
(ފޮޓޯ ކްރެޑިޓްސް: ޔޫއެން އެފްއޯ)
ރާއްޖެއިން އިސްކަންދެނީ ދަނޑުބިންތަކުގެ ކޮލިޓީ ހިފެހެއްޓުމަށް ބޭނުންކުރާ ކެމިކަލްތައް މަދުކޮށް، އުކާލާ މަހާއި ކެއުމުގެ ބާވަތްތަކުން ގަސް ކާނާ އުފެއްދުމަށްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އދ.ގެ ފުޑް އެންޑް އެކްރިކަލްޗަރ އޯގަނައިޒޭޝަން، އެފްއޭއޯއިން ބޭއްވި ހައި-ލެވެލް މިނިސްޓީރިއަލް ސްޕެޝަލް އިވެންޓްގައި ވާހަކަފުޅުދައްކަވަމުންނެވެ. ހައި-ލެވެލް މިނިސްޓީރިއަލް ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ދިވެހިން ބޭނުންކުރާ ކާބޯތަކެތީގެ 90 އިންސައްތައަކީ އެތެރެކުރާ ތަކެތި ކަމަށެވެ. އެހެންކަމުން ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ދަނޑުވެރިކަންކުރުމަށް ރާއްޖެއިން ޚާއްސަ ސަމާލުކަމެއްދޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިގޮތަށް މަސައްކަތްކުރާއިރު، ރާއްޖެއަކީ މޫސުމީ ބަދަލުތަކަށް ނާޒުކު ޤައުމަކަށްވުމުން ތަފާތު ދަތިތަކާ ކުރިމަރިލާންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއް ކުރުމަށް ޒަމާނީ އުކުޅުތައް ދަނޑުވެރިކަމުގައި ބޭނުންކުރުމަށް މަސައްކަތްކުރައްވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. “ހައިޑްރޮޕޯނިކް އަދި ވާޓިކަލް ފާމިން ތަޢާރަފުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. އަދި ދަނޑުވެރިކަމުގެ ޒަމާނީ އުކުޅުތަކަށް ތަމްރީންތައްވެސް ދަނީ ކުރިއަށްގެންދަމުން. އަދި ޑްރިޕް އިރިގޭޝަން ސިސްޓަމްތަކާއި ރެއިން ވޯޓަރ ހާވެސްޓިން ސިސްޓަމްތައް ޤާއިމުކުރުމަށް މަސައްކަތްކުރެވޭނެ.” ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ދަނޑުވެރިކަމާއިބެހޭ ވަޒީރު)
ވަޒީރު ވިދާޅުވީ ރާއްޖެއަކީ ބިން ތިިރި ޤައުމަކަށްވެފައި، ވެލީގެ ކޮލިޓީ ހިފެހެއްޓުމަށްވެސް ޚާއްސަ އިސްކަމެއްދޭ ކަމަށެވެ. އެ ގޮތުން މީގެ ކުރިން ދަނޑުވެރިކަންކުރާއިރު، ތަފާތު ބާވަތްތަކުގެ ކެމިކަލް ބޭނުންކުރި ނަމަވެސް، ސަރުކާރުގެ ސިޔާސަތަކީ ކެމިކަލް ބޭނުންކުރުން ހުއްޓާލާ އުކާލާ ބާވަތްތަކުން ގަސް ކާނާ އުފެއްދުންކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖެއަކީ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ ޤައުމަކަށްވާއިރު، މަހުން އުކާލާ ބާވަތްތަކުން ގަސް ކާނާ ގިނަ އަދަދަކަށް އުފެއްދިދާނެކަމަށް ޤަބޫލުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ދަނޑުވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށްވެސް މަސައްކަތްތަކެއްކުރަމުންދާކަން ދަނޑުވެރިކަމާ ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ. އެ ގޮތުން ދަނޑުވެރިންނަށް ލުއި ލޯނުތައް ފަހިކޮށްދިނުމާއި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ދަނޑުވެރިންނާއި ކަސްޓަމަރުން ސީދާ ގުޅުވާލުމަށް މަސައްކަތްތަކެއްކުރާކަން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުންވަނީ ފަށްޓަވާފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ޒަމާނީ އުކުޅުތަކަށް ދަނޑުވެރިން ތަމްރީންކުރުމެވެ. އަދި ދަނޑުވެރިކަންކުރުމަށް ޚާއްސަ އިޤުތިޞާދީ ސަރަހައްދެއްވެސް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. އެ ތަން ހެދުމަށް 100 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
