަހީދުކޮށްލާފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ކުުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އެހެންކަމުން ޔަހޫދީން މަސައްކަތްކުރަނީ ޣައްޒާ ޙަމަލާތަކުގެ ނިވަލުގައި ތިބެ ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް ވެސް ގެއްލުން ދިނުމަށެވެ.
ޣައްޒާއަށް ޙަމަލާ ދިނުމަށް ބޭނުންކުރާ އުކުޅުތަކާ އެއްގޮތް އުކުޅުތައް ބޭނުންކޮށްގެން ޔަހޫދީން ވަނީ ހުޅަނގު އައްސޭރީގެ ޖަނީނާއި ޠޫލްކަރަމާއި ނޫރު ޝަމްސާއި އަލްފާރިޢާއާއި ނާބްލިސްގައި ހުންނަ ރެފިއުޖީ ކޭމްޕުތަކުގައި ހިންގާ ރޭޑުތައް އިތުރު ކޮށްފައެވެ. އޮކްޓޯބަރު 7ގެ ޢުދުވާން ފެށުނު ފަހުން ފަލަސްޠީނުގެ ރައްޔިތުންނަށް ހުޅަނގު އައްސޭރީގައި ދިރިއުޅޭ ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިންދޭ ޙަމަލާތައް ވެސް ވަނީ އިތުރުވެފައެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހާއި 2024ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޔަހޫދީ ވަޒަންވެރިން ވަނީ ފަލަސްޠީނުގެ ރަައްޔިތުންނަށް އަމާޒުކޮށް 1،800 ޙަމަލާ ދީފައެވެ. މި އަހަރުގެ ކުރީކޮޅު 414 ޙަމަލާ ދީފައިވާ ކަމަށް ބެލެވޭއިރު މި އަންދާޒާއަކީ ހަޤީޤީ ޢަދަދުތަކަށްވުރެ ދަށް ޢަދަދުތަކަށްވުން ގާތް ކަމަށް އިދާރާތަކުން ލަފާކުރެއެވެ. މިދިޔަ ޖޫން މަހުގެ 25ވަނަ ދުވަހު ވެސް ހަތިޔާރު އަޅައިގެން ތިބި 100އެއްހާ ވަޒަންވެރިން ވަނީ ފަލަސްޠީނުގެ ތިން މީހުން ޝަހީދުކޮށްލައި އައްޠައިބާގައި ރޯކޮށްލަން މަސައްކަތްކޮށްފައެވެ.
2024ވަނަ އަހަރުގެ ތެރޭގަިއ ޔަހޫދީން ވަނީ ހުޅަނގު އައްސޭރީގެ އިތުރު ބިންތައް ވެސް ފޭރިގެންފައެވެ. މިދިޔަ އަހަރު ފޭރިގަނެފައިވާ ބިމުގެ މިންވަރު ފާއިތުވި 20 އަހަރު ފޭރިގަތް ބިމުގެ ނިޞްބަތަށްވުރެ އިތުރެވެ. ހުޅަނގު އައްސޭރީގައި ޔަހޫދީ ފައުޖުން ދޭ ޙަމަލާތަކުގައި މި އަހަރުގެ ޖަނަވަރީ މަހު އެކަނި ވެސް ފަލަސްޠީނުގެ 70 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. ފެބްރުވަރީ އަދި މާރިޗު މަހުގެ ތެރޭގައި ވެސް އިތުރު 34 މީހުން ޝަހީދުކޮށްލާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
