
ކުލަބު ވޯލްޑް ކަޕުގެ ސަބަބުން މެންޗެސްޓާ ސިޓީ ހަލާކުވެއްޖެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ. އެމެރިކާގައި ކުޅެމުންދާ މުބާރާތުގެ ދެ ވަނަ ބުރުގައި ކުޅެން ޖެހޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ އަރާމެއް ނެތި ކުޅުންތެރިން ކުޅެން ޖެހުމުގެ ސަބަބުން ޓީމަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާނެ ކަމަށެވެ. “ޖިސްމާނީ ގޮތުން އަހަރުމެން ހަލާކުވެއްޖެ. ނުވަތަ ޖިސްލާނީ ގޮތުން އަހަރުމެން ހަލާކުވާނެ. ސަބަބަކީ އަރާމެއްނެތި އަހަރުމެން ކުޅެން މި ޖެހެނީ. މި މުބާރާތް ނިންމާފައި އަހަރުމެން ފަށަން މި ޖެހެނީ ޕްރެމިއާ ލީގު. ޕްރެމިއާ ލީގުން އަހަރުމެންނަށް އަރާމު ކުރަން ފުރުސަތު ނުދީފިނަމަ އަހަރުމެން ޖެހޭނީ މެޗުތައް ފަށަން. އޭގެ ސަބަބުން އަހަރުމެން މުޅިން ހަލާކުވެދާނެ،” ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ 32 ޓީމު ބައިވެރިކޮށްގެން ސޮފް ސީޒަނުގައި ބާއްވަން ފެށި ކުލަބު ވޯލްޑް ކަޕުގެ ޗެމްޕިއަން ޓީމަށް 133 މިލިއަން ޑޮލަރު ލިބުނަސް އެއީ އުފަލެއް ނޫން ކަމަށެވެ. “މި ގޮތަށް ކުޅޭނަމަ އަހަރުމެންނަށް މައްސަލަތަކެއް ދިމާވާނީ ނޮވެމްބަރު ނުނީ ޑިސެމްބަރު ނުވަތަ ޖެނުއަރީ ހިސާބުގައި. ސީޒަނުގެ އެ ހިސާބުގައި އަނިޔާގެ މައްސަލަތަކެއް ދިމާވެއްޖެނަމަ ދެން ކުރާނެ ކަމެއް ނޯންނާނެ،” ގާޑިއޯލާ ބުންޏެވެ. އޭނާ އަދި ބުނީ ކުލަބު ވޯލްޑް ކަޕުން އިނގިރޭސި ޗެމްޕިއަން ލިވަޕޫލާއި ދެ ވަނަ ހޯދި އާސެނަލް އަށް ފުރުސަތު ނުލިބުމުން އެ ދެ ޓީމު ކުރިއަށް އޮތް ސީޒަނުގައި މީގެ އެޑްވާންޓޭޖް ނަގާފާނެ ކަމަށް ދެކޭ ކަމަށެވެ.
“އެކަމަކު އަހަރެން ބޭނުމެއް ނޫން އެ ވާހަކަ ދައްކާކަށް. އަހަރުމެން ވާދަވެރިވާނަން. އެކަމަކު އަހަރުމެން އަބަދު ކުޅޭނަމަ އަހަރުމެން ހަލާކުވެދާނެ. ފުޓްބޯޅަ އަކީ ވެސް އަރާމުކޮށްގެން ކުޅެން ޖެހޭ ކުޅިވަރެއް. ވަރުބަލި ކަމުގައި ކުޅޭނަމަ އެތައް ކުޅުންތެރިންނަށް އަނިޔާގެ ސަބަބުން އެތައް ދުވަހަކަށް ގެއްލިދާނެ. މި ބިރުވެރިކަން މިހާރު އަހަރުމެންނަށް ވަރަށް ބޮޑު،” ގާޑިއޯލާ ބުންޏެވެ. ޖެހިޖެހިގެން ހަތަރު އަހަރު ޕްރެމިއާ ލީގު ކާމިޔާބު ކުރުމަށް ފަހު ހުސްވި ސީޒަނުގައި ސިޓީ އަށް ތިން ވަނާގައި ނިންމާލަން ޖެހުނީ ވެސް ގިނަ ކުޅުންތެރިންތަކަށް އަނިޔާވުމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
