
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގައި އޯކިޑަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ނަންފުޅަށް ނަންދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސްގެ ދަޢުވަތަަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގެ ތެރެއިން ރައީސުލުޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ހެނދުނު ވަނީ ސިންގަޕޫރުގެ ބޮޓޭނިކަލް ގާޑަންއަށް ޒިޔާރަތް ކުރައްވާފައެވެ. އަލަށް ނަންދެވުނު އޯކިޑް ބަހައްޓާފައިވަނީ “ވީއައިޕީ އޯކިޑްސް” ކަލެކްޝަންގައެވެ.
ނޭޝަނަލް އޯކިޑް ގާޑަންއަށް ޒިޔާރަތްކުރައްވާ ދައުލަތުގެ އިއްޒަތްތެރިންގެ ނަންފުޅަށް އޯކިޑް ހައިބްރިޑްތަކަށް ނަންކިޔުމަކީ ސިންގަޕޫރުގެ ދިގު ޒަމާންވީ އާދަކާދައެކެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރަސްމީ ދަތުރުފުޅުތަކުގައި ސިންގަޕޫރަށް ވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ އެންމެ އިސްވެރިންނަށް ނެޝަނަލް އޯކިޑް ގާޑަންއަށް ޒިޔާރަތްކޮށް މަލަށް ނަން ދިނުމުގެ ފުރުޞަތު އަރުވައެވެ. ބޮޓޭނިކަލް ގާޑަންއަކީ އެކި ވައްތަރުގެ މާމެލާމެލީގެ ގިނަ ބަގީޗާތައް އެކުލެވޭ ތަނެކެވެ. މިއީ ސިންގަޕޫރުގެ ރައްޔިތުންގެ މެދުގައާއި ފަތުރުވެރިންގެ މެދުގައިވެސް ވަރަށް މަޤްބޫލުތަނެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އޯކިޑް ގާޑަންއިން މަރުހަބާ ދެންނެވީ އެގްޒެކެޓިވް ޑިރެކްޓަރ އޮފް ނޭޝަނަލް ޕާކްސް އެންޑް ގާރޑަންސް ކްލަސްޓަރ، ގުރޫޕް ޑިރެކްޓަރ އޮފް ސިންގަޕޫރް ބޮޓާނިކް ގާޑެންސް ޑރ. ޓަން ޕުއޭ ޔޯކްއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ރައީސްގެ ދެކަނބަލުން ވަނީ އޯކިޑް ގާޑަންގައި މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި ބަގީޗާ ބައްލަވާލެއްވިއެވެ. މިޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލާއި، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި، މާލީ ވަޒީރު މޫސާ ޒަމީރާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންގެ އިތުރުން އިމާރާތް ކުރުމާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ބައިވެރިވެވަޑައިގެންނެވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ސިންގަޕޫރުގެ ބޮޓޭނިކް ގާޑަންއަކީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކަ ލިސްޓުގައި ހިމެނޭ ފުރަތަމަ އަދި ހަމައެކަނި ޓްރޮޕިކަލް ބޮޓާނިކް ގާޑަންއެވެ. މިތަނުގައި އޮންނަ އޯކިޑް ބަގީޗާގައި ގާތްގަނޑަކަށް 60،000 އޯކިޑް ގަހާއި 1،000 އަށް ވުރެ ގިނަ ތަފާތު ވައްތަރުގެ އޯކިޑް ގަސްތައް ހުރެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
