
އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޕްރިންސް ވިލިއަމް ހިތްވަރުދެއްވައިފިއެވެ. ސްވިޒަލޭންޑްގައި އިއްޔެ ފެށި މުބާރާތަށް ޓީމު ފުރުމުގެ ކުރިން އެންމެ ފަހުގެ ޗެމްޕިއަން ޓީމާ އޭނާ ބައްދަލު ކުރެއްވީ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ ހައިސިއްޔަތުންނާ ވެސް އެކުގަ އެވެ. އޭނާ ވަނީ ޓީމަށް ކާމިޔާބީ އަށް އެދިވަޑައިގެންފަ އެވެ. ޕްރިންސް ވިލިއަމް މި ފަހަރު ޓީމާ ބައްދަލު ކުރެއްވީ އޭނާ އަށް ފާޑުކިއުންތަކެއް ވެސް އަމާޒުވެފައި ވަނިކޮށެވެ. އެއީ 2023 ވަނަ އަހަރު އޮސްޓްރޭލިޔާގައި ބޭއްވި ވޯލްޑް ކަޕުގައި އިނގިރޭސި ޓީމު ކުޅުނު އެއްވެސް މެޗެއް ބަލަން އޭނާ ވަޑައިގެންފައި ނުވާތީ އެވެ.
ނަމަވެސް މި ފަހަރު ޓީމާ ބައްދަލު ކުރައްވައި ވިލިއަމް ވަނީ ޓީމުގެ ތައްޔާރީތަކާއި ބޭނުންވާ ކަންކަން އޮޅުން ފިލުވައިފަ އެވެ. އަދި އޭނާ ވަނީ އިނގިރޭސި ވިލާތުގައި އަންހެނުން ފުޓްބޯޅައިގައި ބައިވެރިވެ، ކުޅެ އުޅޭ މިންވަރު އިތުރު ވަމުންދާތީވެ އެކަމާ އުފާ ކުރައްވާކަން ފާހަގަ ކުރައްވައިފަ އެވެ. އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިނގިރޭސިން ހިމެނެނީ ގްރޫޕް ޑީގަ އެވެ. މި ގްރޫޕުގައި ހިމެނެނީ ފްރާންސާއި ވޭލްސް އަދި ނެދަލޭންޑްސް އެވެ.
މުބާރާތުގައި އެންމެ ގަދަވާނެ ކަމަށް ބެލެވިފައިވާ އެއް ގައުމަކީ ވެސް އިނގިރޭސި ވިލާތެވެ. އޭގެ އެއް ސަބަބަކީ އަންހެނުގެ ޗެމްޕިއަންސް ލީގު އާސެނަލް ކާމިޔާބު ކޮށްފައިވުމާއި ގައުމީ ޓީމު ފާއިތުވެދިޔަ ހަތަރު އަހަރު ހޯދާފައިވާ ނަތީޖާތައް ރަނގަޅު ވުމެވެ. ނަމަވެސް އިނގިރޭސި ޓީމުގެ އެއްވަނަ ކީޕަރު މުބާރާތުގެ މަހެއްހާ ދުވަސް ކުރިން ރިޓަޔާ ކުރުމަކީ ޓީމަށް ދިމާވެފައިވާ އުނިކަމެކެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
