
(ފޮޓޯ ކްރެޑިޓްސް: ލަލީގާ)
ލިބޭ އެއްޗަކުން ހަރަދު ކުރުމުގެ ހުއްދަ ނުވަތަ ވަން ވަން ރޫލް އަށް ބާސެލޯނާ ފެތިފައިވާކަމަށް ސްޕެނިޝް ލީގުން ބުނެފި އެވެ. މިއާއެކު ބާސެލޯނާ އަށް ކުރި އަށް އޮތް ސީޒަނަށް ކުޅުންތެރިން ގަނެ، ރަޖިސްޓަރ ކުރުމުގައި ހުރި ދަތިތައް ވަނީ ފިލައި ގޮސްފަ އެވެ. މިހެންކަމުން އެ ކުލަބަށް ކުރި އަށް އޮތް ސީޒަނަށް އެތްލެޓިކް ކުލަބަށް ކުޅޭ ސްޕޭނުގެ މޮޅު ވިންގަ ނިކޯ ވިލިއަމްސް ގެނައުމުގައި ވެސް މިހާރު ވަނީ ވަރަށް ބޮޑު ޔަގީންކަމެއް ލިބިފަ އެވެ. އޭނާ މިހާތަނަށް ބާސެލޯނާ އަށް ސޮއި ނުކޮށް ހުރި މައިގަނޑު އެއް ސަބަބަކީ ސްޕެނިޝް ލީގުގައި އޭނާ ރަޖިސްޓަރ ކުރެވޭނެ ކަމުގެ ޔަގީން ނެތުމެވެ.
ސްޕޭނުގެ ނޫސްތަކުން ބުނަނީ ބާސެލޯނާ އަށް ނިކޯ ވިލިއަމްސް އާއި ގޯލްކީޕަރު ޖޯން ގާސިއާ ރަޖިސްޓަރ ކުރެވޭނެ ކަމުގެ ޔަގީންކަން ދިނީ ސްޕެނިޝް ލީގުގެ ރައީސް ހާވިއާ ޓެބާސް ކަމަށެވެ. އެއީ ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ އަށް ފޯނު ކުރައްވައި ކަމަށެވެ.
ކުރި އަށް އޮތް ސީޒަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ބާސެލޯނާއިން މިހާތަނަށް ގެނައި ހަމައެކަނި ކުޅުންތެރިއަކީ އެސްޕަނިޔޯލް ކީޕަރު ގާސިއާ އެވެ. އެއަށް ފަހު ނިކޯ ވިލިއަމްސް ގަތުމަށް ދައްކަން ޖެހޭ 60 މިލިއަން ކުރިއަށް އޮތް ހަފުތާގައި ސްޕެނިޝް ލީގަށް ދެއްކުމަށް ވެސް އެ ކުލަބުން ވަނީ ތައްޔާރުވެފަ އެވެ. އެއީ އޭނާގެ ކުލަބު އެތްލެޓީކް ބިލްބާއޯއިން ބާސެލޯނާ އަށް ކުޅުންތެރިޔާ ވިއްކަން ބޭނުން ނުވެ އެކަމުގެ މަޝްވަރާތައް ވެސް ކުރި އަށް ނުގެންދިއުމުންނެވެ. ނަމަވެސް ބާސެލޯނާއިން ސްޕެނިޝް ލީގަށް އޭނާ ގަތުމަށް ފައިސާ ދައްކަނީ ނިކޯ ބާސެލޯނާ އަށް ބަދަލުވާން ބޭނުންވާތީ އެވެ. މި ފައިސާ އަކީ ނިކޯ ވިއްކަން ޖެހިއްޖެނަމަ އެކަން ކުރަން ބިލްބާއޯ އާއި ކުޅުންތެރިޔާ ހަދާފައިވާ ކޮންޓްރެކްޓްގައި ޖަހާފައިވާ އަދަދެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
