
އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޕޯޗުގަލްއާ ދެކޮޅަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ސްޕެއިންގެ އައިޓާނާ ބޮންމާޓީ ކުޅޭނެ ކަމަށް އެ ގައުމުން ބުނެފިއެވެ. ސްޕޭނުގެ ކޯޗު މޮންޓްސޭ ޓޮމީ ބުނީ މެނިންގިޓިސް ހުން ޖެހުމުން ހޮސްޕިޓަލުގައި އެޑްމިޓް ކުރި ނަމަވެސް އައިޓާނާ މިހާރު މުޅިން ފިޓްވެއްޖެ ކަމަށެވެ. “އޭނާ ހުރީ ވަރަށް ކުޅެ ހިތުން. އޭނާ ވަނީ ފިޓްނަސް ޓީމާއެކު ހާއްސަ ތަމްރީނުތަކެއް ހަދާފައި. އަދި ޔަގީނުން ވެސް މިއަދު މުޅި ޓީމާއެކު އޭނާ ފަރިތަކުރާނެ. އޭނާ ހުރީ ފިޓްކޮށް. މެޑިކަލް ޓީމުން ވެސް އެކަމުގައި އެއްވެސް ވަރަކަށް ޝައްކެއް ނުކުރޭ،” ކޯޗު ބުންޏެވެ.
އައިޓާނާ އަކީ ހުސްވި ދެ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އަދި އެންމެ ފަހުގެ ވޯލްޑް ކަޕް ސްޕޭން ހޯދި އިރު އެ މުބާރާތުގެ ވެސް މޮޅު ކުޅުންތެރިޔާ އެވެ. ގިނަ ބަޔަކު އޭނާ ސިފަ ކުރަނީ ބާސެލޯނާގެ ކުރީގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާގެ އަންހެން ވާޝަންގެ ގޮތުގަ އެވެ. ބާސެލޯނާ އަށް ކުޅެމުންދާ އައިޓާނާ މުޅިން ފިޓްވި ނަމަވެސް އޭނާއާއެކު ބާސެލޯނާ އަށް ކުޅޭ ގޯލް ކީޕަރު ކަޓަލީނާ ކޯލް ޓޮންސިލް ދުޅަވުމުގެ ސަބަބުން ވަނީ ފަރުވާ ހޯދައިފަ އެވެ. އޭނާ އަށް ކުޅެވޭނެކަން ނިންމާނީ އެންމެ ފަހު ވަގުތު އެވެ.
ނަމަވެސް ޔަގީނުން ވެސް މި މެޗުގައި ކެޕްޓަން އެރެނޭ ޕެރެޑޭސް އަށް ނުކުޅެވޭނެ އެވެ. ރެއާލް މެޑްރިޑްގެ ސެންޓަ ބެކް ޔޫރޯގެ ފުރަތަމަ ދެ މެޗަށް ސަސްޕެންޑް ކުރީ ކޮލިފައިންގައި ދެއްކި ރަތް ކާޑެއްގެ ސަބަބުންނެވެ. އޭނާ ނެތުމުން ކެޕްޓަންކަން ކުރާނީ ބާސެލޯނާގެ ކެޕްޓަން އެލެކްޒިއާ ޕުޓެޔާސް އެވެ. ސްޕޭން ހިމެނޭ ގްރޫޕުގައި ތިބީ ޕޯޗުގަލް އާއި އިޓަލީ އަދި ބެލްޖިއަމް އެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
